29 Mar 2021, 15:08
ފުލުހުންގެ 88 ވަނަ އަހަރީ އާއި ގުޅުވައިގެން ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މާލެ އާއި އަތޮޅުތެރޭގެ ޕޮލިސް ސްޓޭޝަންތަކުގައި ވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފަ އެވެ.
މާލޭގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ ރޭ ފުލުހުންގެ މައި މަރުކަޒު ޝަހީދު ހުސައިން އާދަމް ބިލްޑިން ގައެވެ. އަތޮޅުތަކުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރަށްރަށުގެ ޕޮލިސް ސްޓޭޝަންތަކުގައެވެ.
ފުލުހުން ބުނީ މީގެ ކުރިން ކޮންމެ އަހަރަކުވެސް ފުލުހުންގެ އަހަރީ ދުވަހާ ގުޅިގެން ބާއްވާ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ ފުލުހުން ބައިވެރިވި ނަމަވެސް ކޮވިޑްގެ ހާލަތާ ގުޅިގެން މިއަހަރު ދިދަ ނެގުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ ހަމައެކަނި ދިދަ ވެެރިންނާއެކު ކަމަށެވެ.