29 Mar 2021, 08:57
ފަސްދޮޅަސް ހަވަނަ ފިލްމުފެއާ އެވޯޑްގެ އެންމެ މޮޅު ފިލްމަކަށް ތާޕްސީ ޕަންނޫ ލީޑު ރޯލު ކުޅުނު ފިލްމު "ތައްޕަޅު" ހޮވިއްޖެއެވެ.
އެ ފިލްމަށް ވަނީ މި ހަފްލާގައި އެންމެ ގިނަ އެވޯޑު ވެސް ލިބިފައެވެ. ޖުމްލަ ހަތް އެވޯޑު އެ ފިލްމަށް ލިބުނުއިރު އެ ފިލްމާ އެންމެ ކައިރިން ވާދަކުރި އަޔޫޝްމަން ކުރާނާ އާ އަމީތާބު ބައްޗަން ގެ "ގުލާބޯ ސިތާބޯ" އަށް ވަނީ ހަ އެވޯޑު ލިބިފައެވެ.
އެވޯޑު ހަފްލާގައި އެންމެ މޮޅު އެކްޓަރުގެ އެވޯޑު އުފުލައިލީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 29 ވަނަ ދުވަހު ކެންސަރު ބަލީގައި މަރުވި އިރުފާން ޚާންއެވެ. އޭނާ އެ އެވޯޑު ގެންދިޔައީ ފިލްމު "އަނގްރޭޒީ މީޑީއަމް" އިންނެވެ.
ސަޕޯޓިން އެކްޓަރު (ފިރިހެން) ގެ އެވޯޑު ލިބުނީ ފިލްމު "ތާނާޖީ" އިން ސައިފް އަލީ ޚާން އަށެވެ. އެންމެ މޮޅު (އަންހެން) ސަޕޯޓިން އެކްޓަރަކަށް ހޮވުނީ ފާރުޚް ޖައްފާރު އެވެ.
އެވޯޑު ހަފްލާގެ އެންމެ ޝަރަފުވެރި އެވޯޑު ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ލިބުނީ ވެސް ކުޅަދާނަ އެކްޓަރު އިރުފާން ޚާނަށެވެ.
އިރުފާން ޚާންއަށް ލިބުނު އެވޯޑުތަކާ ހަވާލުވީ އޭނާގެ ދަރިފުޅު ބާބިލް ޚާންއެވެ.