06 Apr 2021, 09:27
ހުއްޓުމެއްނެތި ފިލްމުތަކުގެ ޝޫޓިން ކުރިއަށް ގެންދިޔަ ބޮލީވުޑްގެ ކުޅަދާނަ އެކްޓަރުން ކަމަށްވާ ބޫމީ ޕެޑްނޭކަރު އަދި ވިކީ ކޯޝަލް ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ.
ކޮވިޑަށް ޕޮޒިޓިވްވިކަން ހާމަކުރަމުން ބަތަލާ ބޫމީ އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ އޭނާ ކޮވިޑަށް ޕޮޒިޓިވްވެ އައިސޮލޭޓްވި ކަމަށެވެ. އަދި ފާއިތުވެދިޔަދުވަސްތަކުގައި އޭނާ އާ ބައްދަލުވި އެންމެންވެސް ކޮވިޑަށް ޓެސްޓުކުރުމަށް އެދޭ ކަމަށެވެ. ބޫމީ ބުނީ ޑަކްޓަރުންގެ ލަފައާއެކު ކަންތައްތައް ކުރަމުން އަންނަ ކަމަށާއި ކޮވިޑްބައްޔަކީ ސީރިއަސް ބައްޔެއްކަމަށް ދެކިގެން ހެދިފައިވާ ގަވާއިދުތަކަށް އަމަލުކުރަން ޖެހޭނެ ކަމަށެވެ.
މިސްޓާ ލޭލޭ ގެ ޝޫޓިންގެ ތެރެެއިން ބޫމީ އާ ވިކީ އަށް ކޮވިޑް ޖެހުނުއިރު ވިކީ ބުނީ މި ވަގުތު ހޯމް ކަރަންޓީނުގައި ހުރި ކަމަށާއި ހާލު ރަނގަޅު ކަމަށެވެ. އަދި ކޮވިޑްގެ މާ ބޮޑުއަލާމާތްތަކެއް ފެންނަން ނެތް ކަމަށް ވިކީ ބުންޏެވެ.
ބޫމީ އާ ވިކީ ޕޮޒިޓިވްވިއިރު އެކްޓަރު އަކްޝޭ ކުމާރު ވަނީ މިދިޔަ އާދިއްތަ ދުވަހު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި އާލިއާ ބަޓް، ގޯވިންދާ އަދި އާމިރު ޚާނަށް ވެސް އަންނަނީ ކޮވިޑްޖެހިގެން ފަރުވާކުރަމުންނެވެ.
ބަތަލާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ‘ބަދާއީ ދޯ’ އަދި ‘ތަޚްތު’ ހިމެނެއެވެ. އޭނާ އެންމެ ފަހުން ފެނިގެންދިޔައީ ހޮރޯ ތްރިލާ ފިލްމު ‘ދުރްގާމަތީ’ އިންނެވެ. މިތެދަރިން ކޮވިޑަށް ޕޮޒިޓިވްވިއިރު އެކްޓަރު ކާތިކް އާރްޔަން ވަނީ ކޮވިޑުން ރަނގަޅުވެއްޖެ ކަމަށް ބުނެފައެވެ.