07 Feb 2012, 14:22
ރައީސް ނަޝީދު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުން އިސްތިއުފާ ދެއްވިކަމުގެ ހަބަރު ބޭރު ދުނިޔޭގެ ފަލަސުރުހީތަކަށް އަރަން ފަށައިފި އެވެ.
ރައީސް ނަޝީދު މިއަދު ރާއްޖެ ގަޑިން މެންދުރު ފަހު 12:58 ގައި އިންތިއުފާ ދެއްވިތާ އެއްގަޑިރުގެ ތެރޭގައި ބޭރު ދުނިޔޭގެ މީޑިޔާތަކުގެ 569 މީޑިއާގެ ފަލަ ސުރުހީއަށް ވަނީ އަރާފަ އެވެ.
އެ މީޑިޔާތަކުގެ ތެރޭގައި ދުނިޔޭގެ މަގުބޫލުކަން ލިބިފައިވާ އިންޓަނޭޝަނަލް މީޑިޔާތައް ހިމެނެ އެވެ. އޭގެ ތެރޭގައި ސީއެންއެން، ބީބީސީ، ރޮއިޓާސް، އަލްޖަޒީރާ، ޔޫއެސްއޭ ޓުޑޭ، އަދި ޑެއެލީ މޭލް ކަހަލަ ބޮޑެތި މީޑިޔާތައް ހިމެނެ އެވެ.
ރައީސް ނަޝީދު އިއްތިއުފާ ދެއްވީ މާލެތެރޭގައި ހިނގަމުން ގެންދާ ހަމަނުޖެހުންތަކާ ގުޅިގެން ސަރުކާރު އިތުރަށް ދަމަހައްޓަން މަސައްކަތް ކޮށްފި ނަމަ ރާއްޖެއަށް އިތުރު ގެއްލުންތަކެއް ކުރިމަތިވެ ބޭރުގެ ފިއްތުންތައް ކުރިމަތިވެދާނެތީ ކަމަށް ވިދާޅުވެ އެވެ.