29 Mar 2021, 12:07
ޑެޕިޔުޓީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް އަލީ ރަޝީދު އައްޔަނު ކުރައްވައިފި އެވެ.
މީގެ ކުރިން އެސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަލީ ރަޝީދު، ޑެޕިޔުޓީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް އައްޔަނު ކުރެއްވީ މި މަހުގެ 25 ވަނަ ދުވަހު އެވެ.
ޑެޕިޔުޓީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ދެން ހުންނަވަނީ އަބްދުލްމަންނާން ޔޫސުފް އެވެ.
އަލީ ރަޝީދު ވަނީ އޭސީޕީގެ މަގާމުގައި ހުންނަވައިގެން ޑިވިޝަނަލް ޕޮލިސިން ޑިވިޝަން ލީޑު ކުރައްވައިފައެވެ. އޭސީޕީގެ މަގާމުގައި އޭނާ 11 އަހަރު ހޭދަ ކުރައްވާފައި ވެއެވެ.