އއ. ރަސްދޫއިން 25 މީހުންނާއެކު މާލެއަށް ދަތުރުކުރަމުންދަނިކޮށް ލޯންޗެއްގެ އިންޖީނުގައި ރޯވެއްޖެ އެވެ.

އެމްއެންޑީއެފްއިން ބުނީ "ނަވި-2" ނަމަކަށް ކިޔާ އެ ލޯންޗުގެ ދެ އިންޖީނުގެ ތެރެއިން އެއް އިންޖީނުގައި އަލިފާން ރޯވިކަމުގެ ރިޕޯޓު ލިބުނީ މިއަދު 18:45 ހާއިރު ކަމަށެވެ.

އެ ހާދިސާ ހިނގިއިރު ލޯންޗުގައި ތިބީ 22 ގެސްޓުންނާއި ތިން ފަޅުވެރިންނެވެ.

އެ ހާދިސާ ހިނގުމާއެކު ލޯންޗުގެ ވެރިފަރާތުން ވަނީ "ނަވި-4" ލޯންޗުގައި ގެސްޓުން އަނބުރާ ރަސްދުއަށް ގެންގޮސްދީފަ އެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް އެމްއެންޑީއެފްއިން ބުނެ އެވެ.