30 Mar 2021, 13:08
ތ. ގާދިއްފުށީގައި ފެނާއި ނަރުދަމާ އަޅާ މަޝްރޫއުގެ އަމަލީ މަސައްކަތް އެމްޓީސީސީއިން ފަށައިފި އެވެ.
އެމްޓީސީސީއިން ބުނީ އެ މަޝްރޫއުގެ ދަށުން އާރްއޯ ޕްލާންޓާއި އޮފީސް އިމާރާތް ހުންނަ ސައިޓު ސާފުކުރުމުގެ މަސައްކަތް އިއްޔެ ފަށާފައިވާ ކަމަށެވެ.

ގާދިއްފުށި ފެނާއި ނަރުދަމާ މަޝްރޫއުގެ ދަށުން އާރްއޯ ޕްލާންޓާއި އޮފީސް އިމާރާތް އަޅާ ސައިޓު ހުސްކުރުން-- ފޮޓޯ/އެމްޓީސިސީ
އެ މަޝްރޫއުގެ ދަށުން ކުރާ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ؛
ފެނާއި ނަރުދަމާ ނިޒާމު ފަރުމާ ކުރުން
- ރަށުގައި ފެނާއި ނަރުދަމާގެ ވިއުގަ އެޅުން
- އާރް.އޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކު ބެހެއްޓުން
- ގޭގެއަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދިނުން
ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ އެ މަޝްރޫއު ހަވާލުކުރީ 2019ގެ ސެޕްޓެމްބަރުގަ އެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަވާލުކުރި މަސައްކަތުގެ އަގަކީ 21،149،966.79 (21.1 މިލިއަން ރުފިޔާ) އެވެ. މި މަސައްކަތް ނިންމަން ދީފައިވަނީ ދެ އަހަރު ދުވަހުގެ މުއްދަތެކެވެ.