30 Mar 2021, 11:05
މީޑިއާނެޓްގެ ފުރަތަމަ އޮރިޖިނަލް ސީރީޒް "ރޫމީ އާ ޖަންނަތު" ނިމުމަކާ ހިސާބަށް އަތުވެއްޖެ އެވެ.
ޑާކް ރެއިން އެންޓަޓެއިންމަންޓުން ޕްރޮޑިއުސްކުރާ އެ ސީރީޒްގެ ގްރޭންޑް ފިނާލީ ދެއްކުމަށް ހަމަޖެހިފައިވަނީ ދެބަޔަކަށް ބަހާލައިގެންނެވެ.
ގްރޭންޑް ފިނާލީގެ ފުރަތަމަ ބައި (އެޕިސޯޑް 14)ގެޓްރެއިލާމިހާރު އާންމުކޮށްފައިވާއިރު، އެ އެޕިސޯޑު ދައްކާނީ އޭޕްރީލް ދޭއް ވާ ހުކުރު ދުވަހުގަ އެވެ. ދެވަނަ އަދި އެންމެ ފަހު ބައި ދައްކާނީ އޭޕްރީލް ނުވަވަނަ ދުވަހުގަ އެވެ.
ރޫމީ އާ ޖަންނަތުއަކީ ފުބޫއާއި ނުޒުހަތު ލީޑްރޯލުން ފެނިގެންދާ ސިޓިންރޫމް ކޮމެޑީއެކެވެ. އެ ސީރީޒްގައި ދައްކުވައިދެނީ ދެމީހުންގެ ދެމެދުގައި އުފެދިފައިވާ މައްސަލަތަކާއެކުވެސް ކައިވެންޏަކާ ހަމައަށް ދާން ކުރާ މަސައްކަތެވެ.
އާއިލާއާއި ރައްޓެހިންނާއެކު ބަލައިލަން ރަނގަޅު މި ސީރީޒް، މީޑިއާނެޓުގެ މަލްޓިސްކްރީން އެޕްލިކޭޝަނުންވެސް ސްޓްރީމް ކުރެވޭނެ އެވެ.
މަލްޓިސްކްރީން އެޕްލިކޭޝަން މިލިންކުންޑައުންލޯޑް ކޮށްލެވޭނެ އެވެ.