މިއަދު 145 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެއިން ޕޮޒިޓިވްވި 85 މީހުންނާއި، މީހުން ދިރިއުޅޭ އެހެން ރަށްރަށުން 39 މީހުންނާއި، ހިންގަމުންދާ ރިޒޯޓުތަކުން 19 މީހުންނާއި، އިންޑަސްޓްރިއަލް ރަށްރަށުން ދެ މީހުންނެވެ.

މިއާއެކު، ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 25،053 އަށް އަރައިފަ އެވެ.

އެޗްޕީއޭގެ ހިސާބުތަކަށް ބަލާއިރު ރާއްޖޭގައި މިވަގުތު ކޮވިޑަށް ފަރުވާ ހޯދަމުންދަނީ 3،079 މީހުންނެވެ. އެގެ ތެރެއިން 73 މީހަކަށް ފަަރުވާދެމުން ދަނީ ހޮސްޕިޓަލުގަ އެވެ.

ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ 21،898އަށް އަރާފައިވާއިރު މިދިޔަ 24 ގަޑިއިރު ތެރޭގައި 125 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

މިހާތަނަށް ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވެފައި ވަނީ 67 މީހުންނެވެ.