08 Apr 2021, 21:21
ކޮވިޑް19 އާ ގުޅިގެން ކަރަންޓީނުކޮށްފައި ނުވަތަ އެކަހެރިކޮށްފައި ތިބި މީހުން، ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލާން ދިއުމުގެ ހުއްދަ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދީފި އެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ގެޒެޓް ކުރި އެންގުމުގައި ބުނެފައި ވަނީ އިންތިހާބު އޮންނަ ދުވަހު، ކަރަންޓީނުގައި ތިބޭ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ވަގުތުގައި، އެޗްޕީއޭގެ އުސޫލާ އެއްގޮތަށް، ހާއްސަ ފިޔަވަޅުތަކަކާއެކު ވޯޓުލާން ދިއުމުގެ ހުއްދަ ދީފައިވާ ކަަމަށެވެ.
އެ ފިޔަވަޅުތަކަކީ:
އީސީން ކަނޑައަޅާ ގޮތެއްގެ މަތިން ވޯޓުލާ މަރުކަޒަށް ދިއުން
- ހުރިހާ ވަގުތެއްގައި މާސްކް އަޅައި، ތިން ފޫޓުގެ ގައިދުރުމިން ބެހެއްޓުން
- ސެނިޓައިޒާ ބޭނުންކޮށްގެން އަތް ސާފުކުރުން
- ޕަބްލިކް ޓްރާންސްޕޯޓު (ބަސް، ފެރީ، ޓެކްސީ) ބޭނުން ނުކުރުން
- ވޯޓުލާން ދިއުމާ އެނބުރި ގެއަށް އައުމާ ދެމެދު އިތުރު މީހުންނާ ބައްދަލު ނުކުރުން
- ވޯޓުލުމަށްފަހު، ކަރަންޓީނު ނުވަތަ އެކަހެރި ކުރެވިފައި ހުރި ތަނަށް ވަގުތުން އަނބުރާ ދިއުން
މީގެކުރިން އިލެކްޝަންސް ކޮމިޝަނުން ވަނީ
ކޮވިޑް19 އާއި ގުޅިގެން އައިސޮލޭޝަނުގައި ތިބޭ މީހުންނާއި ކަރަންޓީނުގައި ތިބޭ މީހުން ވޯޓުލުމުގައި އަމަލު ކުރާނެ އާންމުކޮށްފަ އެވެ.
އެ އުސޫލުގައި ބުނެފައި ވަނީ ކަރަންޓީނުގައި އަދި އައިސޮލޭޝަނުގައި ތިބޭ މީހުން ވޯޓު ލާން ދިޔުމަށް ހުއްދަ ހޯދައި ވޯޓުލާ މަރުކަޒަށް ދިޔުމަކީ އެމީހެއްގެ އަމިއްލަ ޒިންމާއެއް ކަމަށެވެ.
އެޗްޕީއޭ އިން ވަނީ ކައުންސިލް އިންތިހާބުގައި ވޯޓުލުމަށް، ކަރަންޓީނާ ނުލާ ރަށްރަށަށް ދެވޭގޮތަށް ވެސް ހުއްދަ ދީފަ އެވެ.