ހޮލީ ވުޑްގެ މަޝްހޫރު ތަރި ބްރެޑް ޕިޓާއި އެންޖެލީނާ ޖޯލީ، އެ ދެތަރިންގެ ކައިވެންޏަށް ތައްޔާރުވާން ފަށައިފި އެވެ.

އަންނަ ސެޕްޓެންބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ މިކައިވެންޏަށް ތައްޔާރުވުމުގެ ގޮތުން ބްރެޑް ފިޓާ އެންޖޮލީނާ ވަނީ އެމީހުން އެޑޮޕްޓް ކޮށްފައިވާ ދަރިންގެ އުފަން ގައުމުތަކުގައި ކައިވެނިތައް ކުރާ ގޮތް ތައް ދިރާސާ ކޮށްފަ އެވެ. އެ ގައުމުތަކުގެ ސަގާފަތްތައް ހިމަނައިގެން ކައިވެނީގެ ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ބްރެޑްގެ އުޅެބޮޑުވި ރަށް ކަމުގައިވާ ސްޕްރިންގްފީލްޑްގަ އެވެ.

ވަރަށް އާދައިގެ ގޮތަކަށް ބޭއްވުމަށް ހަމަޖެހިފައިވާ މިކައިވެނީގެ ހަފްލާއަށް ދައުވަތު ދިނުމަށް ހަމަޖެހިފައިވަނީ އެންޖޮލީނާ އާއި ބްރެޑްގެ ގާތް ތިމާގެ މީހުންނަށާއި ވަރަށް ގާތް ރަހުމަތްތެރިންނަށް އެކަނި ކަމަށް އެދެތަރިންގެ ގާތް އުކުވެރިއަކާ ހަވާލާދީ ބައެއް ރިޕޯޓްތައް ވަނީ ބުނެފަ އެވެ. މިކައިވެނީގައި އެ ދެ ތަރިންގެ ހަ ކުދިން ބައިވެރިވާނެ އެވެ.

ބްރެޑް ވަނީ އެ ދެ މީހުންގެ ކައިވެނި ކުރަން އުޅޭ ކަމުގެ ޚަބަރު ހޮލީވުޑްގެ ބައެއް ޚަބަރުތަކަށް ވެސް ދީފަ އެވެ. އުމުރުން 48 އަހަރުގެ ބެރްޑް އާއި 36 އަހަރުގެ އެންޖޮލީނާގެ ލޯބީގެ ހަޔާތް ފެށިފައިވަނީ 2004 ވަނަ އަހަރު ނުކުތް މިސްޓާ އެންޑް މިސިސް ސްމިތް އެވެ.