30 Mar 2021, 22:04
ރާއްޖެއިން އިތުރު 167 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭ ހިމެނެނީ މާލެ ސަރަހައްދުން 86 މީހަކާއި ރަށްރަށުން 56 މީހެއް އަދި ރިސޯޓުތަކުން 21 މީހެއްގެ އިތުރުން އިންޑަސްޓްރިއަލް ރަށްރަށުން އެކަކެވެ.
މިއާއެކު ރާއްޖެއިން ޖުމްލަ 23،838 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.
މިވަގުތު 2،780 މީހަކު ކޮވިޑަށް ފަރުވާ ހޯދަމުން ދާއިރު 91 މީހަކު ތިބީ ހޮސްޕިޓަލުގައި އެޑްމިޓު ކޮށްފައެވެ.
މި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ 20،984 އަށް އަރާއިރު މިދިޔަ 24 ގަޑިއިރު ތެރޭ 145 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
މިހާތަނަށް 66 މީހަކު ވަނީ ކޮވިޑު ޖެހިގެން ރާއްޖޭގައި މަރުވެފައެވެ.