05 Apr 2021, 20:18
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖައްސަވައިފިއެވެ.
ރައީސް ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޝީލްޑް ވެކސިންގެ ދެވަނަ ޑޯޒް ޖައްސަވާފައިވާ ކަމަށާއި، ކޮވިޝީލްޑް ވެކްސިން ޖެހި މީހުންގެ ތެރެއިން ފުރަތމަ ޑޯޒް ޖެހިތާ އަށް ހަފްތާ ވެފައިވާ މީހުން ވީހާވެސް އަވަހަށް ވެކްސިން ޖެހުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
ރާއްޖޭގައި ކޮވިޝީލްޑް ވެކްސިން ދޭންފެށީ މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު އެވެ.
ރައީސް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ނުޖަހާތިބި މީހުންވެސް ވީހާވެސް އަވަހަކަށް ވެކްސިން ޖެހުމަށް އިލްތިމާސް ކުރައްވާފައިވެއެވެ.
ކޮވިޑާ ދެކޮޅަށް ކުރާ ހަނގުރާމާގައި ކުރި ލިބެން އޮތީ ވީހާވެސް ގިނަ ބަޔަކު ވެކްސިން ޖަހައިގެންނެވެ.
ރާއްޖޭގައި މިހާރު ކޮވިޑު ވެކްސިންގެ ފުރަތަމަ ޑޯޒުގެ ގޮތުގައި ދެނީ ސިނޮފާމް ވެކްސިން އެވެ. އެ ވެކްސިންގެ ދެވަނަ ޑޯޒް ޖަހަނީ ފުރަތަމަ ޑޯޒަށް ފަހު ހަތަރު ހަފްތާ ފަހުންނެވެ.
އޭޕްރީލް މަހުގެ ިން ވަނަ ދުވަހުން ފެށިގެން ކޮވިޝީލްޑުގެ ދެވަނަ ޑޯޒް ޖަހަން ފަށާފައިވާއިރު އިއްޔެގެ ނިޔަލަށް 3،737 ވމީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިފައެވެ.