31 Mar 2021, 18:09
ކޮވިޑް-19 ޖެހިގެން އުމުރުން ދުވަސްވީ މީހަކު މިއަދު މަރުވެއްޖެ އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން މިއަދު ބުނީ، އައިޖީއެމްއެޗްގެ އިމަޖެންސީ ރޫމަށް މިއަދު 12:27ގައި ގެނައި މީހަކު 12:35ގައި މަރުވެފައިވާ ކަމަށެވެ.
އެއީ އުމުރުން 66 އަހަރުގެ ފިރިހެނެއް ކަމަށާއި އެ މީހާ ހޮސްޕިޓަލަށް ގެނައި އިރުވެސް ހަރަކާތެއް ނެތް ކަމަށް އެޗްއީއޯސީއިން ބުންޏެވެ.
މިއީ ކޮވިޑް-19 ޖެހިގެން ރާއްޖެއިން މަރުވި 67 ވަނަ މީހާ އެވެ.
މިހާތަނަށް ރާއްޖެއިން 23،000އަށް ވުރެ ގިނަ ކޮވިޑް ކޭސް ފެނިފައިވެ އެވެ.