04 Apr 2021, 20:42
އަންނަ އަހަރުގެ ބޯހިމެނުމަށް ތައްޔާރުވުމުގެ ގޮތުން ބޯހިމެނުމުގައި ބޭނުންކުރެވޭ ބްލޮކް މެޕްތައް ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނީ ބްލޮކް މެޕްތައް ތައްޔާރުކުރުމަށް މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ގެތަކުގެ މައުލޫމާތު ނެގުމަށް މެޕިންގ އެކްސަސައިޒް ކުރިއަށްދާނީ މި މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
ސްޓެޓްސް ބިއުރޯއިން ބުނީ ގެތަކުގެ މައުލޫމާތު ނެގިގެންދާއިރު، އެއްވެސް ގެއަކަށްވަދެ ވަކިވަކި ފަރުދުންގެ މައުލޫމާތު ނުނަގާނެ ކަމަށެވެ.
މިއަދު ފެށި އެކްސަސައިޒުގައި ނެގިގެންދާނީ ގޭގެ ނަމާއި، ހަދާފައިވާ ފުލޯތަކުގެ އަދަދާއި ގެއާއި ގުޅިގެން ހުރި ވިޔަފާރި ހިންގާތަންތަން ދެނެގަތުން ފަދަ މައުލޫމާތު ކަމަށެވެ.