ގާތް އެކުވެރިންނާއެކު ބޮލީވުޑްގެ ޒުވާން ބަތަލާ ޖާންވީ ކަޕޫރު ރާއްޖެ އަތުވެއްޖެ އެވެ.

ބަތަލާ އިއްޔެ ރާއްޖެ އައިއިރު އޭނާ ޗުއްޓީ ހޭދަކުރާ ވެސްޓިން މޯލްޑިވްސް މިރިއަންދޫ ރިސޯޓްގައެވެ. ކޮއްކޮ ޚުޝީ ކަޕޫރު ގާތަށް ޔޫއެސް އަށް ދިޔުމަށް ފަހު ޖާންވީ ރާއްޖެ އައީ އިއްޔެގެ ވަގުތެއްގައެވެ. ރާއްޖޭގައި ނަގާފައިވާ ފޮޓޯތައް އިންސްޓަގްރާމްގައި ހިއްސާކުރަމުން އޭނާ ބުނީ ރާއްޖެ އާދެވުނީތީ ވަރަށް އުފާވާ ކަމަށެވެ.

ޖާންވީ އަކީ ލެޖެންޑަރީ ތަރި ސްރީދޭވީ އާއި ޕްރޮޑިއުސަރު ބޯނީ ކަޕޫރުގެ ދަރިފުޅެވެ. ޖާންވީ ބޮލީވުޑަށް ތައާރަފްވީ 2018 ވަނަ އަހަރު ޝާހިދު ކަޕޫރުގެ ކޮއްކޮ އިޝާން ޚައްތުރާ އާއެކު ފިލްމު "ދަޅަކް" އިންނެވެ.

އޭނާ އެންމެ ފަހުން ފެނިގެންދިޔައީ ވަރުން ޝަރުމާ އާއި ރާޖްކުމާރު ރާއޯ އާއެކު ކުޅުނު ހޮރޯ ކޮމެޑީ "ރޫހީ" އިންނެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ދޯސްތާނާ" އާއި "ތަޚުތު" ހިމެނެއެވެ. އޭނާ އަކީ މިވަގުތު ބޮލީވުޑްގައި ތިބި އެންމެ ޒުވާން ތަރިންގެ ތެރޭގައި ހިމެނޭ އެކްޓަރެކެވެ.