ރަމަޟާންމަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު އައިޖީއެމް ހޮސްޕިޓަލުން ހިދުމަތް ދިނުމަށް ދޭނެ ވަގުތުތައް އާންމުކޮށްފި އެވެ.

އައިޖީއެމްއެޗުން ބުނީ އެ ހޮސްޕިޓަލުގެ ސްޕެޝަލިސްޓް އޯޕީޑީ ކޮންސަލްޓޭޝަން ކުރިއަށްދާނީ 09:00 ން 16:00 އަށް ކަމަށާއި ޖެނެރަލް އޯޕީޑީ ކުރިއަށްދާނީ 10:00 ން 14:00 އަށް އަދި 16:00 ން 00:00 އަށް ކަމަށެވެ.

ލެބޯޓްރީގެ ހިދުމަތްތައް : 08:00 ން 16:00 އަށް ދޭނެ ކަމަށްވެސް އައިޖީއެމްއެޗުން ބުންޏެވެ.

އައިޖީއެމްއެޗުގެ އެހެން ޑިޕާޓުމެންޓުތަކުން ހިދުމަތްދޭނެ ވަގުތުތައް:

• ރޭޑިއޮލޮޖީ ޑިޕާޓްމެންޓް
o އެމް.އާރް.އައި : 9:000 ން 16:00 އަށް
o އެކްސްރޭ : 9:000 ން 16:00 އަށް
o އަލްޓްރާސައުންޑް : 9:000 ން 16:00 އަށް
o ސީޓީ ސްކޭން : 9:000 ން 14:00 އަށް

• ފިޒިއޯތެރަޕީ : 9:000 އިން 16:00 އަށް
• އީސީޖީ : 9:300 އިން 13:30 އަށް
• އިކޯކާޑިއޯގްރަފީ : 9:000 އިން 13:00 އަށް
• ސްޕީޗް ތެރަޕީ : 9:000 ން 15:00 އަށް
• އެންޑޮސްކޯޕީ : 9:000 ން 11:30 އަށް
• ކޮލޮނޮސްކޯޕީ : 9:000 ން 11:30 އަށް

އެ ހޮސްޕިޓަލުން ބުނީ ޓްރޯމާ އެންޑް އިމަޖެންސީގެ ހިދުމަތް 24 ގަޑިއިރު ކުރިއަށްދާނެ ކަމަށެވެ.