ވާދޫ ކަނޑަށް ޑިންގީއެއް ބަންޑުން ޖަހާލި ހާދިސާއެއްގައި ކަނޑުވި ތިން މީހުން ސަލާމަތްކޮށްފި އެވެ.

ފުލުހުން ބުނީ އެ ހާދިސާގެ މައުލޫމާތު ލިބުނީ މިރޭ 8:30 އެހާކަންހާއިރު ކަމަށެވެ.

އެ މައުލޫމާތާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ދިޔައިރު އެހެން ޑިންގީއަކަށް އެ މީހުން ނަގާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ޑިންގީ ބަންޑުން ޖަހާލައި، ކަނޑުވި މީހުން މިހާރު ފުލުހުންގެ ލޯންޗަށް ވަނީ ނަގާފަ އެވެ.

ފުލުހުން ބުނީ އެ ޑިންގީ ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.