06 Feb 2012, 08:25
އިންޑިޔާގެ މަޝްހޫރު ޑައިރެކްޓާއެއް ކަމުގައިވާ ރާޖް ކަންވަރު ކިންޑީގެ އޮޕަރޭޝަނެއް ކުރަން ގޮސް އުޅެނިކޮށް ސިންގަޕޫރުގައި މިދިޔަ ހުކުރު ދުވަހު މަރުވެއްޖެ އެވެ.
އުމުރުން 50 އަހަރުގެ ކަންވަރު މަރުވީ ކިންޑްނީގެ މައްސަލަތަކެއް ދިމާވެގެން، ކިންޑްނީ ޓްރާންސް ޕްލާންޓެއް ހެދުމަށްޓަކައި ގޮސް އުޅެނިކޮށެވެ.
ކަންވަރުގެ މަރުގެ ޚަބަރު ވެގެން ދިޔައީ ބޮލީވުޑްގެ ގިނަ ތަރިންތަކަށް ބޮޑު ސިހުމެއް ގެނެސްދިން ކަމަށެވެ. އަދި ބައެއް ތަރިން ވަނީ ޓުވިޓާ މެދުވެރިކޮށް އެކަމުގެ ހިތާމަ ފާޅުކޮށްފަ އެވެ.
ކަންވަރު މަރުވި އިރު އޭނާގެ އަންހެނުންނަށް ލިބިފައިވާ ދެ ފިރިހެން ދަރިން ދުނިޔޭގައި އެބަތިއްބެވެ.
ކަންވަރު ޑައިރެކްކޮށްފައިވާ ބޮލީވުޑްގެ މަޝްހޫރު ބައެއް ފިލްމްތަކުގެ ތެރޭގައި ދީވާނާ، ލާޑްލާ، ހަމްކޯ ދީވާނާ ކަރްގަޔާ، އަންދާޒް، ހަރްދިލްޖޯ ޕިޔާރް ކަރޭގާ، ބާދަލް، ދާގް ފަދަ ފިލްމްތައް ހިމެނެ އެވެ.
މީގެ އިތުރުން ކަންވަރު ބޮލީވުޑް ފިލްމް އިންޑަސްޓްރީއަށް ވަނީ ގިނަ ތަރިންތަކެއް ވެސް ތައާރަފްކޮށްދީފަ އެވެ. އޭގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ ބައެއް ތަރިންނަކީ ބޮލީވުޑްގެ ރަސްގެފާނުގެ ގޮތުގައި މިހާރު މަޝްހޫރުވެފައިވާ ޝާހުރުކްހާންގެ އިތުރުން ސަލްމާން ހާން އަދި އަކްސޭކަންނާ ހިމެނެ އެވެ.