ކުޅުދުއްފުށި ސިޓީގައި އިއުލާންކޮށްފައި އޮތް މޮނީޓަރިން ހާލަތު އުވާލައިފި އެވެ.

ކުޅުދުއްފުށިން ކޮވިޑް19ގެ ކޭސްއެއް ފެނުމާ ގުޅިގެން އެ ސިޓީ މޮނީޓަރިން ހާލަތަށް ގެނައީ މި މަހުގެ 24ވަނަ ދުވަހުގަ އެވެ.

ޕޮޒިޓިވްވި މީހާއަކީ ޅ. ނައިފަރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެނައި މީހެކެވެ.

ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ކުޅުދުއްފުށިން މޮނީޓަރިން ހާލަތު ނެގި ނަމަވެސް، ނައިފަރު އަދިވެސް އޮތީ މޮނީޓަރިންގެ ހާލަތުގަ އެވެ.

ނައިފަރު ހޮސްޕިޓަލުގައި ބަލި މީހުންނާ ގާތުން މަސައްކަތް ކުރާ މުވައްޒަފަކު ޕޮޒިޓިވްވުމުންނެވެ.

އޭނާއަކީ ކޮވިޑް ފެތުރިފައިވާ އެ އަތޮޅު އުނގޫފާރަށް ދަތުރުކުރި މީހެކެވެ. އުނގޫފާރުން ކޮވިޑްގެ ކޭސްއެއް ފެނުނީ މިމަހުގެ ދެވަނަ ދުވަހުގަ އެވެ.