ރާއްޖެއިން އިތުރު 125 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މިއަދު ޕޮޒިޓިވްވި މީހުން ގެތޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 64 މީހުންނާއި ރަށްރަށުން ޕޮޒިތިވްވި 46 މީހުން، ރިސޯޓުތަކުން ޕޮޒިޓިވްވި 14 މީހުން އަދި އިންޑަސްޓްރިއަލް ރަށްރަށުން ޕޮޒިޓިވްވި އެކަކު އެވެ.

އެޗްޕީއޭގެ ހިސާބުތަކަށް ބަލާއިރު ރާއްޖޭގައި މިވަގުތު ކޮވިޑަށް ފަރުވާ ހޯދަމުންދަނީ 3،059 މީހުންނެވެ. އެގެ ތެރެއިން 90 މީހަކު ތިބީ ހޮސްޕިޓަލުގައެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 24،908 އަށް އަރައިފަ އެވެ.

ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ 21،773 އަށް އަރާއިރު މިދިޔަ 24 ގަޑިއިރު ތެރޭ 127 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

ކޮވިޑު ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ އަދަދު 67 އަށް އަރައެވެ.