02 Apr 2021, 22:03
ރާއްޖެއިން މިއަދު އިތުރު 169 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 67 މީހުންނާއި، މީހުން ދިރިއުޅޭ ރަށްރަށުން 65 މީހުންނާއި ހިންގަމުންދާ ރިސޯޓުތަކުން 29 މީހުން އަދި ސިނާއީ ރަށްރަށުން އަށް މީހުން ކަމަށެވެ.
މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 24،548އަށް ވަނީ އަރާފަ އެވެ.
މިވަގުތު އެ ބަލި ޖެހިފައިތިބި 3،104 މީހުންގެ ތެރެއިން 89 މީހުންނަށް ފަރުވާދެމުންދަނީ ހޮސްޕިޓަލްތަކުގަ އެވެ.
މިއަދު 86 މީހުން ކޮވިޑުން ރަނގަޅުވެފައިވެ އެވެ. އަދި މިހާތަނަށް އެބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 21،368 އެވެ. ރާއްޖެއިން މި ބަލީގައި 67 މީހުން ވަނީ މަރުވެފަ އެވެ.
މިއަދު މާލެ ސަރަހައްދުން އެއްވެސް މީހަކު ވެކްސިން ޖަހާފައި ނުވެ އެވެ. އަދި އަތޮޅުތަކުން 354 މީހުން ވަނީ މިއަދު ވެކްސިން ޖަހާފަ އެވެ.
ރާއްޖެއިން މިހާތަަނަށް ޖުމުލަ 241،127 މީހުން ވަނީ ވެކްސިން ޖަހާފަ އެވެ. އެއީ މާލެ ސަރަހައްދުން ވެކްސިން ޖެހި 132،044 މީހުންނާއި އަތޮޅުތަކުން ވެކްސިން ޖެހި 109،083 މީހުންނެވެ.