08 Apr 2021, 14:19
މާފަންނު މުއިވެޔޮ މަގު ބަންދުކޮށްގެން އޮޕަރޭޝަނެއް ހިންގީ ހަތިޔާރު ގެންގުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށާއި، އެހެން ނަމަވެސް ގޭގައި އޮތީ ކުޅޭކުޅޭ ބަޑިއެއް ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.
ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވީ އެ މަގުގައި ހުރި ގެއެއްގެ ތެރޭގަ އެވެ.
އެމްއެންޑީއެފް އިން ބުނީ އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ފުލުހުން ކަމަށާއި، ސިފައިން އެ އޮޕަރޭޝަންގައި އެހީތެރިކަން ފޯރުކޮށްދިން ކަމަށެވެ.

މުއިވެޔޮ މަގުގައި ހުރި ގެއިން ފުލުހުން ނުކުންނަނީ -- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް
"މި އޮޕަރޭޝަނަކީ ގެއެއްގައި ހަތިޔާރު ހުރި ކަމަށް ރިޕޯޓެއް ލިބިގެން ހިންގި އޮޕަރޭޝަނެއް. އެމްއެންޑީއެފް އިން ޗެކް ކުރި އިރު އެ ހަތިޔާރަކީ ޓޯއީ ގަން އެއް،" އޮފިޝަލް ވިދާޅުވި އެވެ.
މިހާރު ވަނީ އެ އޮޕަރޭޝަން ނިންމާލައިފަ އެވެ.