06 Feb 2012, 08:33
ބޮލީވުޑްގެ ފިލްމީ ދެ ތަރިން ކަމުގައިވާ ރިތޭޝް ދޭޝްމުކް އާއި ޖެނީލިއާ ޑިޝޫޒާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ އަށް އަހަރަށް ފަހު ކައިވެނިކޮށްފި އެވެ.
ދެހާސް ތިން ވަނަ އަހަރު ރިލީޒްކުރި ފިލްމް "ތުޖޭ މޭރީ ގަސަމް" އަށްފަހު ލޯބީގެ ގޮތުން ގުޅިފައިވާ މި ދެތަރިން ކައިވެނިކޮށްފައިވަނީ މާހާރާޝްތުރަ ސްޓައިލަށް ބޭއްވި ކައިވެނި ހަފްލާއެއްގައި މިދިޔަ ހުކުރު ދުވަހު އެވެ.
މި ދެތަރިންގެ ކައިވެނީގެ ހަފްލާގައި ބައިވެރިވެފައިވާ ބޮލީވުޑް މަޝްހޫރު ފަންނާނުންގެ ތެރޭގައި ޝާހުރުކްހާނާއި އަޒޭދޭވްގަން އައިޝްވަރިއްޔާ ރާއީ ބަޗަން އާއި އަބީޝޭކް ބަޗަން ކަރަންޖޯހަރު ފަދަ މަޝްހޫރު އެތައް ފަންނާނުންތަކެއް ވަނީ ބައިވެރިވެފަ އެވެ.
ރިތޭޝް އާއި ޖެނީލިއާގެ އެންމެ ފަހުން ކުޅެފައިވާ ފިލްމް "ތެރޭ ނާލް ލަވް ހޯގަޔާ" މިމަހުގެ 24 ވަނަ ދުވަހު ރިލީސްކުރަން ވަނީ ހަމަޖެހިފަ އެވެ.