11 Jul 2010, 10:22
14:30
ގެއްލިގެން އުޅޭ ސައިކަލެއްގައި ދިޔަ ދެ މީހަކު މަސްތުވާތަކެއްޗާ އެކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އުމުރުން 24 އަހަރާއި 26 އަހަރުގެ އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ސައިކަލެއް ހޯދަމުން ދަނިކޮށް އިއްޔެ މެންދުރު އަމީނީމަގު ސިނަމާލެ ފްލެޓް ކައިރިން އެ ދެ މީހުން ސައިކަލު ދުއްވާފައި ދަނިކޮށް ކަމަށެވެ. އަދި އެ ދެ މީހުން ހުއްޓުވާ ހަށިގަނޑު ބަލާ ފާސްކުރި ކުރުމުން އެތަނުން އެކެއްގެ އަތުން މަސްތުވާ ތަކެތި ކަމަށް ތުހުމަތު ކުރެވޭ 10 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.