29 Mar 2021, 13:36
ގއ ކޫއްޑޫ އެއާޕޯޓުގެ ފަޔާ ވެހިކަލް މައްސަލަޖެހި އެއާޕޯޓު އޮޕަރޭޝަންސް ހުއްޓުމަކަށް އައިސްފި އެވެ.
ކޫއްޑޫ އެއާޕޯޓުން ވާހަކަ ދެއްކި މުވައްޒަފަކު ބުނީ މިއަދު ހެނދުނުން ފެށިގެން އެއާޕޯޓުގެ އޮޕަރޭޝަންތައް ހުއްޓުމަކަށް އައިސްފައިވަނީ އެ އެއާޕޯޓުގައި ބޭނުންކުރާ ދެ ފަޔާ ވެހިކަލްވެސް މައްސަލަ ޖެހި ފަޔާ ކެޓަގަރީ ޒީރޯ ވެގެން ކަމަށެވެ.
ދުވާލެއްގެ މައްޗަށް ކޫއްޑޫ އެއާޕޯޓަށް ހަ ފްލައިޓު ޖައްސާއިރު މިއަދު ވެސް ދެ ފްލައިޓު މިސްވެއްޖެ ކަމަށް އެއާޕޯޓުން ވާހަކަ ދެއްކި މުވައްޒަފު ބުންޏެވެ.
ކޫއްޑޫ އަށް މިހާރު އުދުހެނީ މޯލްޑިވިއަން އިން އެކަންޏެވެ.