04 Apr 2021, 22:28
ރާއްޖެއިން މިއަދު އިތުރު 132 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 67 މީހުންނާއި، މީހުން ދިރިއުޅޭ ރަށްރަށުން 45 މީހުންނާއި ހިންގަމުންދާ ރިސޯޓުތަކުން 19 މީހުން ކަމަށެވެ.
މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 24،783އަށް ވަނީ އަރާފަ އެވެ.
މިވަގުތު ބަލި ޖެހިފައިތިބި 3،061 މީހުންގެ ތެރެއިން 83 މީހުންނަށް ފަރުވާދެމުންދަނީ ހޮސްޕިޓަލްތަކުގަ އެވެ.
މިއަދު 134 މީހުން ކޮވިޑުން ރަނގަޅުވެފައިވެ އެވެ. އަދި މިހާތަނަށް އެބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 21،646 އެވެ. ރާއްޖެއިން މި ބަލީގައި 67 މީހުން ވަނީ މަރުވެފަ އެވެ.
މިއަދު މާލެ ސަރަހައްދުން 390 މީހަކު ވެކްސިން ޖަހާފައިވެ އެވެ. އަދި އަތޮޅުތަކުން 2،757 މީހުން ވަނީ މިއަދު ވެކްސިން ޖަހާފަ އެވެ.
މިއަދު ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ދޭން 2016 މީހަކު ވަނީ ވެކްސިން ފުރިހަމަކޮށްފަ އެވެ. ރާއްޖެއިން މިހާތަަނަށް ޖުމުލަ 246،896 މީހުން ވަނީ ވެކްސިން ޖަހާފަ އެވެ.