ނެޓްފްލިކްސްގެ އޮރިޖިނަލް ސީރީޒް ލޫސިފާގެ ފަހު ސީޒަން (ސީޒަން ފަހެއް) ގެ ދެވަނަ ބައި ރިލީޒްކުރާ ތާރީހު އިއުލާންކޮށްފިއެވެ.

ފަހު ސީޒަން ދެ ބަޔަަކަޢް ބަހާލައިހެން ގެނެސްދޭ ލޫސިފާގެ ފަހު ސީޒަންގެ ފުރަތަމަ ބައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު ނެޓްފްލިކްސްގައި ޕްރިމިއާކޮށްފައެވެ.

ސީޒަންގެ ފަހު ބައި އަންނަ މެއި މަހުގެ 28 ވަނަ ދުވަހު ޕްރިމިއާކުރުމަށް ނިންމާފައިވާއިރު މި ސީރީޒްއަަކީ ދިވެހިންގެ މެދުގައި ވެސް ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ސީރީޒެކެވެ.

ލޫސިފާގެ ހަތަރު ވަނަ ސީޒަން 2019 އަހަރު ދެއްކިއިރު، މި ޝޯއަކީ އެ އަހަރު އެންމެ ގިނަ މީހުން ސްޓްރީމް ކުރި ސީރީޒްވެސް މެއެވެ.

ފޮކްސް އިން 2016 ވަނަ އަހަރު ފެށި ސީރީޒްގެ ތިން ސީޒަނަށް ފަހު އެ ސީރީޒް ކެންސަލްކުރި ނަމަވެސް ހަތަރުވަނަ ސީޒަނަކަށް ޝޯ އަލުން ގެނައީ ނެޓްފްލިކްސްއެވެ. ލޫސިފާގެ ލީޑު ރޯލުން ފެނިގެންދަނީ ޓޮމް އެލިސް އަދި ލޯރެން ޖަރމަން އެވެ.