01 Apr 2021, 16:51
މީހުން ބިނާކުރުމަށް ސަރުކާރުން ފަށާފައިވާ ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ޕާޓްނަރެއްގެ ގޮތުގައި ވޭސްޓް މެނޭޖުމެންޓް ކޯޕަރޭޝަނުން ބައިވެރި ވެއްޖެ އެވެ.

ވެމްކޯ އިން ބުނީ އެ ކުންފުނީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް 5،000 ރުފިޔާގެ އެލަވެންސެއް ދޭނެ ކަމަށެވެ.
ޕްރޮގްރާމުގެ ބައިވެރިންނަށް ހަ މަސް ވަންދެން ވެމްކޯގައި މަސައްކަތް ކުރުމުގެ ފުރުސަތު ދޭއިރު، ޖުމްލަ ހަ ދާއިރާއަކުން 29 މީހަކަށް މި ޕްރޮގްރާމުން ފުރުސަތު ދޭނެއެވެ.

ވެމްކޯގެ މުވައްޒަފުން މަސައްކަތުގައި -- ފޮޓޯ: ވެމްކޯ
އެގޮތުން ވެލްޑިން، ކޭޝިއާ، ސްޓޯކީޕާ، ޑްރައިވާ/ ހެވީ ވެހިކަލް އޮޕަރޭޓަރު، މެރިން މެކޭނިކް އަދި އޮޓޮމެޓިވް މެއިންޓެނެންސް މެކޭނިކުން ތަަމްރީނު ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ވެމްކޯ އިން ބުނީ ކުރިއަށް އޮތްތަނުގައި އެކުންފުނީގެ ވަޒީފާޔަކަށް މީހުން ނަގާއިރު އެޕްރެންޓިސްޝިޕް ޕްރޮގްރާމު ފުރިހަމަކުރާ ފަރާތްތަކަށް އިސްކަން ދޭނެ ކަމަށެވެ.

ވެމްކޯގެ މުވައްޒަފުން މަސައްކަތުގައި -- ފޮޓޯ: ވެމްކޯ
މި ޕްރޮގްރާމު ފުރިހަމަ ކުރާ ފަރާތްތަކަށް އެމްކިޔުއޭ ގަބޫލުކުރާ ސެޓްފިކެޓް ލެވެލް ތިނެއްގެ ސެޓްފިކެޓެއް ދޭނެއެވެ. ޕްރޮގްރާމުގައި ބައިވެރިވުމުގެ ސުންގަޑިއަކީ އޭޕްރީލް 14 ވަނަ ދހުވަހުގެ 14:00 އެވެ.
ޕްރޮގްރާމުގައި ބައިވެރިވުމަށް އޮންލައިންފޯމެއްފުރިހަމަ ކުރަން ޖެހެއެވެ.