#LIVE LCE2020 - Natheejaa thah liben fashaifi, Male' ge Mayor Race ge kureegai Dr. Muizzu
#LIVE LCE2020 - Natheejaa thah liben fashaifi, Male' ge Mayor Race ge kureegai Dr. Muizzu

Last Updated:
5 year 8 month ago

ނަތީޖާތައް ލިބެން ފަށައިފި، މާލޭގެ މޭޔަރު ރޭހުގެ ކުރީ ޑރ. މުއިއްޒު

    ބުލޮގު ޚުލާސާ

    ގާނޫނީ ބޮޑެތި ބާރުތަކާއެެކު އިންތިހާބު ވާނެ، ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުންގެ އިންތިހާބު ކުރާ "ލޯކަލް ކައުންސިލް އިންތިހާބު 2020" ގެ "ސަން" ގެ ލައިވް ކަވަރޭޖަށް މަރުހަބާ.

    #LIVE LCE2020 - Natheejaa thah liben fashaifi, Male' ge Mayor Race ge kureegai Dr. Muizzu
    #LIVE LCE2020 - Natheejaa thah liben fashaifi, Male' ge Mayor Race ge kureegai Dr. Muizzu

    އިންތިހާބުގައި ޖުމްލަ 701 ވޯޓު ފޮށި ބަހައްޓާފައިވޭ. އެއީ؛

    #LIVE LCE2020 - Natheejaa thah liben fashaifi, Male' ge Mayor Race ge kureegai Dr. Muizzu
    #LIVE LCE2020 - Natheejaa thah liben fashaifi, Male' ge Mayor Race ge kureegai Dr. Muizzu

    މާލެ ސީޓީ - 242 ފޮށި
    އަތޮޅުތަކަށް - 325
    ރިސޯޓު - 137
    ޖަލު - 4
    އިންޑިއާ - 1
    ލަންކާ - 4
    ވޯޓުލުމުގެ ހައްގު ލިބިގެންވަނީ: 273،182 މީހުންނަށް.

    #LIVE LCE2020 - Natheejaa thah liben fashaifi, Male' ge Mayor Race ge kureegai Dr. Muizzu
    #LIVE LCE2020 - Natheejaa thah liben fashaifi, Male' ge Mayor Race ge kureegai Dr. Muizzu

    ކައުންސިލްތަކަށް: 2،234 ކެންޑިޑޭޓުން

    #LIVE LCE2020 - Natheejaa thah liben fashaifi, Male' ge Mayor Race ge kureegai Dr. Muizzu
    #LIVE LCE2020 - Natheejaa thah liben fashaifi, Male' ge Mayor Race ge kureegai Dr. Muizzu

    އަންހެނުންގެ ކޮމިޓީތަކަށް: 1،580 ކެންޑިޑޭޓުން.

    #LIVE LCE2020 - Natheejaa thah liben fashaifi, Male' ge Mayor Race ge kureegai Dr. Muizzu
    #LIVE LCE2020 - Natheejaa thah liben fashaifi, Male' ge Mayor Race ge kureegai Dr. Muizzu

    އިންތިހާބަކާ ނުލައި ކައުންސިލްގެ 22 މަގާމަކަށް 30 މެންބަރުން އިންތިހާބުވެފައިވޭ. އަންހެނުންގެ ކޮމިޓީގެ 31 ދާއިރާއަކަށް 90 މެންބަރުން އިންތިހާބުވެފައިވޭ

    #LIVE LCE2020 - Natheejaa thah liben fashaifi, Male' ge Mayor Race ge kureegai Dr. Muizzu
    #LIVE LCE2020 - Natheejaa thah liben fashaifi, Male' ge Mayor Race ge kureegai Dr. Muizzu

    އިންތިހާބު ކުރަންޖެހޭ މަގާމުތަކުގެ ތަފްސީލު:

    ރަށު ކައުންސިލް ރައީސުންގެ ގޮތުގައި 178 ބޭފުޅުން.

    ރަށު ކައުންސިލްތަކަށް 918 ބޭފުުން.

    370 ކައުންސިލަރުންނަކީ އަންހެން ބޭފުޅުން.


    އަތޮޅު ކައުންސިލްތެ ރައީސުންގެ ގޮތުގައި 18 ބޭފުޅުން.

    ސިޓީތަކުން 46 ކައުންސިލަރުން. އޭގެ ތެރޭގައި ހަތަރު މޭޔަރުންނާއި އަންހެނުންނަށް ހާއްސަ ކުރެވިފައިވާ 14 މާގާމް ހިމެނޭ.

    19:55

    18:55

    މިހާތަނަށް 442 ފޮށި ބަންދުކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައި

    18:40އައިޝަތު ފަރީޙާ

    ވޯޓު ގުނަން ފަށައިފި

    ބައެއް ވޯޓު ފޮށިތައް ބަންދުކޮށް، ވޯޓު ގުނުމުގެ މަސައްކަތް ފަށައިފި.

    18:32ޝަފްނާ ހުސައިން

    117 ވޯޓު ފޮއްޓެއް ބަންދުކޮށްފި

    މިހާތަނަށް 117 ފޮއްޓެއްގެ ވޯޓުލުން ނިމި، ވޯޓު ފޮށިތައް ބަންދުކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި. އިންތިހާބުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖުމްލަ 713 ވޯޓު ފޮށި ބަހައްޓާފައިވޭ. އިލެކްޝަންސް އިން ވަނީ ގިނަ އަދަދެއްގެ ފޮށިތަކަކަށް ވޯޓުލާ ވަގުތު އިތުރުކޮށްފައި.

    18:29

    63.67 ޕަސެންޓް މީހުން ވޯޓްލައިފި

    ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 63.76 ޕަސެންޓް މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ހާމަކޮށްފި. އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު އިރުއޮއްސި 6:00 އާ ހަމައަށް 173،909 މީހަކު ވޯޓުލާފައިވާ ކަމަށް. ވޯޓްނުލާ ވަނީ 99219 މީހުންނެވެ. ވޯޓްލާފައި ވަނީ 8810 ފިރިހެނުންނާއި 85899 އަންހެނުން. އެހެން ކަމުން މިހާރު ވޯޓް ނުލާ ތިބީ ވޯޓް ލުމުގެ ހައްގު ލިބިގެންވާ އާބާދީގެ 36.33 ޕަސެންޓް މީހުން.

    18:22ޝަފްނާ ހުސައިން

    ވޯޓުލުމުގެ ވަގުތު އިތުރުކުރި ފޮށިތަކުގެ ތަފްސީލް:

    18:30 އަށް އިތުރުކުރި ފޮށިތައް:

    ކ. ގުރައިދޫ-3

    ސްރީލަންކާ، ކޮލަމްބޯ-2، ކޮލަމްބޯ-3

    އދ. އަތޮޅު މާލެ-1

    ގދ. އަތޮޅު މާލެ-10

    ފުވައްމުލަކު ސިޓީ މާލެ-1، މާލެ-3

    އައްޑޫ ސިޓީ މާލެ-13

    ހުޅުމާލެ އެހެނިހެން-4، ހުޅުމާލެ އެހެނިހެން-10، ހުޅުމާލެ އެހެނިހެން-23

    ވިލިމާލެ އެހެނިހެން-2

    18:45 އަށް އިތުރުކުރި ފޮށިތައް:

    ހއ. ދިއްދޫ-1

    މ. ރަތްމަންދޫ-1

    ފުވައްމަލަކު ސިޓީ މާލެ-2

    އައްޑޫ ސިޓީ މާލެ-5

    21:50 އަށް އިތުރުކުރި ފޮށިތައް

    ތ. ވިލުފުށި-1، ތ. ވިލުފުށި-2

    18:14

    ކޮވިޑް19 އަށް ޕޮޒިޓިވް މީހުން އަދި ބައްޔާ ގުޅިގެން ކަރަންޓީނުގައި ތިބޭ މީހުން ވޯޓުލާން ހާއްސަ ވަގުތުގައި، ހދ. ހަނިމާދޫގައި ބެހެއްޓިފައި ހުރި ވޯޓުފޮއްޓަކަށް ވޯޓުލުމަށް ހަދާފައިވާ "ކަރަންޓީނު ކިއު"ގައި މީހުން މަޑުކޮށްގެން. ހަނިމާދޫގައި އަދިވެސް ވޯޓުލުން ދަނީ ކުރިއަށް

    ހދ. ހަނިމާދޫގައި ކަރަންޓީނުގައި ތިބި ބަޔަކު ގައިދުރުކޮށް ކިއުގައި ވޯޓުލުމަށް މަޑުކޮށްގެން -- ފޮޓޯ/ ކިޔުންތެރިއެއް
    17:34

    ވޯޓު ލެވޭ ވަގުތު 6:00 އަށް އިތުރުކޮށްފި

    މީގެ ކުރިން ކަރަންޓީނުގައި ތިބި މީހުންނަށް ވޯޓުލާން ހާއްސަކޮށްފައިވާ ވަގުތު ހަވީރު 5:00 އިން އިރުއޮއްސި 6:00 އަށް އާންމުންނަށް ވެސް ވޯޓު ލެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސައި އެކަން އިއުލާންކޮށްފި އެވެ. އީސީއިން ބުނީ އެގޮތަށް ހަމަޖެއްސީ ގިނަ ބަޔަކަށް ވޯޓުލުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ. އެހެން ކަމުން ދެން ވޯޓުލާނީ ކަރަންޓީނު މީހުންނާއި އެ ނޫން މީހުން ވެސް އެކުގަ އެވެ.

    އީސީއިން ބުނި ގޮތުގައި 6:00 އާ ހަމައަށް ކިޔޫގައި ތިބޭ މީހުންނަށް ވޯޓު ލުމުގެ ފުރުސަތު ލިބޭނެ އެވެ. އެހެން ކަމުން އިރުއޮއްސި 6:00ގެ ފަހުން ކިޔޫއަށް އެރުމުގެ ފުރުސަތެއް ނުލިބޭނެ އެވެ.

    17:22މާހިލް މުހައްމަދު

    ފަހެއް ޖެހުމާއެކު ބައެއް ކިއުތައް ބަންދުކުރަން ފަށައިފި

    ހަވީރު 5:00 ޖެހުމާއެކު ވޯޓުލުމުގެ ކިއުތައް އާންމުންނަށް ބަންދުކުރަން ފަށައިފި. ލޯކަލް ކައުންސިލުގެ އިންތިހާބު މިއަދު ކުރިއަށް ދަނީ ހެނދުނު 7:00 އިން ހަވީރު 5:00 އަށް.

    މިއަދުގެ 5:00 އިން 6:00 އަށް ހާއްސަކޮށްފައިވަނީ ކޮވިޑް19 އާ ގުޅިގެން ކަރަންޓީނުގައި ތިބޭ މީހުން ވޯޓުލާ މަރުކަޒަށް ގޮސް ވޯޓުލުމަށް. ކަރަންޓީނުގައި ތިބޭ މީހުން ވޯޓުލާން ދިއުމުގައި ޕަބްލިކް ޓްރާންސްޕޯޓު ބޭނުން ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައި.

    16:53މާހިލް މުހައްމަދު

    މިހާރު ވޯޓުނުލާ ތިބީ 43 ޕަސަންޓު ރައްޔިތުން

    އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވި ގޮތުގައި މިއަދު ހަވީރު 4:40 ވީ އިރު 56.82 ޕަސަންޓު ރައްޔިތުން ވޯޓުލާފައިވޭ. އެއީ 155،192 ރައްޔިތުން.

    މިހާތަނަށް ވޯޓު ނުލާ ތިބީ 43.18 ޕަސަންޓު ރައްޔިތުން.

    16:23މާހިލް މުހައްމަދު

    50 ޕަސަންޓު ރައްޔިތުން ވޯޓުލައިފި

    މިއަދުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 50 ޕަސަންޓު ރައްޔިތުން ވޯޓުލައިފި. އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ޓްވިޓާގައި އާންމުކުރެއްވި ވޯޓިންގް ސްޓޭޓަސް އަޕްޑޭޓުން ދެއްކި ގޮތުގައި، މިއަދު މެންދުރުފަހު 3:40 ވީ އިރު ވޯޓުލުމުގެ ހައްގު ލިބިފައިވާ 50.69 ޕަސަންޓު ރައްޔިތުން ވަނީ ވޯޓުލާފައި. އެއީ 138،444 މީހުން.

    މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 273،128 ރައްޔިތުންނަށް.

    16:17މުހައްމަދު މުޒައްޔިން ނާޒިމް

    ރައީސާއި މަޖިލިސް ރައީސް ނުސީދާކޮށް ކެމްޮޕޭން ކުރެއްވިކަމުގެ ތުހުމަތު

    ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނުސީދާކޮށް ކެމްޕޭން ކުރެއްވިކަމަށް އިދިކޮޅު ޕީޕީއެމްއިން ތުހުމަތުކޮށް، އެ އަމަލު ޕީޕީއެމްއިން ކުށްވެރިކޮށްފި.

    14:52ޝަފްނާ ހުސައިން

    ޓްރިވެންޑްރަމްގެ ވޯޓު ފޮށި ބަންދުކޮށްފި

    އިންޑިއާގެ ޓްރިވެންޑްރަމްގައި ވޯޓުލުން ނިމި، ވޯޓު ފޮށި ބަންދުކޮށްފި.

    އެ ފޮއްޓަށް 90 މީހުން ވަނީ ވޯޓުލާފައި.

    14:31

    ހައްގު ބޭނުންކޮށް، ކުރިއަށް އޮތް ފަސް އަހަރަށް މަންދޫބުން އިންތިހާބު ކުރުމުގައި ބައިވެރިވުމަށް ޔޫތު މިނިސްޓަރު ގޮވާލައްވައިފި

    14:16

    ވޯޓު ނުދިނުން އެއީ ހައްލެއް ނޫން، ނުކުންނަވާ: ރައީސް ނަޝީދު

    14:07ޝަފްނާ ހުސައިން

    ނައިބު ރައީސް، ފައިސަލް ނަސީމް ވޯޓު ލައްވައިފި

    ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވޯޓު ލައްވައިފި. އެމަނިކުފާނު ވޯޓުލެއްވީ މާފަންނު ދަނޑުގައި، މާލޭގައި ހުންނަ ފުވައްމުލަކު ރައްޔިތުން ވޯޓުލުމަށް ހާއްސަ ފޮށްޓަށް.

    ވޯޓު ދެއްވުމަށްފަހު މީޑިއާއާ ވާހަކަދައްކަވަމުން ނައިބު ރައީސް ވަނީ ގިނަ ބަޔަކު ވޯޓުލާން ނުކުތުމުގެ މުހިންމުކަން ފާހަގަ ކުރައްވައިފައި. ނައިބު ރައީސް ވިދާޅުވީ ވޯޓުލުމުގެ ހައްގު ރަނގަޅަށް އަދާކޮށްފި ނަމަ ރަށްރަށުގެ ތަރައްގީގެ މަސައްކަތްތައް ހަލުވި ވެގެންދާނެ ކަމަށް. އަދި އެއާއެކު ރައްޔިތުންނަކީ ފުދުންތެރި ބަޔަކަށް ވެގެންދާނެ ކަމަށް.

    އެމަނިކުފާނު ވިދާޅުވީ މި ހާލަތުގައި ދަތިތައް ހުރިކަން އެނގިވަޑައިގަންނަވާ ކަމަށާއި އެހެން ނަމަވެސް ގިނަ ބަޔަކު ވޯޓުލާން ނުކުތުމަށް އިލްތިމާސްކުރައްވާ ކަމަށް.

    13:53ޝަފްނާ ހުސައިން

    އެއް ލައްކަ މީހުން ވޯޓު ލައިފި

    މިހާރު ކުރިއަށްދާ ކައުންސިލްތަކުގެ އިންތިހާބުގައި ލައްކައަކަށް ވުރެ ގިނަ މީހުން ވޯޓު ލައިފި. އިލެކްޝަންސް ކޮމިޝަނުން ބުނީ 13:50 އާ ހަމައަށް 100،829 މީހަކު ވޯޓު ލާފައިވާ ކަމަށް. އޭގެ ތެރޭގައި ހިމެނެނީ 53،689 ފިރިހެނުންނާއި، 47،140 އަންހެނުން. މި އިންތިހާބުގައި 273،128 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވޭ. އެހެންކަމުން މިހާތަނަށް ވޯޓުލާފައި ވަނީ 36.9 ޕަސެންޓު މީހުން.

    އިލެކްޝަންސް ކޮމިޝަނުން އަންދާޒާކުރާ ގޮތުގައި، މި އިންތިހާބުގައި ވޯޓު ލާނީ 40 ވަރަކަށް ޕަސެންޓު މީހުން.

    13:42ޝަފްނާ ހުސައިން

    ދ. އަތޮޅުގެ ވޯޓު ފޮއްޓެއްގައި މައްސަލައެއް ޖެހިއްޖެ

    މާލޭ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ބަހައްޓާފައި ހުރި ދ. އަތޮޅުގެ ފޮށްޓަކަށް ނުބައިކޮށް ވޯޓު ލެވި މައްސަލަ ޖެހިއްޖެ.

    މައްސަލަ ޖެހުނީ ގިޔާސުއްދީން އިންޓަނޭޝަނަލް، ދާލު އަތޮޅު މާލެ 1، އެމްޓީ.1 ފޮށީގައި. އެ ފޮށްޓަށް ވޯޓު ލާނީ، ބަނޑިދޫ، ރިނބުދޫ، އަދި މާއެނބޫދޫ މީހުން

    އެ ސަރަހައްދުގައި ހުރި 'ސަން'ގެ މޮނިޓާ ބުނީ މައްސަލަ ޖެހުނީ ވޯޓުލުމަށް ދިޔަ ދުވަސްވީ އަންހެނަކަށް ނުބައި ވޯޓު ކަރުދާސް ކޮޅެއް ދިނުމުން ކަމަށް. އޭނާ އަކީ ބަނޑިދޫ މީހެއް ނަމަވެސް އޭނާއަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބަށް ދިނީ، ރިނބުދޫގެ ވޯޓު ކަރުދާސް ކޮޅެއް ކަމަށް މޮނީޓަރު ބުނި.

    "ކައުންސިލް އިންތިހާބަށް ދިނީ ރަނގަޅު ކަރުދާސްކޮޅު،" މޮނީޓަރު ބުނި.

    އެ ފޮށްޓަށް ވޯޓުލާން ރަޖިސްޓްރީކޮށްފައި ވަނީ ރިނބުދޫގެ 86 މީހުން. މޮނީޓަރު ބުނީ އެ ދައްތައަށް އަލުން ބަނޑިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ވޯޓުލާން ފުރުސަތު ނުދިން ކަމަށް. މިހާރު އެ މައްސަލަ ވަނީ ބިއުރޯއަށް ހުށަހަޅާފައި. އިލެކްޝަންސް އިން ބުނީ އެކަން ބަލަމުން އަންނަ ކަމަށް.

    13:38ނަޖާހު މަސްއޫދު

    ވޯޓުލާ މަރުކަޒުތައް ފަޅަށް، އެންމެ މަދުން ވޯޓުލާ ފަހަރަށް ވެދާނެ!

    13:36ފާތިމަތު ސައީދު

    މިފަހަރު ތަފާތު، ބާތިލު ވޯޓާއި ސައްހަ ވޯޓަކީ ކޮބާ؟

    13:35މުހައްމަދު މުޒައްޔިން ނާޒިމް

    ވޯޓުލާ މަރުކަޒުތަކުގެ ބޭރުން "ނުރައްކާ" މަންޒަރުތަކެއް!

    13:18

    ރައްކާތެރި ކަމުގެ ފިޔަވަޅުތަކާއެކު ބޭރަށް ނުކުމެ އުޅުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ދަނީ އިލްތިމާސްކުރަމުން. އެގޮތުން މާސްކް އެޅުއްވުމަށާއި ތިން ފޫޓު ދުރުމިން ބެހެއްޓުމަށް އިލްތިމާސް ކުރައްވާ

    13:13ފާތިމަތު ސައީދު

    ކުޅުދުއްފުށި ސިޓީގައި މިހާތަނަށް ވޯޓުލީ 58 ޕަސެންޓް މީހުން

    ކުޅުދުއްފުށި ސިޓީގައި ހަ ދާއިރާއަށް މިހާތަނަށް ވޯޓުލާފައިވަނީ 58 ޕަސެންޓް މީހުން ކަމަށް އެރަށުން މައުލޫމާތު ދޭ.

    އެހެން އިންތިހާބު ތަކާ އަޅާބަލާއިރު ނިސްބަތުން ވޯޓުލާ މީހުންގެ އަދަދު މަދު ކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު ބުނި. ހަ ދާއިރާއެއް ހިމެނޭއިރު އެތަނުން ތިން ދާއިރާއެއްގައި ވޯޓުލީ މީހުންގެ ޕަސެންޓު އުޅެނީ 40 އިން ދަށުގައި ކަމަށް އޭނާ ބުނި

    13:02ޝަފްނާ ހުސައިން

    ވޯޓު ނުދިނުން އެއީ ހައްލެއް ނޫން، ނުކުންނަވާ: ރައީސް ނަޝީދު

    އިންތިހާބުގައި ވޯޓު ނުދިނުމަކީ ހައްލެއް ނޫން ކަމަށް އެމްޑީޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ.

    އެމަނިކުފާނު މިހެން ވިދާޅުވީ ކައުންސިލް އިންތިހާބުގައި ވޯޓުލެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން.

    ރައީސް ނަޝީދު ވިދާޅުވީ ގައުމެއް ބިނާކުރުމުގައި ރައްޔިތުންގެ ވޯޓު މުހިންމު ކަމަށާއި، ވޯޓަކީ ފަރުދުންގެ މަސްއޫލިއްޔަތެއް ކަމަށް.

    އެހެންކަމުން ކޮންމެސް އެއް ފަރާތަކަށް ވޯޓުދިނުމަށް ވީހާވެސް ގިނަ ރައްޔިތުން ނުކުމެ ވޯޓުދިނުމަށް ރައީސް ނަޝީދު ވަނީ އިލްތިމާސްކުރައްވައިފައި.

    ރައީސް ނަޝީދު ގެންދަވަނީ ހެނދުނުން ފެށިގެން ވޯޓުލާ މަރުކަޒުތަކުގެ ކަންކަން ބައްލަވަމުން. އެމަނިކުފާނު ވިދާޅުވީ މެންދުރު ފަހަށް އެޅި ފަހުން ވޯޓުލާން ނުކުންނަ މީހުންގެ އަދަދު އިތުރުވާކަން ފާހަގަވާ ކަމަށް.

    އަދި ކޮންމެ ފޮއްޓަކަށް މިހާރު 400 އަށް ވުރެ ގިނަ މީހުން ވޯޓުލާފައިވާ ކަމަށް އަންދާޒާކުރެއްވި.

    12:42ޝަފްނާ ހުސައިން

    ވޯޓުލާން ގިނަ ބަޔަކު ރަށްރަށަށް!

    މިހާރު ކުރިއަށްދާ އިންތިހާބުގައި ވޯޓުލުމަށް، މާލެ އިން ގިނަ އަދަދެއްގެ ބަޔަކު ރަށްރަށަށް ފުރަން ފަށައިފި.

    އެމްއެމްއޭ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ 'ސަން'ގެ ނޫސްވެރިޔާ ބުނީ ދަތުރު ހަމަޖައްސައިދިނީ ސިޔާސީ ޕާޓީތަކުން ދަތުރު ހަމަޖައްސައިދީފައި ވާތީ، ގިނަ ބަޔަކު ލޯންޗުތަކަށް އަރަމުން އަންނަ ކަމަށް.

    ކައުންސިލް އިންތިހާބުގައި ވޯޓުލުމަށް، ކަރަންޓީނާ ނުލާ ރަށްރަށަށް ދެވޭގޮތަށް އެޗްޕީއޭ އިން ވަނީ ހުއްދަ ދީފައި.

    އިންތިހާބުގައި ވޯޓުލުމަށް މާލެ ސިޓީން އާއި މޮނީޓަރިން ހާލަތުގައިވާ ރަށްތަކުން، އެހެން ރަށްތަކަށް ދަތުރު ކުރެވޭނީ ހަމައެކަނި އެމީހަކު ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ ރަށްތަކަށް.

    ކަރަންޓީނާ ނުލާ ރަށަށް ދެވުނު ނަމަވެސް، ވޯޓުލުމަށްފަހު ގިނަވެގެން 48 ގަޑިއިރު ތެރޭ އެ މީހަކު އައި ރަށަކަށް އެނބުރިދާން ޖެހޭނެ.

    12:32

    ލަސްނުކޮށް ހުރިހާ ރައްޔިތުން ވެސް ވޯޓުލުމަށް ރައީސް ސޯލިހު އިލްތިމާކުރައްވައިފި

    12:18

    ޗާންދަނީމަގުގައި ވޯޓުލުމަށްފަހު ގިނަ ބަޔަކު މަޑުކޮށްގެން ތިބި ކަމަށް އެ ސަރަހައްދުގައި ހުރި "ސަން"ގެ ނޫސްވެރިޔާ ބުނޭ.

    12:17

    12:10

    މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީ ތަކުގެ އިންތިހާބުގައި ވޯޓުލާނެ ކަމަށް ލަފާކުރެވެނީ 40 ޕަސެންޓު މީހުން ކަމަށް ލަފާކޮށްފި

    12:02

    އަމީނިއްޔާ ސުކޫލުގައި ހުރި ބައެއް ވޯޓު ފޮށިތަކަށް އަދި 60 މީހުންވެސް ވޯޓުލާފައި ނެތް ކަމަށް އެ ސަރަހައްދުގައި ހުރި 'ސަން' ގެ ނޫސްވެރިން ބުނޭ

    11:57

    ވޯޓުލާ މަރުކަޒުތަކުގައި އިރުއޮއްސި ހައެއް ޖަހާއިރު ކިއު ނެތް ނަމަ ވޯޓުލާ މަރުކަޒު ބަންދުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި

    11:41

    ކަލާފާނު ސުކޫލުގައި ވޯޓުލުމުގެ ކަންކަން ކުރިއަށް ދަނީ. އެ ސަރަހައްދުގައި ހުރި 'ސަން' ގެ ނޫސްވެރިޔާ ބުނިގޮތުން ވޯޓު ފޮށިތައް ކައިރީ މާބޮޑު ކިއުއެއް ނެތް.

    11:38މުހައްމަދު މުޒައްޔިން ނާޒިމް

    ރައީސް ޔާމީން ވޯޓުލުމަށް ރަޖިސްޓްރީ ނުކުރައްވާ

    މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޖަލުގައި ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިހާރު ކުރިއަށްދާ އިންތިހާބުގައި ވޯޓުލައްވަން ރަޖިސްޓްރީކޮށްފައި ނުވާކަން ކަށަވަރުވެއްޖެ.

    އެމަނިކުފާނު ހުކުމް ތަންފީޒުކުރައްވަމުން ގެންދަވަނީ މާފުށީ ޖަލުގައި.

    ނަމަވެސް އެމަނިކުފާނުގެ ނަން އޮތީ މައްޗަންގޮޅި މެދު އެއް ނަމްބަރު ވޯޓުފޮށީގައި.

    ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް
    11:32ޝަފްނާ ހުސައިން

    އިންތިހާބުގެ ސަލާމަތީ ކަންކަން ބަލަހައްޓަން 2000 ފުލުހުން

    މިހާރު ކުރިއަށްދާ އިންތިހާބުގެ ވޯޓުލުން ކުރިއަށްދާއިރު، ސަލާމަތީ ކަންކަން ބެލެހެއްޓުމަށް 2000 އަށް ވުރެ ފުލުހުން ހަރަކާތްތެރިވަމުން އެބަ ދޭ.

    ފުލުހުން ވަނީ އިންތިހާބަށް "ބްލޫރޭ 2021"ގެ ނަމުގައި ހާއްސަ އޮޕަރޭޝަނެއް ފަށާއިފައި.

    ފުލުހުން ބުނީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި، އިންތިހާބު އަމާންކަމާއެކު ކުރިއަށްދާނެކަން ކަށަވަރުކުރާނެ ކަމަށް.

    11:30ޝަފްނާ ހުސައިން

    ބާރުތައް ދޫކޮށްލައިފިން، ނިޒާމު ބަދަލުކުރަން ވޯޓުގެ ބޭނުން ހިފާ: ރައީސް

    11:23

    ރައީސް ނަޝީދު ވޯޓިން ސެންޓަރުތަކަށް ވަޑައިގަންނަވާތީ މައްސަލަ ހޫނުވެއްޖެ

    އެމްޑީޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވޯޓުލާ މަރުކަޒުތަކަށް ވަޑައިގަންނަވާ މައްސަލަ ހޫނުވެއްޖެ.

    ރައީސް ނަޝީދު ގެންދަވަނީ އެމްޑީޕީގެ ކުލަ ރަމްޒުކޮށްދޭ ރީނދޫ ކުލައިގެ ގަމީހެއް ތުރުކުރައްވައިގެން، މިއަދު ހެނދުނުން ފެށިގެން ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލުން ކުރިއަށްދާ ގޮތް ބެއްލެވުމަށް ކަމަށް ވިދާޅުވެ މަރުކަޒުތަކަށް ވަޑައިގަންނަވަމުން.

    ކަލާފާނު ސްކޫލުގައި ވޯޓުލުން ކުރިއަށްދާ ގޮތް ބެއްލެވުމަށް އެމަނިކުފާނު ވަޑައިގަތުމުން އެތަނުގައި ތިބި ބައެއް މީހުން ވަނީ ނުރުހުން ފާޅުކޮށް އަޑުގަދަކޮށްފައި.

    އެމަނިކުފާނު ގެންދަވަނީ މަރުކަޒުތަކަށް ވަޑައިގެން ކިޔޫގައި ތިބި މީހުންނާ ވާހަކަދައްކަވައި ފޮޓޯ ނަންގަވައި ހައްދަވަމުން.

    މާހިލް މުހައްމަދު

    މާލޭގެ މޭޔަރުކަން ބޮޑުތަނުން އެމްޑީޕީއަށް ކާމިޔާބުވާނެ: ރައީސް

    ރައީސް ސޯލިހު ވިދާޅުވީ މާލޭގެ މޭޔަރުކަން 65 ޕަސަންޓާއެކު އެމްޑީޕީއަށް ލިބޭނެކަމަށް. އަދި މި އިންތިހާބު ކުރިއަށްދަނީ ދަތި ހާލަތެއްގައި ކަމުގައި ވިޔަސް މެންދުރުފަހު ގިނަ ބަޔަކު ނުކުމެ ވޯޓުލާނެކަމަށް އުންމީދުކުރައްވާކަމަށް ރައީސް ވިދާޅުވި.

    ރަ
    10:44މާހިލް މުހައްމަދު

    މަޖިލިސް އިންތިހާބަށްވުރެ ބޮޑު ކާމިޔާބެއް ލިބޭނެ: ރައީސް

    މިއަދު ކުރިއަށްދާ އިންތިހާބުގައި، 2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބަށްވުރެ ބޮޑު ކާމިޔާބެއް އެމްޑީޕީއަށް ލިބޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ.

    އެމަނިކުފާނު މިހެން ވިދާޅުވީ ވޯޓުލެއްވުމަށްފަހު ޖަމާލުއްދީން ސްކޫލުގައި ހުންނަވައި ނޫސްވެރިންނާ ވާހަކަދައްކަވަމުން.

    ރައީސް އިބްރަހިމް މުހައްމަދު ސޯލިހު ވޯޓުލެއްވުމަށްފަހު މީޑިއާއާ ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

    10:39މާހިލް މުހައްމަދު

    ރައީސް ސޯލިހު ވޯޓު ލައްވައިފި

    ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވޯޓު ލައްވައިފި. އެމަނިކުފާނު ވޯތުލެއްވީ ޖަމާލުއްދީން ސްކޫލުގެ ހޯލުގައި ބެހެއްޓިފައި ހުންނަ، މާލޭގައި ދިރިއުޅޭ ހިންނަވަރު ރައްޔިތުން ވޯޓުލާން ހާއްސަކުރެވިފައިވާ ފޮއްޓަށް.

    10:28

    10:08ރުގިއްޔާ މުހައްމަދު މޫސާ

    ސިޓީތަކުގެ ނަތީޖާ އަވަސް ވާނެ

    ރަށްތަކަށް ވުރެ ސިޓީތަކުގައި ވޯޓު ގުނައި، ނަތީޖާ ލިބުން އަވަސްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެއްޖެ. ޝަރީފް ވިދާޅުވީ ރަށު ކައުންސިލު ހޮވާ ރަށްރަށުގައި ކޮންމެ ވޯޓު ކަރުދާހެއް ހަތަރު ފަހަރު ގުނަންޖެހޭނެ ކަމަށް.

    ރަށު ކައުންސިލަށް ވޯޓުލާ ރަށްރަށުގައި ކޮންމެ ކަރުދާހެއްގައި ހަތަރު ވޯޓު ލާންޖެހޭ. އެއީ އަތޮޅު ކައުންސިލު ރައީސް، ރަށު ކައުންސިލު ރައީސް، ރަށު ކައުންސިލުގެ އަންހެން މެމްބަރުން، އަދި ރަށު ކައުންސިލު މެމްބަރުން ހޮވުމަށް ލާ ވޯޓު.

    މިއާ ހިލާފަށް ސިޓީ ކައުންސިލުތަކުގައި ވޯޓުލާ ކަރުދާހުގައި ހިމެނޭނީ މޭޔަރު އަދި ކައުންސިލު މެމްބަރު ހޮވާ ވޯޓު.

    10:02ޝަފްނާ ހުސައިން

    މިއީ ތާރީހުގައި ވެސް ބާއްވާ އެންމެ ބޮޑު އިންތިހާބު: އީސީ

    މިހާރު ކުރިއަށްދާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަކީ ރާއްޖޭގެ ތާރީހުގައި ވެސް އިލެކްޝަންސް ކޮމިޝަނުން އިންތިޒާމުކޮށްގެން ބާއްވާ އެންމެ ބޮޑު އިންތިހާބު ކަމަށް، އެ ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެއްޖެ.

    ޝަރީފް ވިދާޅުވީ މި އިންތިހާބު ތާރީހީ އިންތިހާބަކަށް ވަނީ، ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު އެކުގައި ބާއްވާތީ.

    މީގެކުރިން ތާރީހުގައި ވެސް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބެއް އީސީން ބާއްވާފައި ނުވާކަން ޝަރީފް ފާހަގަ ކުރެއްވި.

    އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ވޯޓު ލެއްވުމަށްފަހު ފޮޓޯއަކަށް ހުއްތިވަޑައިގެން -- ފޮޓޯ/ އަހްމަދު ޝަރީފް

    އީސީ ރައީސް ޝަރީފު

    ވޯޓުލާނެ ބަޔަކު ނެތި ފޮށިތައް ހުހަށް

    ބައެއް ވޯޓުލާ މަރުކަޒުތަކުގައި ބަހައްޓާފައިވާ ފޮށިތަކުގައި ވޯޓުލާނެ ބަޔަކު ނެތިގެން އަދިވެސް ވޯޓުލާން ނުފެށޭ މައްސަލަ ކުރިމަތިވެއްޖެ. ގިނަ ސެންޓަރުތަކުގައި ވޯޓުލާން ކިޔުއެއްވެސް ނެތް. އެކަންބޮޑުވުން އީސީގެ ރައީސް ޝަރީފް ވެސް ވަނީ ދާދި ދެންމެއަކު ފާޅު ކުރައްވާފައި.

    މީގެ ކުރިން ވެސް ލަފާކުރެވިފައި ވަނީ މި އިންތިހާބުގައި ވޯޓުލާން ނިކުންނަން މީހުންގެ އަދަދު މަދުވާނެ ކަމަށް.

    ބައެއް ވޯޓު ފޮށިތަކުގައި ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލާން އަދިވެސް ނުފެށޭ
    08:46

    މާލޭ މޭޔަރަށް ވާދަކުރައްވާ އަނަސް އާއި މުއިއްޒު ވޯޓު ލައްވައިފި

    މާލެ ސިޓީ މާލެ މޭޔަރު ކަމަށް ވާދަ ކުރާ އެމްޑީޕީގެ އަނަސް އަބްދުއްސަތާރާއި ވާދަވެރި ޕީޕީއެމްގެ ޑރ. މުހައްމަދު މުއިއްޒު ވޯޓު ލައްވައިފި އެވެ. އަނަސް ވޯޓު ލެއްވީ ހިރިޔާ ސްކޫލްގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށެެވެ. މުއިއްޒު ވޯޓު ލެއްވީ, އެމްއެންޔޫގެ ފެކަލްޓީ އޮފް ސައިންސަސްގައި ބަހައްޓާފައިވާ ވޯޓުފޮއްޓަށެވެ.

    އެމްޑީޕީއިން މޭޔަރު ކަމަށް ވާދަކުރައްވާ އަނަސް ވޯޓު ލައްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

    ޕީޕީއެމްއިން މޭޔަރު ކަމަށް ވާދަކުރައްވާ މުއިއްޒު ވޯޓު ލައްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ



    07:53

    މިނިވަންކަމާއި ރައްކާތެރިކަމާ އެކު ވޯޓުލައްވާ: އީސީގެ ރައީސް

    އީސީގެ ރައީސް އަހުމަދު ޝަރީފް އެންމެހާ ފަރާތްތަކަށް ގޮވާލެއްވީ މިނިވަންކަމާއި ރައްކާތެރި ކަމާ އެކު ވޯޓުލުމުގެ ހައްގުގެ ބޭނުން ހިފުމަށް.

    07:41

    ފޮޓޯއިން - ވޯޓުލާން ފެށުން

    މިފަހަރުގެ ވޯޓު އެތައް ގޮތަކުން ތަފާތު. އެގޮތުން މިފަހަރު ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދަނީ ޖެހެނީ ބަލިމަޑުކަމެއްގެ ތެރޭގައި ކަމަށްވުމުން ވޯޓުލާ މަރުކަޒުތަކުގައި ބަލިން ރައްކާތެރި ވުމުގެ ފިޔަވަޅުތައް ވަނީ އަޅާފައި. އެގޮތުން ވޯޓުލާ މަރުކަޒުތަކަށް ވަނުމުގެ ކުރިން ހުން ބެލުމާއި އަތް ސެނިޓައިޒް ކުރުން އަދި އޮފިޝަލުން ވެސް ތިބެނީ ފޭސް ޝީލްޑް އަޅައިގެން. މިކަމުގެ ސަބަބުން ވޯޓުލުމާއި ގުނުމުގެ މަރުހަލާ އެހެން އަހަރުތަކަށް ވުރެ ލަސްވާނެ ކަމަށް ވަނީ ލަފާކުރެވިފައި.

    ކައުންސިލް އިންތިހާބު 2020 ގައި ވޯޓުލުން ކުރިއަށް ގެންދިޔުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

    ކައުުންސިލް އިންތިހާބު 2020 ގައި ވޯޓުލުން ކުރިއަށް ގެންދަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

    ކައުންސިލް އިންތިހާބު 2020 ގައި ވޯޓުލުން ކުރިއަށް ގެންދަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

    ކައުންސިލް އިންތިހާބު 2020ގައި ވޯޓުލުން ކުރިއަށް ގެންދަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

    ކައުންސިލް އިންތިހާބު 2020ގެ ވޯޓުލުން ކުރިއަށް ގެންދިޔުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

    ކައުންސިލް އިންތިހާބު 2020ގައި ވޯޓުލުން ކުރިއަށް ގެންދިޔުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

    07:38

    އެކި ސަބަބުތަކާ ހުރެ ބައެއް ސެންޓަރުތަކުގައި ވޯޓުލުން ސީދާ 7:00 އަށް ނުފެށުނު ނަމަވެސް މިހާރު ގިނަ މަރުކަޒުތަކުގައި ވަނީ ވޯޓުލުން ފަށާފައި. ވޯޓުލުން ފެށުމުގައި މާ ބޮޑެތި މައްސަލަތަކެއް ކުރިމަތިނުވާ ކަމަށް އެކި ސަރަހައްދުތަކުގައި ތިބި ސަންގެ މުރާސިލުން ބުނޭ.

    07:32

    ވޯޓުލާން ފެށި ހެނދުނު 7:00 އާ ދިމާކޮށް ބައެއް ވޯޓުލާ މަރުކަޒުތަކުގައި މީހުން ކިޔޫ ހެދި އެވެ. އެގޮތުން މާލެ އާއި އައްޑޫ ސިޓީ ފަދަ ބޮޑެތި ތަންތަނުގައި ހުރި ވޯޓުލާ މަރުކަޒުތަކުގައި ދިގު ކިޔޫތަކެއް ދިމާލި އެވެ.