މިހާރު ކުރަމުންދާ ވިއްސާރާގައި ވައިގަދަވެ މާލޭ މަގުމަތީ އިންދާފައި ހުރި ބައެއް ގަސްތައް ވެއްޓިއްޖެ އެވެ.

ގާކޮށި ފްލެޓު ކައިރީ އޮންނަ ހުސްބިމުގައި އިންދާފައި ހުރި ބޮޑު ގަހެއްވެސް ގަދަ ވަޔާއެކު މުލުން ލުހިފައިވާއިރު އަމީނީ މަގުގައި އިންދާފައި ހުރި ބައެއް ގަސްތައްވެސް ވަނީ ވެއްޓިިފަ އެވެ.

ސޯސަންމަގު ފަދަ ގަސް ގިނަ މަގުތަކުގައި އިންދާފައި ގަސްތަކުން ކޯޅިތައްވެސް ބިނދި، މަގުމައްޗަށް އެޅިފައި އެބަހުއްޓެވެ.

މިހާރު ކުރަމުންދާ ވިއްސާރާގައ ވިލާގަނޑުގައި 55 މޭލަށް ވައިގަދަ ވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. މެޓުން ބުނީ ކަނޑުތައްވެސް ގަދަވާނެ ކަމަށާއި ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.

ޓެކްސީ ޑްރައިވަރަކުވެސް ބުނީ ވައި ގަދަވުމުގެ ސަބަބުން ސިނަމާލެ ބްރިޖު މަތިން ދަތުރު ކުރަންވެސް އުނދަގޫ ކަމަށެވެ. މާލޭ މަގުމައްޗަށް ގަސްތައް ވެއްޓިފައި ހުރުމުގެ ސަބަބުން މަގުތައް ބަންދުވެ، ދުއްވަން ދަތިވެފައިވާ ކަމަށްވެސް ބުންޏެވެ.

އެއާޕޯޓު ފެރީ ދުއްވާ ކެޕްޓަނެއްވެސް ބުނީ ކަނޑުގަދަވެ، ދަތުރު ކުރަން އުނދަގޫ ކަމަށެވެ.

މިހާރު ކުރަމުންދާ ވިއްސާރަ އާއި ގުޅިގެން މެޓުން ވަނީ ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ޔެލޯ އެލާޓްވެސް ނެރެފައެވެ.