Last Updated:
1 decade 4 year ago

ސިލްސިލާ މުޒާހަރާތަކަށްފަހު ރައީސް ނަޝީދުގެ ވެރިކަން ނިމުމަކަށް

    ބުލޮގު ޚުލާސާ
    އިދިކޮޅު ފަރާތްތަކުގެ ސިލްސިލާ މުޒާހަރާތައް މިރޭ ވެސް ފަށާފައި ވަނީ އާޓިފިޝަލް ބީޗުގަ އެވެ. އިދިކޮޅު މުޒާހަރާތައް ފަށާފައިވާއިރު އެމްޑީޕީން ވެސް ގެންދަނީ އެ ސަރަހައްދުގައި މުޒާހަރާ ކުރަމުންނެވެ. ދެބައި މީހުންގެ ބަހުގެ ހަމަލާތަކާއެކު މުޒާހަރާ ކުރިޔަށްދާއިރު ފުލުހުން ވަނީ މުޅި ސަރައްދުގައި ސަލާމާތީ ފިޔވަޅުތައް ވަރުގަދަކޮށްފައެވެ.
    15:17

    ނާއިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވައިފި. ހުވާ ލައްވައި ދެއްވީ އުއްތަމަފަނޑިޔާރު އަލްއުސްތާޒު އަހުމަދު ފާއިޒު ހުސައިން .
    14:38

    ގާނޫނުއަސާސީގެ 121 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައީސް ނަޝީދު އެމަނިކުފާނު ހުންނެވި މަގާމުން އިސްތިއުފާދެއްވާފައިވާކަން ބަޔާންކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުއަށް ސިޓީ ހުށަހަޅުއްވައިފި.
    13:52

    ކުރީގެ ބަންޑާރަނައިބު ހުސްނުއްސޫދު ވިދާޅުވީ، ރައީސް ނަޝީދު އިސްތިއުފާ ދެއްވުމަށް ފަހު، އެކަން ކަށަވަރުކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިއުމުން އަންގަން ޖެހޭނެ ކަމަށް. އަދި އެ އަށް ފަހު ނައީބް ރައީސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކުރިމަތީގައި ހުވާ ކުރައްވަން ޖެހޭނެ. ނާއިބު ރައީސް ކަމުގެ ހުވާ ކުރެއްވުމަށް ފަހު، ނާއިބު ރައީސަކު އައްޔަންކޮށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހަޅަން ޖެހޭ. ސޫދު ވިދާޅުވީ ގާނޫނު އަސާސީގައި، ކުރީގެ އެޑްމިނިސްޓްރޭޝަންގެ މިނިސްޓަރުން އިސްތިއުފާ ދެއްވުން އެހާ ސާފު ނޫން ކަމަށާއި ނަމަވެސް އޭނާ ގަބޫލު ކުރައްވާ ގޮތުގައި ކުރީގެ އެޑްމިނިސްޓްރޭޝަނުން، އެ ސަރުކާރުގެ ޕޮލިސީތައް ތަންފީޒު ކުރުމަށް އައްޔަންކޮށްފައިވާ ވަޒީރުން އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށް.
    13:42

    ކުރީގެ ސަރުކާރުގެ އެއްވެސް މީހަކު ފުރުން މަނާކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ. ނަމަވެސް އެއްވެސް މީހަކު ހައްޔަރުކުރި ކަމަކަށް ފުލުހުން ކަށަވަރެއް ނުކޮށްދެ އެވެ. ފުލުހުން ބުނީ، ފުލުހުންގެ ކަންތައްތައް މިހާރު ބަލަހަައްޓަވަނީ ޗީފް ސުޕްރިންގް ޑެންޓެންޓް އޮފު ޕޮލިސް އަބްދުﷲ ފައިރޫޒު ކަމަށެވެ.
    13:06ރައީސް އޮފީސް

    ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ނައިބް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު، ކުޑައިރުކޮޅެއްގެ ކުރައްވާނެ. ހުވާކުރުން އޮންނާނީ ރައްޔިތުންގެ މަޖިލީހުގައި
    ރައީސް ނަޝީދު

    ރައީސް ނަޝީދު: އަޅުގަނޑު އިތުރަށް ރާއްޖޭގެ ރައީސް ކަމުގައި ހުރެއްޖެނަމަ ރާއްޖޭއަށް އިތުރު ގެއްލުންތަކެއް ކުރިމަތިވެދާނެތީ ވެރިކަމުން އިސްތިއުފާދިނީ. ސަރުކާރު އިތުރަށް ދެމެހެއްޓުމަށް މަސައްްކަަތްކޮށްފިނަމަ ބޭރުގެ ނުފޫޒުތައް ރާއްޖެއަށް އަތުވެދާނެތީ އިސްތިއުފާދިނީ. އަޅުގަނޑު ވަރަށް ހެޔޮ ހިތުން މިނިންމީ އިސްތިއުފާ ދިނުމަށް. އަޅުގަނޑު މިގޮތަށް ނިންމީ ރާއްޖޭގެ ރައްޔިތުންނަށް ހެޔޮއެދޭތީ. އަޅުގަނޑު އަބަދުވެސް އެދެނީ ރާއްޖޭގައި އަބަދުވެސް ޑިމޮކްރެޓިކް ހަމަތަކާއި އިންސާފު ގާއިމުވެފައި އޮތުން. އަޅުގަނޑު އެދެނީ ރާއްޖޭގެ ތަރައްގީއާ ކުރިއެރުމަށް.
    އަޅުގަނޑު އިތުރަށް ރާއްޖޭގެ ރައީސް ކަމުގައި ހުރެއްޖެނަމަ ރާއްޖޭއަށް އިތުރު ގެއްލުންތަކެއް ކުރިމަތިވެދޭނެތީ ވެރިކަމުން އިސްތިއުފާދިނީ. ސަރުކާރު އިތުރަށް ދެމެހެއްޓުމަށް މަސައްްކަަތްކޮށްފިނަމަ ބޭރުގެ ނުފޫޒުތައް ރާއްޖެއަށް އަތުވެދާނެތީ އިސްތިއުފާދިނީ. އަޅުގަނޑު ވަރަށް ހެޔޮ ހިތުން މިނިންމީ އިސްތިއުފާ ދިނުމަށް. އަޅުގަނޑު މިގޮތަށް ނިންމީ ރާއްޖޭގެ ރައްޔިތުންނަށް ހެޔޮއެދޭތީ. އަޅުގަނޑު އަބަދުވެސް އެދެނީ ރާއްޖޭގައި އަބަދުވެސް ޑިމޮކްރެޓިކް ހަމަތަކާއި އިންސާފު ގާއިމުވެފައި އޮތުން. އަޅުގަނޑު އެދެނީ ރާއްޖޭގެ ތަރައްގީއާ ކުރިއެރުމަށް.
    12:58

    ރައީސް ނަޝީދު މިކަން އިއުލާން ކުރެއްވީ ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެެރިންގެ ބައްދަލުވުމުގަ.
    12:57

    ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުން ކެނެރީގޭ މުހައްމަދު ނަޝީދު ދާދިދެންމެ އަކު އިސްތިއުފާދެއްްވައިފި.
    ސިވިލް ސާވިސް ކޮމިޝަންގެ ނޫސްބަޔާން

    ސިވިލް ސާވިސް ކޮމިޝަންގެ ނޫސްބަޔާން: ދިވެހި ގައުމަށް ދިމާވެފައިވާ ހުޟޫރަތްތެރި ހާލަތުގައި ދައުލަތު ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އެންމެހާ ހިދުމަތްތައް، ތެދުވެރިކަމާ އިހުލާސްތެރިކަންމަތީ ހަމަހަމަކަމާ އެކު އެންމެހާ ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދިނުންމަތީ ދެމިތިބުމަށް ކޮމިޝަންގެ ފަރާތުން އެންމެހާ ސިވިލް ސާވާންޓުންނަށް އިލްތިމާސްކުރަމެވެ.
    ދިވެހި ގައުމަށް ދިމާވެފައިވާ ހުޟޫރަތްތެރި ހާލަތުގައި ދައުލަތު ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އެންމެހާ ހިދުމަތްތައް، ތެދުވެރިކަމާ އިހުލާސްތެރިކަންމަތީ ހަމަހަމަކަމާ އެކު އެންމެހާ ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދިނުންމަތީ ދެމިތިބުމަށް ކޮމިޝަންގެ ފަރާތުން އެންމެހާ ސިވިލް ސާވާންޓުންނަށް އިލްތިމާސްކުރަމެވެ.
    12:27ވެލާނާގޭ ބިލްޑިން ސަރަހައްދުން

    ފުލުހުންގެ ފައުޖެެއް ވެލާނާގޭ ބިލްޑިންގެ ތެރެއަށް ވަދެއްޖެ ކަމުގެ މައުލޫމާތު ލިބޭ. ވަރަށް ގިނަ އަދަދެއްގެ އާއްމުން ވަނީ އެސަރަހައްދަށް އެއްވެފައި
    12:26ރައީސް އޮފީސް ކައިރިން

    އަބްދުﷲ ޣާޒީީ މާލެ ގެނެސްފި. ރައީސް އޮފީހަށް މީޑިއާގެ ފަރާތްތައް ވެސް މިހާރު ވަނީ ވައްދައިފައި.
    12:24ރައީސް އޮފީސް ކައިރިން

    ފުލުހުން ބުނަމުން ގެންދަނީ މިކަން ނިމުނީ ކަމަށް ދެން. ރައީސް އޮފީސް ބޭރު މިހާރު ވަނީ ލައްޕާފައި.
    12:22ެރައީސް އޮފީސް ކައިރިން

    ވަރަށް ވަރުގަދަ އަށް ވަނީ ސަލާމަތީ ފިޔަވަޅުތައް އަޅާފައި. މީޑިއާ މީހުން ތިބީ ވަކި ސަރަހައްދެއްގައި. އަސްކަރިއްޔާ އެންމެ ކުރީގައި އޮތީ. ރައީސް އޮފީސް ތެރެއަށް ކާރުވައްދައިފި
    12:19ޖުމްހޫރީމައިދާނުގެ ސަރަހައްދުން

    ރައީސް ނަޝީދު ސިފައިން ނެރެގެން ކާރުކޮޅެއްގައި ރައީސް އޮފީހަށް އެބަގެންދޭ. ކާރު ގެންދަނީ ކޮއްޕާފަ. މުޅި ސަރަހައްދު އޮތީ ސިފައިންނާއި ފުލުހުންގެ ބެލުމުގެ ދަށުގައި
    12:15

    ކްރިމިނަލް ކޯޓްގެ އިސް ޣާޒީ އަބްދުﷲ މުހައްމަދު ޕޮލިސް ލޯންޗުގައި މާލެ ގެނައުމުގެ މަސައްކަތް އެބަކުރޭ.
    12:03

    ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ނޫސްބަޔާން: އެއްވެސް ހާލަތެއްގައި ގާނޫނު އަސާސީއާ ހިލާފު ނުވުމަށާއި ޣައިރުގާނޫނީ އެއްވެސް ކަމެއް ނުކުރުމަށް ރާއްޖޭގެ ރައްޔިތުންނަށާއި އެއްމެހާ މުއައްސަސަތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާއީދު ގޮވާލައްވައިފި. ރައްޔިތުންގެ މަޖިލީހުން ދާދި ދެންމެއަކު ނެރެފައިވާ ނޫސްބަޔާނެއްގައި އެމަޖިލީހުގެ ރައީސް ވިދާޅުވެފައިވަނީ ދިވެހި ގައުމަށް މިވަގުތު ދިމާވެފައި މިވަނީ ވަރަށް ބިރުވެރި އަދި ނުހަނު ހިތާމަވެރި ދަނޑިވަޅެއް ކަމަށާއި ހުތޫރަތްތެރި ދަނޑިވަޅުގައި ދިވެހި ގައުމުގެ ހުރިހާ ރައްޔިތުންނާއި ދައުލަތުގެ ހުރިހައި މުއައްސަސާތަކުން ރާއްޖޭގެ ޖުމްހޫރިއްޔާގޭ ގާނޫނު އަސާސީއަށާއި ރާއްޖޭގެ ގާނޫނުތަކަށް ފުރިހަމައަށް ބޯލެނބުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.
    12:01

    ކުޑަ އިރުކޮޅެއްގެ ތެރޭ ސިފައިންގެއިން ނުކުމެ ރައީސް އޮފީހަށް ވަޑައިގެން މީޑިއާ މެދުވެރިކޮށް އިސްތިއުފާ ދެއްވިކަން ރަސްމީކޮށް އިޢުލާން ކުރައްވާނެ.
    11:58ޖުމްހޫރީ މައިދާން ކައިރިން

    އެމްއެންޑީއެފްއާ މިވަގުތު ހަވާލްވެ ހުންނެވީ ކާނަލް ނާޒިމް. ނާޒިމް ވަނީ އެއްވެސް މީހަކު ރައީސް ނަޝީދު ގައިކޮޅުގައި އަތްނުލުމަށް އިންޒާރުދީފަ
    11:35

    ރައީސް ނަޝީދު އިސްތިއުފާދެއްވަން ނިންމަވައިފި. އެކަން އޮންނާނީ ރައީސް އޮފީހުގައި މީޑިޔާގެ ކުރިމަތީގައި ކަމަށް މުޒާހަރާގައި މިހާރުވަނީ އިއުލާންކޮށްފައި. އާންމުން ޖުމްހޫރީ މައިދާނުގައި އަންނަނީ އެކަން ސެލަބަރޭޓް ކުރަމުން.
    11:33

    ރޭގައި އިސްތިއުފާދެއްވި ކޮމިޝަނާ ވަހީދު ފުލުހުން ގެންގޮސްފި.
    11:28

    އެމްއެންބީސީގެ ނަން ޓެލެވިޒަން މޯލްޑިވްސްއަށް ބަދަލުކޮށްފި. އެމްއެންބީސީ މިވަގުތު ބަލަހައްޓަނީ ހަލީލް. އެތަނުގެ ފަސް މުވައްޒަފަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. ސިފައިން މާލޭގެ މަގުތަކުގެ ފޯރި މަރަން ފަށައިފި.
    11:26

    އިތުރު ސިފައިންގެ ގްރޫޕްތަކުން ރަށު ތެރޭގައި ފޯރި މެރުމަށް ނިކުންނަން ފަށައިފި.
    11:20

    އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު މުޒާހަރާއާ ގުޅިވަޑައިގަންނަވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ވިދާޅުވީ ފުލުހުންނާ ސިފައިންނާއި ރައޔްިތުން ބޮޑު ލޭ އެހޮރުވުމަކަށް ދާތަން ބަލަން ނުހުރެވޭނެ ކަމަށާއި އެކަން އެގޮތަށް ކުރެއްވުމަށް ވުރެ ސިޔާސީ ހަޔާތް ނިންމާލުން މާރަނަގޅު ކަމަށް. އަދި މިހާރު ރައީސް ނަޝީދު ކޮންމެ ވެސް އެއްގޮތަކަށް އަމަލު ކުރަން ޖެހިފައިވާ ކަމަށާއި އަދި އަމަލު ކުރާ ގޮތަކީ "ލައިވް ވަޒަން" ކަމަށް ވެގެން ނުވާނެ ކަމަށް އަލީ ވަހީދު ވިދާޅުވި.
    11:11

    ފައިރޫޒު ރަސްމީ ހެދުންކޮޅުގައި މުޒާހަރާގެ ތެރެއަށް ވަޑައިގަތް ފުލުހުންނާ ހަވާލުވެ ވަޑައިގެންފި.
    11:08

    އުއްތަމަ ފަޑިޔާރުވެސް ޖުމްހޫރީ މައިދާނަށް ހާޒިރުކުރަނީ. ކުރީގެ ޑެޕިއުޓީ ކޮމިޝަނާ ރިޝްވާންވެސް މުޒާހަރާޔާ ގުޅިއްޖެ.
    11:05

    ނައިބު ރައީސް ބަލައި ސިފައިންނާއި ފުލުހުން ގޮސްފިކަމައް މައުލޫމާތު ލިބޭ. އެމީހުން ދަތުރު ކުރަނީ ހިލާލީ ގެއަށް.
    11:03

    ސިފައިންނާއި ފުލުހުން އެމްޑީޕީ ހަރުގެވެސް ހިފައިފި.
    11:01

    ސިފައިން އާއި ފުލުހުން ވަދެ އެމްއެންބީސީ ބެލުމުގެ ދަށައް ގެނެސް ވީޓީވީގެ ޓްރާންސްމިޝަންއަށް އެމްއެންބީސީ ބަދަލުކޮށްފި. މިހާރު އެމްއެންބީސީންވެސް ފެންނަނީ ވީޓީވީގެ ޓްރާންސް މިޝަން.
    10:59

    ޕޮލިސް ހިންގުން ފައިރޫޒާ ހަވާލުކޮށްފި ކަންވެސް އިއުލާންކޮށްފި.
    10:55

    އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްވެސް ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފިކަމަށް މުޒާހަރާގައި އިއުލާންކޮށްފި.
    10:53

    11:15 ގައި އެމްއެންބީސީގެ ޓެލެކާސްޓް ހުއްޓާނުލާނަމަ ސިފައިން އެމްއެންބީސީ ބާރުގެ ދަށައް ގެންނާނެ ކަމަށް މުޒާހަރާގައި އިއުލާންކޮށްފި.
    10:48

    ފަސީހު އިސްތިއުފާ ދިންކަން މުޒާހަރާގައި އިއުލާންކޮށްފި.
    10:42

    ކުރީގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ރިޔާޒް އާއި ސިފައިންގޭގައި ކުރިން އުޅުއްވި ކާނަލް ނާޒިމް އަދި ފުލުހުންގެ ތެރޭގައި އުޅުއްވި ފަޔާޒް މަޝްވަރާ ކުރުމަށް ސިފައިން ގެއަށް ވަނުމަށްފަހު ދެންމެ ނިކުމެ ވިދާޅުވީ ތިން ޝަރުތެއް ކަޑައެޅި ކަމައް. އެއީ މިއަދު މެންދުރު 1:30 ގެ ކުރިން ރައީސް އިސްތިއުފާ ދެއްވުމަށާއި ފަސީހާއި އޭނާގެ ދެ އެސިސްޓެންޑް ކޮމިޝަނަރުންވެސް އިސްތިއުފާދެއްވުމަށް އަދި އެ ކަންކަމަކީ ނެގޯސިއޭޓް ކުރެވޭނެ ކަން ކަމެއް ނޫން ކަމަށް.
    10:41

    ގާސިމް މުޒާހަރާގެ މީހުންނާ މުހާތަބުކޮށް ވާހަކަދައްކައިފި.
    10:35

    އިތުރު 100 ކައެއްހާ ސިފައިން މުޒާހަރާޔާ ގުޅިއްޖެ. ދާދި އަވަހަށް ހުރިހާ ސިފައިން ގުޅޭނެ ކަމަށް މުޒާހަރާގެ މީހުން ބުނޭ.
    10:32

    އަލީ ވަހީދު މުޒާހަރާއާ ގުޅިފައިވާ ކަމަށް މާޒް ސަލީމް ދެންމެ އިއުލާންކޮށްފި.
    10:28ޖުމްހޫރީ މައިދާނުން

    ފުލުހުން ހައްޔަރުކުރާ އެއްވެސް މީހަކަށް އަނިޔާކޮށް ގޯނާ ނުކުރުމަށް ފުލުހުން އިލްތިމާސް ކުރަމުން އެބަދޭ.
    10:24

    އެމްއެންބީސީ ކައިރީ އެމްޑީޕީ އެކްޓިވިސްޓުން ތިބީ ފުލުހުންނާ ކުރިމަތިލާން ޕޭމަންޓު ގާފުންޏެއް ޖަހައިގެން.
    10:23

    އެމްއެންބީސީ ކައިރީގައި ފަތި ބުރިތަކެއް ހިފައިގެން އެއްވެފައިވަނީ އެމްޑީޕީގެ އެކްޓިވިސްޓުން.
    10:21

    ޖުމްހޫރީ މައިދާނުގައި ގައުމީ ޕާޓީގެ އިމާދް ސޯލިހް ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖެ ނާންނަ ކަމަށް ހަސަން ސައީދަށް އިންޑިއާގެ ހައިކޮމިޝަނުން ޔަގީންކޮށްދީފައިވޭ.
    10:16

    ޖުމްހޫރީ މައިދާނަށް އެއްވެފައިވާ އާންމުން ގޮވަނީ ރައީސް ނަޝީދު ވަނީ ހައްޔަރުކުރެވިފައިވާ ކަމަށް.
    10:13

    އެމްއެންބީސީ ސަރަހައްދައް ގިނަ އަދަދެއްގެ ކަރުނަ ގޭސް ޖަހާފައި. ބެލެވެނީ އާންމުން ކަރުނަގޭސް ޖެހީ ކަމަށް.
    10:12

    ފުލުހުންގެ ފައުޖެއް އެމްއެންބީސީ ހިފަން ނައްޓާލައިފި.
    10:11

    ލޭޑީ އިބްރާހިމް މަނިކާއި އިތުރު ބަޔަކު ފުލުހުންގެ ލޯންޗަކަށް އަރުވައިގެން ގެންދަނީ.
    10:08

    ސިފައިންނާއި ފުލުހުން އަދި އާންމު ރައްޔިތުން ގައުމީ ދިދަ ހިފައިގެން ޖުމްހޫރީ މައިދާނުގައި އުފާފާޅު ކުރަނީ
    09:58

    އިތުރު 100 އެއްހާ ސިފައިން ފުލުހުންނާ ގުޅިއްޖެ.
    09:37

    ްމުސާ އަލީ ޖަލީލް ފުލުހުންގެތެރެއިން ކޮމާންޑް ކުރާ މީހުންނާ ވާހަކަދައްކަވާފައި ވިދާޅުވީ "ވަގުތު ޖެހުމުން ނެރެން ޖެހޭ މީހާ ނެރޭނެ ކަމައް". އަދި ސިފައިން އަމާންދިނުމަށް ފަހު ރަބަރު އުންޑަ ބޭނުންކުރާ ސަބަބު އޮޅުން ފިލުވަން އެދުމުންޖަލީލް އެއްޗެއް ވިދާޅެއްނުވި.
    09:23

    ރާއްޖެތެރޭގެ ބައެއް ރަށްރަށުންވެސް މީހުން މާލެ އަންނަން ފަށައިފި ކަމަށް ހަބަރުތައް ފެތުރޭ.
    09:23

    ރާއްޖެތެރޭގެ ބައެއް ރަށްރަށުންވެސް މީހުން މާލެ އަންނަން ފަށައިފި ކަމަށް ހަބަރުތައް ފެތުރޭ.
    09:15

    ޕޮލިސް ޖިނާހުގެ ގައިގައި ތަޅައިގެންފި. ޖިނާހުގައިގާ ތެޅީ އާންމުންނާއި ފުލުހުންވެގެން. ސިފައިން އިރު އިރުކޮޅުން ޕެޕާ ސްޕްރޭ ސިފައިންގެއިން ޖަހަމުން އަންނަނީ.
    09:10

    ބައެއް ސްކޫލްތަކުގެ ކިޔެވުން ކެންސަލް ކުރަމުން އެބަދޭ.
    09:08

    ސިފައިންގެއިން އިތުރަށް ޗާޖް ކުރަން އުޅޭ ކަމުގެ ނިޝާންތައް ފެނޭ. ފުލުހުންނާ ގުޅުނު ސިފައިންނާއި ފުލުހުން ސިފައިން މިނިވަން ކުރަން ހަރު އަޑުން ގޮވަމުން އެބަދޭ.
    09:03

    އައިޖީއެމްއެޗްގައިވެސް އެމެޖެންސީ އިއުލާންކޮށްފައި.
    09:01އުމަރު؛ ދިޓީވީ

    އެއާޕޯޓް ބަންދުކުރުމަށް އުމަރު ގޮވާލެއްވި. އެއީ ސަރުކާރުގެ ބައެއް ވެރިން ފިއްލަވާތީ ކަމައްވެސް އޭނާ ވިދާޅުވި.
    09:00

    އޭޑީކޭ އެދުތައް ޒަހަމްވެފައިވާ މީހުންއިން ވަނީ ފުރިފައި ކަމަށް އޭޑީކޭގެ އޮފިޝަލަކު ވިދާޅުވެއްޖެ. އޭޑީކޭވެސް ވަނީ އެލާޓްގައި.
    08:59

    ކަޅުތުއްކަލާ ކޮށިން 300 ސިފައިންގެ މީހަކު ފުލުހުންނާ ގުޅެން އަންނަކަމުގެ މައުލޫމާތު ފެތުރެން ފަށައިފި. އަބްދުﷲ ގާޒީވެސް މާލެ ގެންނަ ކަމުގެ މައުލޫމާތުވެސް އެބަ ފެތުރޭ.
    08:53

    ސިފައިންގެ ބޭރުގައި ހުރި ކެމެރާތަކާއި ފުލުސް އޮފީސް ބޭރުގައި ހުރި ވެހިކަލްތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި.
    08:48

    އަނެއްކާވެސް ސިފައިންގެ ފައުޖެއް ފުލުހުންނާ ގުޅިއްޖެ. ސިފައިންގެ ބޭފުޅަކު މަޝްވަރާ ކުރަން އަންނަކަން އިއުލާންކޮށްފި.
    08:44

    ސިފައިން ބަޑިޖަހާފާނެ ކަމަށް ސަމާލުވުމަށް ފުލުހުން އެބަ އިލްތިމާސްކުރޭ. ބަޑިޖަހައިފިނަމަ އެންމެން އޮސޯތުމަށް ފުލުހުން އެބަ އަންގާ.
    08:41

    ފުލުހުންނާ ގުޅުނު ސިފައިން އަންނަނީ ފުލުހުންގެ އިދާރާ އާއި އެމްއެންޑީއެފްގެ މައި އިދާރާ ބަލަހައްޓަމުން. ހުރިހާ އާންމުން ތިބީ ޖުމްހޫރީ މައިދާން މެދުގައި.
    08:37

    އަދިވެސް ސިފައިން ގެއިން އާންމުންނާ ދިމާލަށް ތަފާތު ބަޑިތައް ޖަހަނީ. އާންމުންނާ ފުލުހުން ރައީސް ނަޝީދުގެ އިސްތިއުފާއަށް ގޮވަނީ. ރައީސް ނަޝީދު ހުރީ ސިފައިންގެ ތެރޭގައި ކަމައް ވަނީ.
    08:31

    ސިފައިންގެ ގްރޫޕުތައް ފުލުހުންނާއި ގުޅެން ފަށައިފި.
    08:28

    ސިފައިން އަތްމައްޗަށް ނަގާ ފުލުހުންނާ ސަލާންކުރަނީ. މާހައުލު ވަރަށް ބިރުވެރި. ތާރީހު އިޔާދަ ވާތަން ފެންނަހެން ހީވަނީ. ސިފައިންނާއި ފުލުހުންގެ ލޮލުން ކަރުނަ އޮހޭތަން ފެނޭ.
    08:21

    ލޭޑީ އިބްރާހިމް މަނިކު އަތުލައިގަނެ އޭނާ ގައިގާ ތަޅައިގެންފި.
    08:17

    ފުލުހުންގެ މަރުކަޒުގައި ހުރި ފުލުހުންގެ ދިދަ ތިރިކޮށް، ގައުމީ ދިދަ ބައިދަޑިއަށް ތިރިކޮށްފި. މިހާރު ފުލުސް އޮފީހުގައި ހުރީ ގައުމީ ދިދަ އެކަނި.
    08:11

    ސިފައިން ވަނީ އެކީ އެކަށް ފަހަތައް ޖެހި ސިފައިންގެ މައި އިދާރާއަށް ވަދެފައި. ފުލުހުން ވަނީ ޖުމްހޫރީ މައިދާނުގެ ހުރިހާ ސަރަހައްދެއް ކޮންޓްރޯލްގެ ދަށައް ގެނެސްފައި. އާންމުންނާ ފުލުހުންގެ ބެލުމުގެ ދަށުގައި އެ ސަރަހައްދު އޮތީ. ސިފައިން ވައްތަރެއްގެ ބަޑިއެއް މައި މަރުކަޒު ތެރޭގައި ތިބެގެން ޖަހަނީ. އެއީ އަސްލު ބަޑިއެއް ނޫން.
    08:09

    ފުލުހުންގެ މައި އިދާރާ ހަލާކުކޮށްލައިގެން ޝީލްޑްތައް ނެރެނީ.
    08:08

    ފުލުހުން ނިކުމެ ސިފައިންގެ މައިމަރުކަޒުގެ ފަހަތައް ސިފައިން ޖައްސަނީ. ސިފައިންގެ ގޭޓްވެސް ބަންދުކޮށްފި. ފުލުހުންގެ ސަފުތަކާ އާންމުންވެސް ވަނީ ގުޅިފައި.
    08:06

    ފުލުހުންވެސް އުކުނު އެއްޗެއް އުކަނީ. އެމީހަކާއި އެމީހެއް. ވަރަށް ގަދަޔަށް ހަނގުރާމަ ހިގަނީ.
    08:00

    ސިފައިންގެ ބަޔަކުވެސް ފުލުހުންނާ ގުޅިއްޖެކަމަށް މައުލޫމާތު ލިބޭ. އެމްއެންޑީއެފް އާ ފުލުހުންނާ ދެބައި މީހުން މުޅި ސަރަހައްދައް ކަރުނަގޭސް އުކަނީ.
    07:59

    އަނެއްކާވެސް އެމްޑީޕީ ބަޔަކު ސައިކަލްތަކެއްގައި އައިސް ފުލުހުންނާ ދިމާކުރަން އުޅެފި.
    07:58

    ފުލުހުން އިދިކޮޅު މުޒާހަރާވެސް އެމްއެމްއޭ ސަރަހައްދަށް ފަހަތައް ޖައްސައިފި. އެމްޑީޕީ މީހުން މިހާރު ފެންނާކަން ނެތް.
    07:56

    އެމްޑީޕީ މީހުން ވަޅި ހިފައިގެން އަރައިގަންނަން މަސައްކަތް ކުރުމުން އެކަން ހުއްޓުވުމުގެ ތެރޭގައި އެމްޑީޕީ މީހުންނާއި ފުލުހުންނަށް ވަނީ އަނިޔާވެފަ. ބައެއް ފުލުހުންގެ މޫނު ލޭން ވަނީ ތައްތެޅިފައި.
    07:53

    އެމްޑީޕީގެ މީހުން ވަޅި ހިފައިގެން ޖުމްހޫރީ މައިދާނުން ފުލުހުންނާ ދިމާކުރަން އުޅުމުން ފުލުހުން އެމީހުންގެ ހަމަލާތައް ހުއްޓުވައިފި. މާރިޔާ ވަނީ ބިންމައްޗަށް ވެއްޓިފައި. ގައިން ކޮންމެވެސް ވަރަކަށް ލޭ އާދޭ.
    07:50

    ރީފް ސައިޑް ކުރިމަތީ މުޒާހަރާ ކުރަމުން ދިޔަ އެމްޑީޕީ މީހުންގެ މުޒާހަރާ ފުލުހުން ހުއްޓުވައި ބައެއް މީހުން ހައްޔަރު ކުރަމުން ދަނީ. އީވާގެ ފިރިކަލުން ވަނީ ހައްޔަރުކޮށްފައި.
    07:48

    ފުލުހުންގެ ހުވާ ފުލުހުން ހަރު އަޑުން ކިޔަން ފަށައިފި. ފުލުހުންގެ ސަފުތައް ހުރީ ޔޫއަކުރެއްހެން އަތުރާލާފައި.
    07:41

    ކުރިން ނެތް ވަރަށް، ގިނަ ފުލުހުން ތަކެއް ވަނީ ގުޅި ހެލި ޕެޑަށް ޖަމާވެފައި. ފުލުހުން ބުނަނީ ޣައިރު ގާނޫނީ އަމުރު ނުކުރާނެ ކަމުގެ ޔަގީންކަން ބޭނުން ކަމަށް. އަދި އެ މައްސަލައިގެ ތެރެއަށް އާންމުން ނުވަދެ، ދުރުގައި ތިބުމަށް ފުލުހުން ދަނީ ހަރުއަޑުން ގޮވަމުން.
    07:30

    އެމްޑީޕީ މުޒާހަރާ ލީޑް ކުރައްވަނީ މާރިޔާ އާއި އީވާ. އެ މުޒާހަރާގައި މީހުން އެހާ ގިނައެއް ނޫން.
    07:18

    ސިފައިން ނުކުމެ ޖުމްހޫރީ މައިދާނަށް ދެވެން ހުރި މަގުތައް ބަންދުކުރަން ފަށައިފި.
    07:15

    ފަސީހު ބައްދަލުކުރާނެ ކަމަށް ބުނެ ފުލުހުން މަޑުން ތިބުމަށް ކޮމާންޑް ދީފި.
    07:14

    ބާޣީން ހައްޔަރުކުރުމަށް ގޮވައި އެމްޑީޕީގެ މުޒާހަރާ އޯކިޑް މަގުގައި ފަށައިފި.
    07:09

    ފުލުހުންގެ އިހްތިޖާޖުގައި ބައިވެރިވުމަށް އަތޮޅު ތެރެއިންވެސް ފުލުހުން އަންނަން ފަށައިފި ކަމަށް ޖުމްހޫރީ މައިދާނުގައި ތިބި ފަރާތްތަކުން ބުނަންފަށައިފި އެވެ.
    07:02

    އާންމުން ޖުމްހޫރީ މައިދާން ދޫކޮށް ދާން ފުލުހުން އަންގައިފި. ނޫސްވެރިންވެސް ވަކި ސަރަހައްދެއްގައި ތިބުމަށް ވަނީ އަންގާފައި.
    06:52

    ރައީސްގެ އިސްތިއުފާއަށް ގޮވަން ފެށުމުން ސިފައިންގެ ހިމާޔަތުގައި ރައީސް ސިފައިންގެ މަރުކަޒައް ވަޑައިގަންނަވައިފި. ރައީސްގެ އަރިހުގައި ޑިފެންސް މިނިސްޓަރު ތޮލްހަތާއި ޗީފް އޮފް ޑިފެންސް މޫސާ އަލީ ޖަލީލްވެސް ވަޑައިގެންނެވި. ރައީސް ހުންނެވީ ވަރަށް ރުޅި ދުރުވެފައި.
    ރައީސް ނަޝީދު

    ރައީސް ނަޝީދު ޖުމްހޫރީ މައިދާނުގައި ތިބި ފުލުހުންނާ މުހާތަބު ކުރައްވަން ފައްޓަވައިފި. ރައީސް ދެއްކި ވާހަކައަށް ފުލުހުން ބުނީ "ނޯސާ".
    އަޅުގަނޑު ތިބޭފުޅުންނަށް ދެރަ ގޮތެއް ނަހަދާނަން. ތިބޭފުޅުންނަށް ތި ތިބެއްވުނީ އޮޅުމެއްގެ ތެރޭގައި. ސިފައިންނާ ހަވާލުވޭ
    06:31އުމަރު؛ ދިޓީވީގައި

    އެމްއެމްއޭ ސަރަހައްދުގައި މިހާރު ކުރިއަށްދާ މުޒާހަރާއަކީ ފުލުހުންގެ ގުރުބާނީއަށް ހިތްވަރުދިނުމަށް ކުރިއަށް ގެންދާ މުޒާހަރާއެއް ކަމަށް ވިދާޅުވި. ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް މުޒާހަރާއަށް ނުކުތުމައް އޭނާ ވިދާޅުވި. އަދި ރާއްޖެތެރޭގެ ރައްރަށުންވެސް މުޒާހަރާއަށް އައުމަށް ގޮވާލެއްވި.
    06:29

    ފުލުހުންނައް ބޯފެނާއި ކާތަކެތި ގެނެސްފި. އެތަކެތި ގެނެސްދެނީ ފުލުހުންނާއި އާންމުން.
    06:26

    އިރުއެރުމާ އެކު އާންމުން އެސަރަހައްދަށް ޖަމާވުން ވަނީ އިތުރުވެފައި. އެމްއެމްއޭ ސަރަހައްދުގައި މުޒާހަރާ ދަނީ ކުރިއަށް. ސިފައިން ތިބީ މުޒާހަރާ ކުރާ މީހުން ބައްދާލައިގެން. ފުލުހުންވެސް ތިބީ މިހާރު މަޑުޖެހިލައިގެން.
    06:23

    ފުލުހުންނާ ކުރިމަތިލާން ނިކުތް ސިފައިން އެބުރި ބަންޑާރަކޮއްޓަށް ވަދެފި. ފޯރިމަރާ މަދު ސިފައިންގެ މީހަކު ނޫނީ މިހާރަކު ޖުމްހޫރީ މައިދާން ސަރަހައްދަކު ނެތް.
    06:15އެމްއެމްއޭ ސަރަހައްދުން

    އެމްއެމްއޭ ކުރިމަތީގައި މުޒާހަރާ ކުރާ މީހުންނާ މުހާތަބު ކޮށް ނިހާން ވާހަކަދައްކަވަން ފައްޓަވައިފި.
    06:10ޖުމްހޫރީ މައިދާނުން

    ސިފައިން އަނެއްކާވެސް ފަހަތައް ޖެހިއްޖެ. ސިފައިން މިހާރު ތިބީ ޝަހީދު ހުސެން އާދަމް ބިލްޑިންގް އާ ހިސާބުގައި.
    ދިވެހި ފުލުހުން

    ފަސީހު އާ ބައްދަލުކުރަން އައިކޭއަށް ނުދާން ފުލުހުން ނިންމައިފި.
    ފަސީހަށް ބައްދަލު ކުރެވެން ޖެހޭނެ. މިއީ ދިވެހި ފުލުހުން. އަޅުގަނޑުމެން ގޮސްފިނަމަ ވިއްސިވިހާލި ވެދާނެ
    05:57

    ހަތިޔާރު ބަހަައްޓަން ޝަރުތުކުރާތީ ފުލުހުން، ކޮމިޝަނާ ފަސީހު އާ ބައްދަލު ކުރުމާ މެދު ހިޔާލުތަފާތުވެފައި. ފުލުހުން ތިބީ ހަތިޔާރު ދޫކުރާ ގޮތަކަށް ނޫން.
    05:55

    ފުލުހުންގެ އިސްވެރިއަކު ފުލުހުންނާ މުހާތަބު ކުރަނީ. އެއްވެސް ފުލުހަކު ފަހަތަށް ނުޖެހުމަށާއި ހަތިޔާރު ދޫނުކުރުމަށް ފުލުހުންނަށް އިރުޝާދު ދެއްވަނީ.
    05:53

    ފުލުހުން އެއްއަޑަކަށް ﷲ އަކްބަރު ގޮވަނީ. ރަޔަޓް ފުލުހުން ކުރިއަށް ނެރެ ފުލުހުންގެ ސަފުތައްވެސް ރުކުރުވާލައިފި. ފުލުހުންނާއި ސިފައިންގެ އިސް އޮފިޝަރުންގެ މެދުގައި ބަހުގެ ހޫނު ހަމަލާތަކެއް ދަނީ ބަދަލުކުރަމުން.
    05:49

    ފަސީހު އާ ބައްދަލުކުރުމަށް އިސްކަންދަރުކޮއްޓަށް ދިޔުމާ މެދު ފުލުހުންގެ މެދުގައި ހިޔާލުތަފާތުވެ، ފުލުހުން އެތިބި ތަނަކަށް ޖަމާވެއްޖެ. ސިފައިން ދަނީ އެގޮތް ގަބޫލް ނުކޮށްފިނަމަ ޗާޖް ކުރާނެ ކަމަށް ބުނެ އިންޒާރުދެމުން.
    05:46

    ޖުމްހޫރީ މައިދާނުގައި ފުލުހުންނާ ބައްދަލުނުކުރާނެ ކަމަށް ފަސީހު ވިދާޅުވި ކަމަށް އިއުލާންކޮށްފި. ބައްދަލު ކުރަން ބޭނުން ނަމަ އިސްކަންދަރު ކޮށްޓައް އައުމަށް ވަނީ ފުލުހުންނަށް އިއުތިމާސްކޮށްފައި.
    05:43

    ކޮމިޝަނާ ފުލުހުންނާއި މުހާތަބުކުރެއްވުމަށް ތައްޔާރުވަނީ.
    05:41

    އަސްކަރިއްޔާއިން ފުލުހުންނާއި ކުރިމަތިނުލާނެ ކަމަށް ފުލުހުން ބުނެފި އެވެ. ކުރިމަތިލައިފިނަމަ ސިފައިން ފޮނުވާ ކޮންމެ އުންޑައަކަށް ދިއްކުރާނީ މޭ ކަމަށް ފުލުހުން ބުނޭ.
    05:40

    ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ފުލުހުން އާދޭސްކޮށްގެން ސިފައިން ނިކުމެއްޖެ. އެކަކަށް އަނިޔާވެ ހޮސްޕިޓަލައް.
    05:37

    އާންމުންނާއި އެމްޑީޕީ އެކްޓިވިސްޓުންނާ އެމްއެމްއޭ ސަރަހައްދުގައި ކުރިމަތިލުންތަކެއް ހިނގަނީ.
    05:33ޖުމްހޫރީ މައިދާނުން

    އެމްޑީޕީ އެކްޓިވިސްޓުން ޖުމްހޫރީ މައިދާނުގައި ތިބި އާންމުންނާ ކުރިމަތިލާން ލަޑިބުރި އާއި ކަނޑިއާއި ދަޑިބުރިތަކެއް ހިފައިގެން ޕިކަޕެއްގައި އައިސްފި. މީހަކަށް އަނިޔާވެގެން ވެއްޓިފައި. ބޮޑަތި ޒަހަމްތަކެއް ހުރިކަމައްވޭ.
    05:28ޖުމްހޫރީ މައިދާނުން

    މަސްރަހު މިހާރުވަނީ ކޮންމެވެސް ވަރަކަށް ފިނިވެފައި. ނަމަވެސް ސިފައިންވެސް އަދި ފުލުހުންވެސް ތިބީ ތައްޔާރީ ހާލަތުގައި.
    05:25

    ކޮމިޝަނާ އޮފް ޕޮލިސް ފަސީހު ފުލުހުންނާ ބައްދަލުކުރާނެ ކަން އިއުލާންކޮށްފި. ފުލުހުން ބުނަމުން ދަނީ އެމީހުންގެ މައްޗަށް ޣައިރު ގާނޫނީ އަމުރު ނުކުރުމަށާއި މިރޭ ނުކުތް އެއްވެސް ފުލުހަކަށް ފިޔަވަޅު އަޅައިގެން ނުވާނެ ކަމައް.
    05:22

    ޝީލްޑްތައް ހިފައިގެން ތިބި ސިފައިން ފަހަތައް ޖެހިއްޖެ. އެކަން ފުލުހުން އަންނަނީ ސެލަބަރޭޓް ކުރަމުން. ދޫދިން ކަމަށް ލަފާކުރެވެނީ.
    05:20

    އަސްކަރިއްޔާ އާއި ފުލުހުންގެ ހަމަ ނުޖެހުމަށް ނުވަނުމަށް ފުލުހުން އާންމުންނަށް އަންގަމުން އެބަދޭ. އެއްވެސް ކަމެއް ގޯސްނުވާނެ ކަމުގެ ޔަގީންކަން ފުލުހުން ދަނީ ރައްޔިތުންނަށް ދެމުން. ފުލުހުން ކޯޑަންއެއް ދަމައި އާންމުންނާ ފުލުހުންގެ ސަފުތައް ވަކިކޮށްލައިފި.
    05:16

    ސިފައިންނާއި ފުލުހުންނާއި އަދި އާންމު ރައްޔިތުނާ ދެމެދު ވަރުގަދަ ކުރިމަތިލުމެއް ހިނގަނީ. އާންމުންވެސް ލަޑި ބުރި ފަދަ ތަކެތި އެބަ ބޭނުން ކުރޭ. ފުލުހުންވެސް އެމީހުންގެ އާލާތްތައް ދަނީ ބޭނުން ކުރަމުން. މިހާރު ޖުމްހޫރީ މައިދާން ވަރަށް ހޫނު.
    05:15

    ސިފައިން މީޑިޔާ ނެރެން އުޅުމުން ފުލުހުންނާ ސިފައިންގެ މެދުގައި މައްސަލަ އިތުރަށް ހޫނުވެއްޖެ.
    05:12

    ފުލުހުން ވަނީ ރުޅި ގަދަވެފައި. ފުލުހުން މައިތިރި ކުރުމަށް ފުލުހުންގެ ތެރެއިންވެސް އެބަ މަސައްކަތް ކުރޭ. ސިފައިންނަާށް ކޮމާންޑް ކުރުމަށް އިސްކޮށް ހުންނެވީ އިބްރާހިމް ދީ އާއި އަދިވެސް އިސް ދެ އޮފިސަރަކު.
    05:09

    ފުލުހުން ތިބީ ތައްޔާރީ ހާލަތުގައި، ޝީލްޑްތައް ނަގައިގެން. އާންމުން ހަމަޖެހުމަށާއި އެ ސަރަހައްދުން ދިއުމަށް ފުލުހުން އެބަ އަންގާ. ސިފައިން ބުނަނީ މަޝްވަރާކުރަން ދެން ބޭނުން ނުވާކަމަށް.
    05:06ޖުމްހޫރީ މައިދާނުން

    ސިފައިންނާ ކުރިމަތިލާން ތައްޔާރަށް ތިބިކަން ފުލުހުން އަންގައިފި. އާންމުންވެސް އަތު ޖެހުނު އެއްޗެއް ހިފައިގެން ތިބީ ތައްޔާރަށް.
    05:04

    އާންމު ރައްޔިތުންވެސް ޖުމްހޫރީ މައިދާނަށް އައިސް ފުލުހުންނާ ގުޅިއްޖެ. ނަމަވެސް ފުލުހުން އަންގަނީ އާންމުން ދުރުގައި ތިބުމަށް. ސިފައިން ތިބީ ބަޑިހިފައިގެން ކަމަށް.
    05:02

    ސިފައިން ފުލުހުންގެ ސުލްހަވެރި ހަޅުތާލު ރޫޅާލާނެ ކަމުގެ އިންޒާރު ދޭންފަށައިފި. އެއާއެކު ފުލުހުން ޝީލްޑްތަކާ އެއްޗިހި ސިފައިންނާ ދިމާލަށް އުކަނީ.
    04:59

    ސިފައިންގެ ބޮޑު ފައުޖެއް ފުލުހުންނާ ކުރިމަތިލާން ނުކުމެއްޖެ.
    04:56ޖުމްހޫރީ މައިދާނުން

    ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް މުނީރު ޖުމްހޫރީ މައިދާނުގައި ތިބި ފުލުހުންނާ ވާހަކަ ދައްކަވަނީ. އޭނާ އެދެމުން ދަނީ ސިފައިން ނުކުމެ ފުލުހުން ދުރައް ނުލަނިސް އަމިއްލައަށް ގެޔަށް ދިިޔުމަށް. ނަމަވެސް ފުލުހުން މުނީރުގެ ވާހަކައަށް އިންކާރުކުރޭ.
    04:53ޖުމްހޫރީ މައިދާނުން

    އެމްއެމްއޭ ސަރަހައްދުގައި ތިބި މުޒާހަރާ ކުރާމީހުން ޖުމްހޫރީ މައިދާނަށް ވަދެއްޖެ. އެމީހުންނާ ފުލުހުން އެ ތަނުގައި ތިބީ ވަކިން.
    ޖުމްހޫރީ މައިދާނުގައި ހުރި ފުލުހެއް

    ޣައިރު ގާނޫނީ އަމަލުތަކެއް ފުލުހުން ހިންގާ ކަމަށް ބުނެ އެމްއެންބީސީން އެފަދަ ހަބަރުތަކެއް ފަތުރާ ކަމަށް ބުނެ ޖުމްހޫރީ މައިދާނުގައި ތިބި ފުލުހުން އެކަން ދޮގުކޮއްފި.
    އަހަރުމެން މިތިބީ ގާނޫނު އަސާސީ ނެގެހެއްޓުމަށް. ހުވަޔާ އެއްގޮތަށް އަމަލުކުރުމަށް. ޣައިރު ގާނޫނީ އަމަލުތަކެއް މިތާ ނުހިންގާ
    04:37އެމްއެމްއޭ ކައިރިން

    ފެންސް ވައްޓާލުމުން ދެ މީހަކު އެމްއެމްއޭ ކައިރިން ސިފައިން ހައްޔަރުކޮށްފި.
    04:37

    ޖުމްހޫރީ މައިދާނުގައި ފުލުހުންނަށް ރެޑް ބުލް އާއި ކޭކާއި އަދި ޖޫސްވެސް އެބަ ބަހާ.
    04:36

    ފެންސް ވައްޓާލުމުން މުޒާހަރާ ކުރާ މީހުންގެ ތެރެއަށް ސިފައިން ޕެޕާ ސްޕުރޭ ޖަހައިފި.
    04:27

    އެމްއެމްއޭ ސަރަހައްދުގައި ޖަހާފައި ހުރި ފެންސްތައް އެމްއެމްއޭ އާ ހަމައަށް އެކީ އެކަށް ވައްޓާލައިފި.
    04:23ޖުމްހޫރީ މައިދާނުން

    ސިފައިން ފުލުހުންނާ ކުރިމަތިނުލާނެ ކަމަށް ފުލުހުންނާ އެކު ދެންމެ ބޭއްވި ބައްދަލުވުމުގައި ސިފައިން ބުނެފި. ނަމަވެސް ފުލުހުން ވަނީ އެ ޔަގީންކަން ލިޔުމަކުން ދިނުމަށް އެދިފައި.
    04:17

    މިހާރު މާލެ ތެރޭގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި އާންމުންގެ މުދަލަށާއި ރައްޔިތުންނަށް ބޮޑެތި ގެއްލުން ވަމުންދާތީ އެޗުއާރުސީއެމުން ކަންބޮޑުވުން ފާޅުކޮށްފި. އެޗުއާރުސީއެމްގެ ރައީސާ މަރިޔަމް އަޒުރާ މިރޭ ވިދާޅުވީ މާލޭތެރޭގައި ހަމަނުޖެހުންތައް ހިނގިޔަ ނުދީ އަމަން ބަލަހައްޓާ ފަރާތްތަކުން ވެސް ގާނޫނާ އެއްގޮތަށް އަމަލު ކުރުމަށް ގޮވާލާ ކަމަށް. އަދި މާލެ އަމަން ތަނެއްގެ ގޮތުގައި ހަދައި ދިނުމަށް ހުރިހާ ރައްޔިތުންގެ ކިބައިން އެދޭ ކަމަށް. އަދި އެއްވެސް ބަޔަކު ލޭ އެހޮރުވުމަކަށް ހިނގައިދާނެ އެއްވެސް އަމަލެއް ނުހިންގުމަށްވެސް އަޒުރާ ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގަންފައި.

    04:15

    ޖުމްހޫރީމައިދާނުގައި ފަތިސް ނަމާދު ކުރުމަށް ފުލުހުން ތައްޔާރުވާން ފަށައިފި.
    04:11ޖުމްހޫރީ މައިދާނުން

    ފުލުހުން މިހާރު ސިފައިންގެ އިސްވެރިންނާ އެކު ޖުމްހޫރީ މައިދާނުގައި ބައްދަލުކުރަނީ. ފުލުހުން ބުނަނީ އެމީހުން އަލުން މަސައްކަތައް ނިކުންނާނީ ސަރުކާރުންނާއި ސިފައިން ގާނޫނަށް އަމަލުކުރާނެ ކަމުގެ ޔަގީންކަން ދިނުމުން ކަމަށް. އަދި ފުލުހުންގެ ހަރަކާތުގައި ބައިވެރިވާ ފުލުސް މީހަކާ މެދު ފިޔަވަޅު ނޭޅުމައްވެސް އެމީހުން މަޝްވަރާކުރޭ.
    04:00އެމްއެމްއޭ ކައިރިން

    އެމްއެމްއޭ ސަރަހައްދަށް އަނެއްކާވެސް މީހުން ޖަމާވާން ފަށައިފި. އެމްޓީސީ ޓަވަރު ސަރަހައްދުން ފެންސުގެ ވިއްސަކަށް ފޫޓު މުޒާހަރާ ކުރާ މީހުން އުފުރާލައިފި.
    03:58

    ފުލުހުންގެ މީޑިއާ އޮފިޝަލުންނާވެސް ވަނީ ގުޅުން ކެޑިފައި.
    03:57

    ޖުމްހޫރީ މައިދާނުގައި ތިބި ފުލުހުން ބުނަނީ އާންމު ރައްޔިތުން އެމީހުން ކައިރިއަށް މިވަގުތު ނައުމަށް ވަރަށް ބޮޑަށް އެދޭ ކަމަށް.
    03:57

    އައްޑޫ ކަލްޗްރަލް ސެންޓަރުގައިވެސް ހުޅު ޖަހައިފިކަމަށް މައުލޫމާތު ލިބޭ.
    03:54

    އެމްއެމްއޭ ސަރަހައްދަށް ގަރުނަގޭސް ޖެހުމުން ނޭވާއަށް އުދަގޫވި ދެމީހަކު އާންމުން ހޮސްޕިޓަލަށް ގެންގޮސްފި. އެކަކީ އަންހެނެއް.
    03:51

    ކަޅުތުއްކަލާ ކޮށިން ފުލުހުންނާ ގުޅެން ބައެއް ސިފައިން އަންނަން އުޅެން ފެށުމުން ކަޅުތުއްކަލާ ކޮށިން އެއްވެސް މީހަކަށް ނުނިކުމެވޭ ގޮތައް ބަންދުކޮށްފައިވާ ކަމަށް އެ މަރުކަޒުގެ ތެރޭގަިއ ތިބި ބައެއް ސިފައިން ބުނަން ފަށައިފި. އެމީހުން ބުނަނީ ސިފައިންގެ ހިޔާލުވެސް ދެކަފި ވެފައިވާކަމަށް.
    03:46އެމްއެމްއޭ ކައިރިން

    އެމްއެމްއޭ ސަރަހައްދުގައި ކުރާ މުޒާހަރާ ރޫޅާލައި ތިން މީހަކު ސިފައިން ހައްޔަރުކޮށްފި.
    03:45

    ޖުމްހޫރީ މައިދާނުގައި ތިބި ފުލުހުން އެތަނުން ފައްސާލުމަށް ރަބަރު އުންޑަ ޖަހަން ސިފައިންނަށް އޯޑަރު ދީފިކަމުގެ ހަބަރުތައް ފެތުރެން ފަށައިފި. އޮށޯވެ ތިބި ފުލުހުންވެސް ވަނީ އެލާޓުގައި.
    03:43

    އެމްއެމްއޭ ސަރަހައްދަށް އެއްވެފައިވާ މީހުންގެ ތެރެއަށް ސިފައިން ޓިއަގޭސް ޖަހައިފި.
    03:35

    ވީޓީވީއަށް ދެވުނު ހަމަލާއަކީ މިނިވަން ނޫސްވެރިކަމާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ދިން އުދުވާނެއް ކަމަށް ވިދާޅުވެ އެކަން ހިންގި ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމަށް މޯލްޑިވްސް ބްރޮޑް ކާސްޓިން ކޮމިޝަނުން ގޮވާލައިފި.
    03:33

    ސިފައިން ޗާންދަނީ މަގުގައިތިބި މުޒާހަރައިގެ ބައިވެރިން ދުރަށް ޖައްސަނީ
    ރައީސް މައުމޫންރައީސް މައުމޫން (ވީޓީވީގައި)

    ކުރީގެ ރައީސް މައުމޫން ވީޓީވީއަށް ދެއްވި އިންޓަވިއު: މީހުންގެ މުދަލަށާއި އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުން ލިބޭފަދަ އެއްވެސް ކަމެއް އެއްވެސް ރައްޔިތަކު ނުކުރުމަށް ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމު ދިވެރހިރައްޔިތުންނަށް އިލްތިމާސްކުރައް ވައިފިއެވެ. ވީޓީވީއަށް ދެއްވި އިންޓަވިއުއެއްގައި މައުމޫން ވަނީ ދިވެހި ހުރިހާ ރައްޔިތުން ގާނުނޫތަކށް ބޯލަބައި އިސްލާމް ދީނުގައި އަންގާވާފައިވާ ގޮތަށް އަމަލުކުރުމަށް ގޮވާލާފައެވެ.
    "ވަކިމީހަކު އިސްތިސްނާ ނުވާގޮތަށް ސަރުކާރުންވެސް ގާނުނޫތަކަށް ބޯލަބަންވީ ސިފައިންނާއި ފުލުހުންވެސް ގާނުނޫތަކަށް ބޯލަބަންވީ އާއްމުރައްޔިތުންވެސް ޕާޓީތަކުންވެސް އެންމެން އެކުވެގެން މަސައްކަތްކޮށް މިގައުމު މިހާރު ދިމާވެފައިވާ ހާލަތުން ސަލާމަތްވުމަށް މަސައްކަތްކުރައްވަންވީ،" މައުމޫން ވިދާޅުވިއެވެ.
    އެމަނކިފާނު ވިދާޅުވި އެއްވެސްމީހަކު އެއްވެސް ތަނެއްގައި ރޯނުކުރާށޭ، އެއްވެސް މީހަކު އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުން ނުދޭށޭ
    އަދި ވިދާޅުވީ ސަރުކާރުން މިހާރު ހައްޔަރުކޮށްފައިވާ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބުދުﷲ މުހައްމަދުހައްޔަރުކޮށްފައިވަނީ ގާނޫނާއި ހިލާފަށް ކަމަށާއި ވަގުތުން ވަގުތަށް އަބުދުﷲ ގާޒީ ދޫކޮށްލުމަށް މައުމޫން ވަނި ގޮވާލާފައެވެ.

    ވަކިމީހަކު އިސްތިސްނާ ނުވާގޮތަށް ސަރުކާރުންވެސް ގާނުނޫތަކަށް ބޯލަބަންވީ ސިފައިންނާއި ފުލުހުންވެސް ގާނުނޫތަކަށް ބޯލަބަންވީ އާއްމުރައްޔިތުންވެސް ޕާޓީތަކުންވެސް އެންމެން އެކުވެގެން މަސައްކަތްކޮށް މިގައުމު މިހާރު ދިމާވެފައިވާ ހާލަތުން ސަލާމަތްވުމަށް މަސައްކަތްކުރައްވަންވީ

    03:17

    މޮބައިލް ސިގުނަލް ކަނޑާ ވެހިކަލް އޮތީ މުލިއާގޭ ކައިރީގައި. ފުލުހުންގެ ފޯނު ނެޓްވޯކް ކަނޑާލުމަށް ސިފައިން އަމުރުކޮށްފައިވާ ކަމަށް ދަނީ ހަބަރުތައް ފެތުރެމުން
    03:13

    ޖުމްހޫރީ މައިދާނުގައި ފުލުހުން ސަފުތަކަކަށް އެތުރިލައިފި. އެގޮތަށް އަމަލުކުރަނީ މިހާރު ޖުމްހޫރީ މައިދާނުގައި ތިބި ފުލުހުންގެ އަދަދު ގުނުމަށް ކަމަށް އެމީހުން ބުނޭ.
    03:13

    ފުލުހުން ޖުމްހޫރީ މައިދާނުގައި ތިބީ ޣައިރު ގާނޫނީ އަމުރަކަށް ތަބާން ނުވާނެ ކަމަށް ބުނެ. އަދި ބައެއް ފުލުހުން މާލޭ ތެރޭގައި ހިނގާ ހަމަނުޖެހުންތައް ހުއްޓުވަން ނިކުންނަށް މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުންގެ ތެރޭން މައުލޫމާތުދޭ.
    03:12

    މިރޭ މެގަ ޗިޕްއަށް ދިން އަލިފާނުގެ ހަމަލައިގެ ތެރެއިން
    03:12އެމްޑީޕީގެ ހަރުގެއިން

    ޖޭއެސްސީގެ ރައީސް އާދަމް މުހައްމަދު ހައްޔަރު ކުރުމަށް އެމްޑީޕީގެ ހަރުގޭގައި ގޮވާލަމުން އެބަދޭ.
    03:10ޖުމްހޫރީ މައިދާން ކައިރިން

    ޖުމްހޫރީ މައިދާން ބޭރަށް އެއްވެފައިވާ އާންމުން ރައީސް ނަޝީދުގެ އިސްތިއުފާއަށް ގޮވާލަމުން ދަނީ. އަދި ޖުމްހޫރީ މައިދާނުގެ ތެރޭގައި ތިބި ފުލުހުންގެ ފައުޖުތައް ރޫޅާލުމަށް އިތުރު ސިފައިން އަންނަ ކަމުގެ ހަބަރުތައް ލިބޭތީ ފުލުހުން ވަނީ ތައްޔާރީ ހާކަތަށް އައިސްފައި. ފުލުހުން ތިބީ ގޮތް ދޫކުރާ ގޮތަކަށް ނޫން
    ނައިބު ރައީސް

    ނައިބު ރައީސް ވީޓިވީގައި: ޣައިރު ގާނޫނީ އަމުރަކަށް އެއްވެސް ބަޔަކަށް ގެއްލުމެއް ލިބެން އަސްކަރިއްޔާއިން ޖާގަ ނުދިނުމަށް އަޅުގަނޑު ގޮވާލަން. ގައުމުގެ ސަލާމަތް ނަގާލަން ކުރާ އެއްވެސް ކަމަކަށް އެއް ވެސް ފަރާތަކަށް ޖާގަނުދީ ރައްޔިތުންނާއި ރައްއޔިތުންގެ މުދަލާއި ހާއްސަކޮށް ހަބަރުފަތުރާ ވަސީލަތްތަކަށް އެއްވެސް ފަރާތަކުން ގެއްލުން ދިނަނުދިނުމަށް ދިވެހި އަޝްކަރިއްޔާއަށް އަޅުގަނޑު ގޮވާލަން. މިގައުމުގެ މި ހާލަތުން އަރައިގަތުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރާނެކަމުގެ ފުރިހަމަ ޔަގީންކަން ދިވެހިރައްޔިތުންނަށް އަޅުގަނޑު ދެން

    މިރޭ ވީޓީވީއާއި އެހެނިހެން ތަންތަނަށް ދިން ގެއްލުމާއި މެދު އަޅުގަނޑު ވަރަށް ހިތާމަކުރަން. އެފަދަ ގެއްލުންތައްދޭ ފަރާތްތައްއެކަން ނުކުރުށްވެސް އަޅުގަނޑު ގޮވާލަން،

    03:05

    ޖުމްހޫރީ މައިދާން ސަރަހައްދުގައި ތިބި ފުލުހުންގެ އަޑު ގަދަވާން ފަށައިފިކަމަށް އެ ސަރަހައްދުގައި ތިބި މީހުން ބުނޭ. ކޮމެޕެޓް ޔުނީފޯމްގައި ތިބި ބަޔަކު ޖުމްހޫރީ މައިދާނުގައި ތިބި ފުލުހުންނާ ކުރިމަތިލާން އުޅޭ ކަމަށް އެ ސަރަހައްދުން ބުނޭ.
    03:03

    ފުލުހުންގެ ފޯން ލައިންތައް ކަނޑާލަން އުޅޭ ކަމަށް މައުލޫމާތުތަކެއް ވެސް ދަނީ ފެތުރެމުން. ޖުމްހޫރީ މައިދާނުގައި ތިބި ފުލުހުންގެ ފައުޖުތައް ރޫޅައިލަން ސިފައިން މަސައްކަތް ކުރަމުންދާ ކަށް ވެސް ބުނޭ.
    02:57އެމްއެމްއޭ ކައިރިން

    ވަރަށް ގިނަ އާންމުން މިހާރު ވަނީ އެމްއެމްއޭ ކައިރިއަށް އެއްވެފައި. ރަޔަޓް ސިފައިން ވަނީ އާންމުންނަށް ކުރިޔަށް ނުދެވޭނެ ގޮތަށް ސަރަހައްދުގަ ބަންދުކޮށްލާފައި.
    02:56

    މަސްމާރުކޭޓް ސަރަހައްދުގައި ޖަހާފައި ހުރި ފެންސުތައް ނައްޓުވާލައިފި. އެ ސަރަހައްދަށް މީހުން ވަދެގަތީ ފެންސުތައް ކައިރީ ތިބި ސިފައިން ދުރަށް ދިއުމުން. ގާތްގަނޑަކަށް 15 ފޫޓެއްހާތަން ވަނީ ނައްޓުވާލާފައި.
    02:56

    ޑީއާރްޕީގެ އޮފީހުގައި އަލިފާން ރޯކޮށްލަން މަސައްކަތްކޮށްފި.
    02:51ހަރުގެއިން

    އެމްޑީޕީ ބަލި ނުކުރެވޭނެ ކަމަށާއި ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ހުންނެވީ ހެޔޮ ހާލުކޮޅުގައި ކަމަށް ހަރުގެއިން ބުނަމުން އެބަދޭ
    02:46ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު

    ޣައިރު ގާނޫނީ އެއްވެސް އަމުރަކަށް ތަބާނުވުމަށާއި ގާނޫނީއަސާސީ އަށް ޢަމަލު ކުރުމަށް އަޅުގަނޑު ގޮވާލަން. އަޅުގަނޑު މިދަނީ ނައިބު ރައީސްގެ ހައިސިއްޔަތު ކުރަންޖެހޭ ހުރިހާ ކަމެއްް ކުރަމުން.
    02:33

    ފުލުހުން މިހާރުވަނީ ހެލިޕެޑް މެދަށް ޖަމާވެފައިވާ ކަމަށް އެ ސަރަހައްދުގައި ތިބި މީހުން ބުނޭ. އެ ސަރަހައްދު ވަނީ ސިފައިންގެ ބެލުމުގައި ދަށުގައި ކަމައްވެސް ބުނޭ.
    02:27

    އެއްވެސް ފުލުހަކައްވެސް ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދަކަށް މިހާރު ނުވަދެވޭ ކަމަށް ޖުމްހޫރީ މައިދާނުގައި ތިބި ބައެއް ފަރާތްތަކުން ބުނޭ. ޖުމްހޫރީ މައިދާނުގައި ތިބި ފުލުހުން އެކަތި ގަޑެއްގެ ގޮތުގައި ތިބުމަށް ކޮމާންޑް ދެމުން ދާކަމައްވެސް ބުނޭ.
    02:26

    ހުސްނުއް ސުއޫދު، ވީޓީވީގައ: މިހިސާބަށް ކަންކަން ދިޔައީ ސިފައިންނާއި ފުލުހުންނަށް ގާނޫނީ ވާޖިބެއް އަދައެއް ނުކުރެވުމުން. ދެން މިކަން ހައްލު ކުރެވޭނީ އަލުން އަނބުރާ ގާނޫނަށް ރުޖޫއަވެގެން. ހަމަޖެހިފައިވާ ގާނޫނުތަކަށް އަމަލު ނުކުރެވެމުން ވީ ގޮތެއް މިއީ. އަޅުގަނޑު ގޮވާލަނީ މާލޭގަ އާއި ރަށްރަށުގައި ރައްޔިތުންނަށް އަމާން މާަހައުލެއް ގާއުމު ކޮށް ދިނުމަށް
    02:26

    ކޮމިޝަނާ އޮފް ޕޮލިސް ފަސީހު އިސްތިއުފާ ދިން ކަމުގެ އަޑުތަކެއް ފެތުރެން ފަށައިފި. އެކަން ޔަގީނެއް ނޫން.
    02:23

    ޖުމްހޫރީ މައިދާނުގައިި ތިބި ފުލުހުންނަށް ކޮމާންޑް ކުރަނީ ފަރުހާދު ފިކުރީ ކިޔާ ފުލުހުންގެ އެސްއޯ މީހެއް ކަމަށް އެމީހުން ބުނޭ. ފަރުހާދު ބުނާ ކަމަށް އެ ސަރަހައްދުގައި ތިބި ބައެއް މީހުން ބުނަނީ ފަރުހާދާ އެކު 1000 ވަރަކަށް ފުލުހުން ތިބި ކަމަށް.
    02:20

    ވީޓީވީން ބުނަނީ އެތަނުގައި އަލިފާން ޖެހުމަކީ ޓެރަރިސްޓް ހަމަލާއެއް ކަމަށް އެކަމާ ގުޅޭ ގޮތުން ބައިނަލް އަގުވާމީ މުޖުތަމައަށް މައުލޫމާތެއް ފޮނުވުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް
    02:18

    ޖުމްހޫރީ މައިދާން ސަރަހައްދުގައި ތިބި ފުލުހުންނަށް ކޮމާންޑް ކުރަމުންދާ ހައެއްކަ ވަރަކަށް އެސްއޯ މީހުން ހައްޔަރުކުރަން ސިފައިން މަސައްކަތް ކުރަމުންދާކަމަށް ޖުމްހޫރީ މައިދާނުގައި ތިބި މީހުން މައުލޫމާތު ދީފި.
    02:14މެގަޗިޕް ކައިރިން

    އިލްޔާސް ލަބީބުގެ މެގަޗިޕްގައި ދެންމެއަކު އަލިފާން ރޯކޮށްލައިފި. ރޯކޮށްލާފައި ވަނީ ބިއްލޫރިގަނޑު ތަޅާލުމަށްފަހު ޕެޓްރޯލް ބޮމެއް އެއްލައިގެން.
    02:13

    ފުލުހުން ދަނީ ފޯން ނަގައިގެން އެކި މީހުންނާ މުއާމަލާތް ކުރަމުންކަމަށް އެ ސަރަހައްދުން ބުނޭ. ސިފައިން އަދި ތިބީ މަޑުކޮށްލައިގެން. ސިފައިންގެ ހަރަކާތެއް ނެތް.
    02:11

    އިދިކޮޅު މުޒާހަރާތައް ފެށި އެމްއެމްއޭ ސަރަހައްދުގައި ސިޓީ ކައުންސިލުންޖެހި ޓިނު ފެންސް ހަލާކުކޮށްލައިފި
    02:09

    ޖުމްހޫރީ މައިދާނުގައި ތިބި ފުލުހުންނަށް މެގަފޯނަކުން ފުލުހަކު ކޮމާންޑް ކުރަން ފަށައިފި ކަމަށް އެ ސަރަހައްދުގައި ތިބި ބައެއް ފަރާތްތަކުން ބުނޭ. ކޮމާންޑަށް އެންމެން ބުނީ "ޔެސް ސާ". ކޮމާންޑަކީ ކޮބައިކަން ސާފެއްނުވޭ.
    02:06

    ޖުމްހޫރީ މައިދާނުގައި ފުލުހުން ރައީސް ނަޝީދުގެ އިސްތިއުފާއަށް ގޮވަނީ. ހުރިހާ ފުލުހުން ކަހަލަ ގޮތަކަށް މިހާރު ތިބީ ޖުމްހޫރީ މައިދާނުގައި ކަމަށް އެ ސަރަހައްދުގައި ތިބި ބައެއް މީހުން ބުނޭ.
    01:59

    ވީޓީވީގެ ބައެއް މުވައްޒަފުންގެ ގައިގެ ތަންތަން ފިހިފައިވާއިރު ބެއް މީހުންނަށް ވަނީ އަނިޔާވެފައި. ހުރިހާ މުވައްޒަފުން ވަނީ ހާސްކަމުގެ ތެރޭގައި.
    01:56އެމްޑީޕީގެ ހަރުގެއިން

    ވީޓީވީއާ ދިޓީވީއާ ހުއްޓުވަން ދާން ހަރުގޭގައި ގޮވަމުން އެބަދޭ. އަދި އެކްޓިވިސްޓުން ރުޅިގަދަވެ ކައިރީގައި ހުރި ފްލެޓް އަޅާ ކޮށީގެ ދޮރު ވައްޓާލާފައި ވަންނަން ދަނީ މަސައްކަތް ކުރަމުން. އެމީހުން ބުނަނީ އިދިކޮޅު ބަޔަކު އެތަނުގައި އުޅޭ ކަމަށް. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ވެސް ގޮވާލަމުން އެބަދޭ.
    01:55

    ވީޓީވީ ކައިރިއަށް ވަނީ ވަރަށް ގިނަ ބަޔަކު އެއްވެފައި.
    01:55

    ފަނޑިޔާރު މަގުގައި ހުންނަ ލިންޓަލް އިންވެސްޓްމެންޓްގެ ރެޕިއުޓް ފިހާރަ ތަޅާލައިފި
    01:50އިބްރާހިމް ހަލީލް، ވީޓީވީގެ ސީއީއޯ

    ވީޓީވީ ސީއީއޯ ހަލީލް: އަޅުގަނޑުމެން އެއްވެސް އެއްޗެއް އޮޅުވާލާފައެއް ނުގެނެސްދެން،. ވަރަށް ދެރަކޮށްވީ ކަމެއް. މިހާރު ވަނީ ސަލާމާތީ ބާރުތަކުގައި އެދިފައި ހިމާޔާތަށް. މިއީ އަޅުގަނޑުގެ މީޑިޔާގެ ހަޔާތުގައި އައި އެންމެ ހިތާމަވެރި ވަގުތުކޮޅު. މިވަގުތު ހުރިހާ މުވައްޒަފުން ރޮނީ، އެންމެން ތިބީ ހާސް ކަމުގައި. ވަރަށް ގިނަ ތަކެތި ހަލާކުވެއްޖެ. އަޅުގަނޑަށް ވާހަކަ ދައްކަން ދަތި.
    01:49ހަރުގެއިން

    މިރޭ މިހާތަނަށް 50 އަށް ވުރެ ގިނަ ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށާއި މިރޭ ހަރުގެއިން ދާނީ އިންސާފު ގާއިމްކޮށްފައި ކަމަށް އެމްޑީޕީގެ ހަރުގެއިން ބުނެފި.
    01:47

    މިހާރު ވީޓިވީ ސިގުނަ ވަނީ ލިބިފައި، ވީޓވީން ބުނަނީ ބަޔަކު ވީޓީވީގެ ތެރެއަށް ބަޔަކު ވަދެގެން، ސޯފާގައި އަލިފާން ރޯކޮށްލައި ބިއްލޫރިތައް ތަޅާލާފައިވާ ކަމަށް.
    01:43

    ވީޓީވީގައި އަލިފާން ރޯކޮށްލައިފި. ވީޓީވީ ލައިވް ވަނީ ކެނޑިފައި. ހަމައެކަނި އިވެނީ މުވައްޒަފުން އަޑު. ބައެއް މުވައްޒަފުން ރޯ އަޑު ވެސް އިވުނު، އަދި މީހުނަށް ގޮވާ އަޑު ވެސް އިވުނު.
    01:41

    ޖުމްހޫރީ މައިދާން ތެރޭގައި ކުލަ ހެދުމުގައާއި ޔުނީފޯމްގައި 200 ވަރަކަށް ފުލުހުން އެބަަތިއްބި. ފުލުހުންނަށް ފެން ބަހާ ހަނދަމުން ދާކަމަށް ބައެއް މީހުން ބުނޭ. ސިފައިންވެސް ތިބީ މިވަގުތު ޖުމްހޫރީ މައިދާން ސަރަހައްދުގައި މަޑުކޮށްގެން.
    01:37

    އެމްޑީޕީގެ ހަރުގޭގައި ބުނަނީ ގިނަ އަދަދެއްގެ ފުލުހުން މިހާރު ހައްޔަރުކޮށްފައިވާ ކަމަށް
    01:35ޖުމްހޫރީ މައިދާން ސަރަހައްދުން

    ޖުމްހޫރީ މައިދާން ތެރޭގައި ފުލުހުންނާ ސިފައިންނާ ކުރިމަތިލައި ތަޅާފޮޅާ ކަމަށް އެ ބުނޭ. ފުލުހުން ރައީސް ނަޝީދުގެ އިސްތިއުފާއަށް ވެސް ގޮވާލަމުންދާ ކަމަށް ބުނޭ.
    01:31

    އެމްޑީޕީ ހަރުގޭގައި މިހާރު ޖަލްސާއެއް ފަށައިފި. ޕާލަމެންޓް ބައެއް މެމްބަރުން ވާހަކަފުޅު ދައްކަވަމުން ދަނީ.
    01:24ޖުމްހޫރީ މައިދާން ސަރަހައްދުން

    ނޫސްވެރިންވެސް ސިފައިން ވަނީ ފަހާ ދުރަށް ފޮނުވާލާފައި. ފުލުހުން އަދިވެސް އަންނަނީ ޖުމްހޫރީ މައިދާނަށް ޖަމާވަމުން. ފުލުހުންގެ ފައުޖު ޖުމްހޫރީ މައިދާނުގައި ބޮޑު. ސިފަވަނީ މުޒާހަރާ އެއް ކުރަނީހެން. އެކަމަކު ޔަގީނެއް ނޫން.
    01:23

    ރީފްސައިޑް ކުރިމަތީ މުޒާހަރާ ކުރަމުން ދިޔަ މީހުންގެ ތެރެއަށް ސިފައިން ގޭސް ޖަހައިފި.
    01:21

    ޖުމްހޫރީ މައިދާނަށް ފުލުހުން އަންނަނީ އިތުރުވަމުން. ސިފައިން މާސްކް އަޅައި ތައްޔާރީ ހާލަތަކަށް އަތުވެއްޖެ. ސިފައިން ތިބީ ޗާންދަނީ މަގު ރީފްސައިޑް ކަންމަތީގައި.
    01:17

    ޖުމްހޫރީ މައިދާން ފުރާ ފުލުހުން އެ ބަތިބި. އެމީހުން ތިބީ އިށީދެގެންނާއި ކޮޅަށް. ފުލުހުން ވަށައިލައިގެން އަސްކައރިއްޔާގެ ފައުޖުތައް އެބަތިބި. އާންމު ރައްޔިތުންވެސް ރީފްސައިޑް ކުރިމައްޗަށް އެއްވެ ގާނޫނު އަސާސީ ހިމާޔަތް ކުރުމަށް ގޮވަނީ. އެއްވެސް ބަޔަކު ޖުމްހޫރީ މައިދާނަކަށް ނުވައްދާ. ޖުމްހޫރީ މައިދާނު ސަރަަހައްދަށް ހުރިހާ ސިފައިންހެން ވަނީ ނެރެފައި.
    01:13

    އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު ހުސެން ވަހީދުގެ ގެއަށް ވަދެ އެ ގެއަށް ގެއްލުން ދިން ކަމަށް ވެސް ބުނޭ. އޭނާ އިސްތިއުފާ ދެއްވާފައިވާ ކަމަށް ވެސް ބުނޭ. އަދި މާލޭގެ ބައެއް ތަންތަނަށް ގެއްލުން ދެމުންދާ ކަމަށް ވެސް ބުނޭ.
    01:12

    ފުލުހުން އަނެއްކާވެސް އަނެއްކާވެސް އެމްޑީޕީގެ ހަރުގެއަށް ވަދެ ޕެޕާ ސުޕްރޭ ޖަހާފައިވާ ކަމަށް ބުނޭ.
    01:09

    އާންމުންގެ ވަރަށް ގިނަ ބަޔަކު އޯކިޑް މަގާ ޗާންދަނީ މަގުގެ ކަންމައްޗަށް ވަނީ އެއްވެފައި. ސިފައިން މުޅި ސަރަހައްދު ބަންދުކޮށް ޝީލްޑްތައް ހިފައިގެން އެބަތިބި.
    01:07

    ވަރަށް ގިނަ އާންމުން ވެސް ޖުމްހޫރީ މައިދާނަ ދިމާއަށް މިސްރާބު ޖަހައިފައިވާ ކަމަށް ބުނޭ. ސިފައިންގެ މަރުކަޒުތައް ކަމަށްވާ ބަންޑާރަ ކޮށްޓާއި ކަޅުތުއްކަލާ ކޮށިން ސައިރަން އަޅަމުންދާ ކަމަށް ވެސް ބުނޭ.
    01:02

    ހަރުގެ ތެރޭގައި ތިބި އެމްޑީޕީގެ އެކްޓިވިސްޓުންތައް ހަރުގެ ދޫކޮށްލުމަށްފަހު ނުކުމެއްޖެ.
    01:00

    މާލޭގެ އެކި ސަރަހައްދުގައި މިވަގުތު ބަލަހައްޓަމުން ދަނީ ސިފައިން ޖުމްހޫރީ މައިދާން ސަރަހައްދު ވެސް ބަލަހައްޓަމުން ދަނީ ސިފައިން. ވަރަށް ގިނަ އަދަދެއްގެ ފުލުހުން ޖުމްހޫރީ މައިދާނުގައި އެބަތިބި. ނޫސްވެރިން ވެސް އެސަރަހައްދަށް ވަނުމަށް ސިފައިން ވަނީ ހުރަސް އަޅާފައި.
    00:57

    މިރޭގެ މުޒާހަރާ ހޫނުވެ ގާއުކާ މާރާމާރީ ހިންގައިގެން ހަތް މީހަކު އޭޑީކޭގައި އެޑްމިތްކޮށްފައި އެބަތިބި. އޭގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސް.
    00:53

    ފުލުހުން ހަރުގެއަށް ވަދެފައި ދަމުން ބްރޯޑް ކާސްޓިން ކޮމިޝަންގެ ބިއްލޫރިގަނޑު ތަޅައިލި. މިހާރު ހަބަރުތައް ބުނަނީ ފުލުހުން ޖުމްހޫރީ މައިދާނަށް އެއްވަމުންދާ ކަމަށް. އެކަން އަދި މުޅި ސާފެއް ނުވޭ.
    00:48

    އެމްޑީޕީގެ ހަރުގެއަށް ވަދެ ޕެޕާ ސުޕްރޭ ޖަހައި ބައެއް ތަކެތި ހަލާކޮށްލާފައި ވަނީ ފުލުހުން ކަމަށް ބުނަނީ. އަދި އެމްއެންޑީއެފުން އެތަނަށް ވަދެ ފޯރިމަަރަން ފެށީ އޭގެ ފަހުން ކަމަށް ނޫސްވެރިން ބުނޭ. ފުލުހުން ވަދެގަތް އިރު ހަރުގޭގެ ތަންތަން ހަލާކުކޮށް އެތާގައި ތިބި މީހުނަށް ހަމާލާ ދިން ކަމަށް ވެސް ނޫސްވެރިން ބުނޭ
    00:38

    އެމްޑީޕީގެ ހަރުގެ ތެރެއަށް ވަދެފައި ވަނީ ސިފައިން ކަމަށް ބުނޭ. އެތަނުގެ ތެރޭގައި ހުރި ބައެއް ތަކެތި ހަލާކުކޮށްލާފައިވާ ކަމަށް ވެސް ބުނޭ
    00:35

    ފުލުހުންގެ ބަޔަކު އެމްޑީޕީގެ ހަރުގެ ތެރެއަށް ވަން ކަމަށް އެބަ ބުނޭ. ހަރުގެ ތެރެއަށް ޕެޕާ ސުޕްރޭ ޖަހައި މީހުން ނެރެމުންދާ ކަމަށް ވެސް ވީޓީވީގައި ބުނޭ.
    00:33

    ފަހުން މުޒާހަރާގެ ތެރެއަށް ވަން ފުލުހުންނަކީ އެއްވެސް ކޮމާންޑަކާ ނުލައި އަމިއްލައަށް ދިޔަ ފުލުހުން ކަމަށް ވޭ. އެމީހުން ވަނީ ސިފައިނާ ކުރިމަތިލާ ޒުވާބު ވެސް ކޮށްފައި. ފުލުހުންނާއި ސިފައިންނާ ދެމެދު ވަރަށް ބޮޑަށް ހިޔާލު ތަފާތުވެފައިވާ ކަމަށް ބުނޭ
    00:31

    ޕީޕީއެމްގެ ސައުދު، ވީޓީވީގައި: ސަލާމަތީ ބާރުތަކުގެ ތެރޭގައި ވަރަށް ބޮޑެތި ހަމަނުޖެހުންތަކެއް ދަނީ ހިނގަމުން. އަޅުގަނޑުމެނަށް މައުލޫމާތު ލިބެނީ ސިފައިން ނުކުމެ ބައެއް ފުލުހުން ހައްޔަރު ކުރާ ކަމަށް. އަދި ފުލުހުން ގޮސް އެމްޑީޕީގެވ ހަރުގެ ރޫޅާލަން އުޅޭ ކަމަށް.
    00:28

    ތަސްމީން އަމީ، ވީޓީވީގައި: މިރޭ ފެނުނީ ވަރަށް ހިތާމެވެރި އަމަލެއް. އެމްޑީޕީން ކުރިކަންތަކާއެކު ފުލުހުން މާހައުލު ބަލަހަޓަމުން ދަނިކޮށް ފޮނުވާލައި ސިފައިން ވަދެ އެމްޑީޕީއަށް ގާއުކާއި ހަމަނުޖެހުން ހިންގުމުގެ ފުރުސަތު ދިނީ. މިއީ ކިހިނެއް ރޭވިގެން ހިނގާ ކަމެއް ކަން އޮޅިފައެއް ނޯންނާނެ. މިކަން މިކުރަނީ ބިރު ދައްކާ ގޯނާ ކޮށް ސަރުކާރަށް ފާޑިކުޔުން ހުއްޓުވާލުން. އެ ބިރުތަކަށް އަޅުގަނޑުމެން ޖެހޭނީ އިސް އުފުލަން ކަރުނޑަލިޔަސް ގައުމަށްޓަކައި ދީނަށް ޓަކައި ސާބިތުވެ ތިބެން ޖެހޭނެ. އެހެންނޫނީ އަންނަން އޮތް ޖީލުތަކަށްޓަކައި އިހުމާލު ވެވުނީ.
    00:18

    ފުލުހުން އެ ސަރަހައްދުން ދުރަށް މީހުން ފޮނުވަމުން ދާއިރު އިދިކޮޅު ފަރާތްތައް ވަނީ މުޒާހަރާ ނިންމާލިކަން އިއުލާންކޮށްފައި.
    00:14

    ބައެއް ނޫސްވެރިން ބުނަނީ ފުލުހުން މިހާރު މަސައްކަތް ކުރަނީ އެއްވެސް އޯޑަރަކާ ނުލައި ކަމަށް. މިހާރު ނުކުމެ މިތިބީ ކޮށްގްން ތިބި ހުވަޔާއެއް ގޮތަށް އަމަލު ކުރުމަށް ކަމަށް.
    00:10

    އަނެއްކާ ވެސް ފުލުހުން ވަނީ މުޒާހަރާގެ ތެރެއަށް ގޮސްފައި. ފުލުހުން އިންޒާރު ދެމުން ދަނީ އެ ސަރަހައްދު ދޫކޮށް މިހާރު މިހާރަށް އެންމެން ދިއުމަށް
    00:06އުމަރު ނަސީރު

    އުމަރު ނަސީރު (ވީޓީވީގައި): މައިގަނޑު ގޮތުގައި އެމްޑީޕީއަކީ ގޯސް ޕާޓީއެއް ނޫން. ގޯސް މީހަކީ ވެރިޔަކަށް ހުރި ނަޝީދު. ދެވަނަ ފުރުސަތު މީހުން މިރޭ ނެރެފައި ވަނީ. މީހެއްގެ ގައިގައި ކަޓަރު އެޅި ހަބަރު ވެސް ވަނީ ލިބިފައި. މާދަމާ ރޭވެސް 9:30 ގައި މުޒާހަރާ އޮންނާނެ.
    00:04

    ވީޓީވީގައި ވާހަކަފުޅު ދައްކަވަމުން އުމަރު ނަސީރު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ ސްޓޭޓް އޮފް އިމެޖެންސީ ހިންގަން ކަމަށާއި މާދަމާ ނޫނީ އަނެއް ދުވަހު އެކަން ކުރާނެ ކަމަށް ވީޓީވީގައި ގާސިމް ވެސް ވާހަކަ ދައްކަވައިފި އޭނާ ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފި ނަމަ އެއީ ވަރަށް ބޮޑު ހިތާމައެއް ކަމަށް.
    23:59

    ގާއުކުމަށްޓަކައި ސްޓޭޖުގެ ބައެއް ހަލާކުކޮށްލާފައިވާއިރު ސަރަހައްދުގެ ބައެއް ގޭގެއެއަށާއި މީހުންނާ ވަނީ ވަނީ ބޮޑެތި ގެއްލުން ވެފައި. ސިފައިން މިވަގުތު ހަރަކާތްތެރިވަމުން ދިޔަ ނަމަވެސް އަދިވެސް ގާއުކަމުން އެބަދޭ
    23:56

    އިދިކޮޅު މުޒާހަރާގެ ތެރެއަށް ގާއުކަމުންދާ އެމްޑީޕީގެ މުޒާހަރާގެ ތެރެއަށް ސިފައިން ވަދެގެންފި، އަދިވެސް އެކި ދިމަ ދިމާއިން ގާއުކަމުން އެބަދޭ.
    23:55

    އެނބުރި ދުރަށްދިޔަ ސިފައިން މިހާރު އަތުވެއްޖެ
    23:52

    ދެކޮޅުން ވެސް އެކި ދިމަ ދިމާއިން ގާ އުކަމުން ދަނީ. މިހާރު އެ ސަރަހައްދުގައި ސިފައިން ވެސް ނެތް ކަމަށް ބައެއް ނޫސްވެރިން އެބަބުނޭ.
    23:50

    ސިފައިން އަދިވެސް މަޑުމަޑުން ތިބީ. ވަރަށް ގިނަ ބަޔަކު ވަނީ މިހާރު ޒަހަމވެފައި. ބައެއް މީހުން ހޮސްޕިޓަލަށް ވެސް ގެންގޮސްފި.
    23:48

    ހަވީރުގެ ނޫސްވެރިއެއްގެ ބޯ ދެންމެ ފަޅައިގެން ގޮސްފައިވާ ކަމަށް ބުނޭ. ދެ ފަރާތުން ގާއުކަމުންދާއިރު ބައެއް މިހުންނަށް މިހާރު ވެސް ވަނީ އަނިޔާވެފައި.
    23:46

    ގަލާއި ފެންފުޅިތައް އުކަމުން އެބަދޭ، ސިފައިން އަދިވެސް މުޒާހާރާ ކޮންޓްރޯލް ކުރާކަށެއް ނޫޅޭ. ދެ ފަރަރާތުން ވެސް ގާ އުކަމުން ދަނީ.
    23:44

    މުޒާހަރާ ކޮންޓްރޯލްކޮށް އަމާން ބެލެހެއްޓުމަށް ސިފައިން މާ ބޮޑު ކަމެއް ކުރަމުންދާތަނެއް ނުފެނޭ. މުޒާހަރާ ވަނީ ވަރަށް ބޮޑަށް ހޫނުވެފައި.
    23:40

    މިހާރު އެމްޑީޕީގެ މުޒާހަރާ އާޓިފިޝަލް ބީޗުގެ މެދަށް ޖެހިއްޖެ. ފެންނަ ފެނުމަށް ހަމަނުޖެހުންތަކެއް ހިނގުން ވަރަށް ކައިރި ކަމަށް ފެންނަ ކަމަށް ބައެއް ނޫސްވެރިން ބުނޭ.
    23:38

    ފުލުހުން އެކޮށް ސަރަހައްދު ދޫކޮށް ހިނގައްޖެ، މުޅި ސަރަހައްދު މިހާރު އޮތީ ސިފައިންގެ ބެލުމުގެ ދަށުގައި. އަދިވެސް އިތުރު ސިފައިންގެ ލޯރިއެއް ކައިރި ކުރަމުން އެބަދޭ. ބައެއް ނޫސްވެރިން ބުނާ ގޮތުގައި ސިފައިން މުޒާހަރާގެ ތެރެއަށް ވަދެފައި ވަނީ ފުލުހުންނަށް މުޒާހަޜާ ކޮންޓްރޯލް ނުކުރެވިގެން ނޫން ކަމަށް.
    23:36

    ފުލުހުން މުޅި ސަރަހައްދު ވަށައިލުމާއެކު ހުރިހާ ރަޔަޓް ފުލުހުން ނުކުމެއްޖެ މުޒާހަރާގެ ހަރަކާތްތަކަށްވުރެ ފުލުހުންގެ ހަރަކާތްތައްކަށް މީހުންގެ ސަމާލުކަން ވަނީ ހުއްޓިފައި
    23:30

    މުޒާހަރާގެ ތެރެއަށް ސިފައިން ގޮސްފި، ސިފައިންގެ ފައުޖު މިވަގުތު ތައްޔާރީ ހާލަތަކަށް އައުމަށް ކުރަން ޖެހޭ ކަންކަން ކުރަމުން ދަނީ ޕީއޭ އޮފީސް ކައިރީގައި. ފުލުހުން އަދިވެސް މުޒާހަޜާގެ މެދުގައި މަޑުކޮށްލައިގެން އެބަތިބި.
    23:26

    މުޒާހަރާގެ ތެރޭގައި ތިބި ފުލުހުންގެ ކޮމާންޑްތަކުގެ ތެރޭގައި ހިޔާލުތަފާތުވުންތަކެއް އުޅޭ ކަމަށް ވަނީ މައުލޫމާތު ލިބިފައި. ބައެއް ފަރާތަކުން ބުނަނީ ފުލުހުންގެ އޮފިސަރު ލޭޑީ އިބްރާހިމް މަނިކު ވަޑައިގެން އެތަނުން ފުލުހުން ދިއުމަށް އެންގުމުން ފުލުހުން އެކަމަށް އިންކާރު ކުރުމުން ހަމަނުޖެހުންތަކެއް އުފެދުނީ ކަމަށް. ބައެއް މީހުން ބުނަނީ އެ ސަރަހައްދަށް ސިފައިން އަންނަން އުޅޭ ކަމަށް.
    23:24

    އެމްޑީޕީގެ ހަރުގޭގެ ޖަލްސާ މެދު ކަނޑާލުމަށްފަހު، ހަރުގޭގައި ތިބި އެންމެން މިހާރު އާޓިފިޝަލް ބީޗަށް ވަދެ އެމްޑީޕީގެ މުޒާހަރާއާ ގުޅިއްޖެ.
    22:57އާޓިފިޝަލް ބީޗުން

    ގާސިމް އިބްރާހިމް މުޒާހަރާއާ ގުޅި ވަޑައިގެން ވާހަކަފުޅު ދައްކަވައިފި. ގާސިމް ވިދާޅުވީ 17 ފެބުރުއަރީގައި އެމްޑީޕީން ބާއްވާން އުޅޭ މުޒާހަރާއަކީ ބައިނަލް އަގުވާމީ މުޖުތަމައަށް ކަންކަން އޮޅުވާލުމަށް ބާއްވާ މަކަރުވެރު ކެހިވެރި އެއްވުމެއް ކަމަށާއި ރާއްޖޭގެ އެއްވެސް ބަޔަކު އެކަމުގައި ބައިވެރި ނުވުމަށް. އަދި ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކުރާ މުޒާހަރާތަކަކީ ބޮޑުވެެގެންވާ ޖިހާދެއް ކަމަށާއި ގާނޫނީ އިމުގެ ތެރޭގައި ތިބެ އެ ޖިހާދުގައި ބައިވެރިވެ ހުއްޓާ ނުލައި ކުރިޔަށް ދިއުމަށް
    22:29ރޮޒައިނާ އާދަމް، މުޒާހަރާގައި:

    ދުއާއަށް ފަހު މިހާރު މުޒާހަރާގައި ވާހަކަ ދައްކަވަނީ ރޮޒައިނާ އާދަމް. އޭނާ ވިދާޅުވީ ފުވައްމުލަކާއި ނ. ވެލިދޫއާއި އައްޑު އަތޮޅުގައި އިއްތިހާދުގެ މުޒާހަރާތައް ކުރިޔަށްދާ ކަމަށް. ރައީސް ނަޝީދު ވެސް މިހާރު ވަނީ އޭނާ ކުރި ކުށަށް މިއަދު އެއްބަސްވެފައި ބޭރުގެ މިޑިޔާގައި ރައީސް މިއަދު ވިދާޅުވެފައި އެބައޮތް އަބްދުﷲ ގާޒީ މައްސަލައިގައި ތިމަންމަނިކުފާނު ކުރެއްވި ކަންކަމަށް އުޒުރެއް ދެއްކެވެން ނެތް ކަމަށް. އެމަނިކުފާނު އެއީ މިހާރު ރައީސްލް ޖުމްހޫރިއްޔާއަކަށް ނުވާނެ. ގައުމީ ސަލާމަތަށް ހުރި އެންމެ ބޮޑު ބިރަކީ ރައީސް ނަޝީދު. ސިފައިން ހައްޔަރު ކުރަން ޖެހެނީ ރައީސް ނަޝީދާއި ހޯމް މިނިސްޓަރު އަފީފާއި ޑިފެންސް މިނިސްޓަރު ތޮލްހަތު، ރައީސް ވަނީ އެމަނިކުފާނަކީ ރައީސްކަން ކުރެއްވޭވަރުގެ ގާބިލު ބޭފުޅެއް ނޫކަން ސާބިތު ކޮށްދެއްވާފައި
    22:28

    މުޒާހަރާގައި މިވަގުތު ހާއްސަ ދުއާއެއް ކުރަނީ. އިސްވެ ދުއާ ވިދާޅުވަނީ ޝައިހު އިމްރާން އަބްދުﷲ
    22:17އަދާލަތު ޕާޓީގެ ރައީސް، އިމްރާން އަބްދުﷲ

    އިމްރާން މުޒާހަރާގައި: އާދަލަތުގެ ގައުމީ މަޖިލީހުގެ ބައްދަލުވުމަށްކަށް ފަހު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ބައިއަތު ހިފަން އެ މަޖިލީހުގެ އިއްތިފާގުން ވަނީ ފާސްކޮށްފައި. އެ ގޮތަށް ކުރީ ރައީސް ނަޝީދަކީ ވެރިކަން ކުރުމަށް ގާބިލު ބޭފުޅެއް ނޫން ކަމަށް ފެންނާތީ.
    22:16

    ދެފަރާތުގެ މުޒާހަރާ ހިނގަމުންދާއިރު ފުލުހުން މަސައްކަތް ކުރަމުން ދަނީ މުޒާހަރާ ކަވަރު ކުރަމުންދާ ނޫސްވެރިންނާއި ފޮޓޯ ގްރާފަރުން ވެސް ފަހަތަށް ޖެއްސުމަށް
    22:03

    އިދިކޮޅު މުޒާހަރާގައި އިސްކޮށް މިވަގުތު ތިބީ މަޖިލިސް މެންބަރު އަހުމަދު އިލްހާމާއި ޕީޕީއެމްގެ މާޒް އަހުމަދު ސަލީމާއި އަހުމަދު ސިއްދީގު، އަދި ޑީއާރްޕީގެ މިޑިއާ ކޯޑިނޭޓާރު އަލީ ސޯލިހު
    21:56

    މުޒާހަރާ ހިނގާއިރު އިދިކޮޅު ފަރާތްތަކުގެ ލައުޑް ސުޕީކަރުތައް ބަހައްޓާފައިވާ ޑީއާރްޕީގެ އޮފީހަށް ފުލުހުން ވަނީ ވަންނަން މަސައްކަތްކޮށްފައި. ބައެއް ނޫސްވެރިން ބުނަނީ ފުލުހުންނަށް އެތަނަށް ވަނުމުގެ ފުރުސަތު ޑީއާރްޕީން ދީފައި ނުވާ ކަމަށް.