މާލޭގައި ރޭ ސައިކަލެއްގައި ރޭ ރޯކޮށްލައި އަންދާލައިފި އެވެ.

ދަނބުރުމަގުގައި ޕާކް ކޮށްފައި ހުރި ބަޖާޖު ބްރޭންޑުގެ ސައިކަލްގައި ރޯކޮށްލުމުން ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާއިރު ކައިރީގައި ހުރި އިމާރާތައް ވެސް ދުމުގެ އަސަރުކޮށް ގެއްލުންތައް ލިބިފައި ވެއެވެ. ރޯކޮށްލި ސައިކަލް ހުރި ސަރަހައްދުގައި ދިރިއުޅޭ ބައެއް މީހުން ބުނީ އެ ސައިކަލުގައި ރޯކޮށްލާފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ.

ރޯކޮށްލި ސައިކަލުގެ ވެރި ފަރާތުގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

ފުލުސް މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައެއް ރޭ ދަންވަރު 3:40 ހުގައި ޕޮލިހަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށެވެ. މާލެތެރޭގައި ހިންގާ ސިލްސިލާ މުޒާހަރާތަކެއް ފަށާފައިވާއިރު ގިނަ ތަންތަނަށާއި ތަކެއްޗަށް ކޮންމެ ރެއަކު ވެސް ދަނީ ގެއްލުން ތަކެއް ދެމުންނެވެ.