29 Mar 2021, 11:02
ތިން މީހުންނާ އެކު ދަތުރުކުރި ތެޔޮ އުފުލާ ބޯޓެއް އަޑިއަށް ދާތީ އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ އެ ބޯޓުގައި ތިބި މީހުން ސަފާރީ އަކަށް ނަގާފައިވާ ކަމަށާއި ހާދިސާ ހިނގީ ހުޅުމާލެ ދެވަނަ ފިޔަވައްސާ ދިމާ ކަނޑުގެ ސަރަހައްދުގައި ކަމަށެވެ.
ވިއްސާރަވެ، ކަނޑުގަދަވާނެތީ ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސް ކޮށްފަ އެވެ.
މެޓުން ލަފާކޮށްފައިވާ ގޮތުން ކޮޅިގަނޑުގައި 55 މޭލަށް ވައިގަދަވާނެ އެވެ. އަދި ގުގުރުމާ އެކު ބޯކޮށް ވާރެވެހޭނެ ކަމަށް ލަފާކޮށް ބ. އަތޮޅުން ފެށިގެން އައްޑޫ އާއި ހަމައަށް ވަނީ ޔެލޯ އެލާޓް ނެރެފަ އެވެ.