29 Mar 2021, 09:55
ދެހާސް އެއްވަނަ އަހަރު ނުކުތް ކާމިޔާބު ފިލްމު "ރެހެނާ ހޭ ތޭރޭ ދިލް މޭ"ގެ ރީމޭކަށް ބޮލީވުޑްގެ ބަތަލާ ކްރިތީ ސެނަން އާ ވިކީ ކޯޝަލް ހަމަޖައްސަން އުޅޭ ކަމަށް ޚަބަރުތައް ބުނެފި އެވެ.
މި ފިލްމުގެ އޮރިޖިނަލް ފިލްމުގެ ލީޑު ރޯލުން ފެނިގެންދިޔައީ މިހާރު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ބަތަލާ ދިއާ މިރުޒާ އާ އާރް މާދަވަން އެވެ. އަދި ސައިފް އަލީ ޚާން ވެސް މި ފިލްމުގެ މުހިއްމު ރޯލަކުން ވަނީ ފެނިގެން ގޮއްސަ އެވެ.
ޕިންކްވިލާއިން ބުނީ ފިލްމުގެ ވާހަކަ މިހާރު ދެތަރިންނަށް ހިއްސާކޮށްފައިވާ ކަމަށާއި މިވަގުތު ކުރިއަށް ދަނީ ފިލްމު ޝޫޓްކުރާނީ ކޮން ތާރީޚުތަކެއްގައިތޯ ކަމަށެވެ. އަދި ފިލްމުގެ ޓީމުން ބޭނުންވަނީ މި ފިލްމުގެ ރީމޭކް ކްރިތީ އާ ވިކީ ލައްވާ ކުޅުވަން ކަމަށާއި އަދި މި ފިލްމު ކުޅުމަށް ދެތަރިން ވެސް ތައްޔާރަށް ހުރިކަމަށް ޕިންކްވިލާއިން ބުނެ އެވެ.
މި ފިލްމު އަންނަ އަހަރު ތެރޭގައި ޝޫޓިން ފެށުމަށް ހަމަޖެހިފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.