ޅ. ނައިފަރާއި ހިންނަވަރުން ކޮވިޑް ކޭސްތަކެއް ކުރެންދޫ އިން ދެ މީހަކު ޕޮޒިޓިވް ވެއްޖެ އެވެ.

ކުރެންދޫ ކައުންސިލުން ބުނީ ޕޮޒިޓިވް ވެފައިވައި ވަނީ އެ ރަށުން ނެގި ރެންޑަމް ސާމްޕަލަކާއި، ނައިފަރުން ކޮވިޑަށް ޕޮޒިޓިވްވި ކޭސް އަކާ ގުޅިގެން ނެގި ސާމްޕަލް އެއް ކަމަށެވެ.

ކުރެންދޫ އިން ކޮވިޑު ކޭސްތަކެއް ފެނުމުން ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތްް ކުރިއަށް ދާ ކަމަށް ކައުންސިލުން ބުންޏެވެ.

ޅ. އަތޮޅުން ކޮވިޑު ކޭސްތަކެއް ފެނި އެ އަތޮޅު ނައިފަރު، ހިންނަވަރު އަދި އޮލުވެލިފުށި އޮތީ މޮނީޓަރިންގަ އެވެ. ފެލިވަރުން ވެސް ކޮވިޑު ކޭސްތަކެއް ވަނީ ފެނިފަ އެވެ.

ޅ. އަތޮޅުން ޕޮޒިޓިވް ކޭސްތައް ފެންނަމުންދާއިރު، މިއަދުގެ މިހާތަނަށް އެ އަތޮޅު އޮޅުވެލިފުށިން 12 ކޭސް، ހިންނަވަރުން 20 ކޭސް، ނައިފަރުން 99 ކޭސް އަދި ފެލިވަރުން 150 ކޭސް ފެނިފައި ވެއެވެ.

އިއްޔެގެ ނިޔަލަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަކީ 24،079 އެވެ.