27 Mar 2021, 20:08
ފަސް މީހަކު ޕޮޒިޓިވެގެން ގދ. ތިނަދުއަށް އަރާ ފޭބުން މަނާކޮށްފި އެވެ.
އެޗްޕީއޭއިން މިރޭ ބުނީ ރޯގާގެ އަލާމާތްތައް ހުރެގެން ތިނަދޫ އިން ސާމަޕަލް ނެގި ފަސް މީހަކު މިއަދު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އެއާއެކު ކޮންޓެކްޓް ޓްރޭސިން ހެދުމަށް މިހާރު އެރަށް މޮނީޓަރިން ހާލަތަށް ގެނެސް، އަރާ ފޭބުން ވަގުތީ ގޮތުން މަނާކޮށްފައިވާ ކަމަށެވެ.
އެރަށު ކައުންސިންގެ ރައީސް އަލީ އަމްޖަދު މިރޭ "ސަން"އަށް ވިދާޅުވީ، މިހާތަނަށް ޖުމްލަ ހަ މީހަކު އެރަށުން މިއަދު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ރަށް މޮނީޓަރިން ހާލަތައް ގެނައީ، ރަށު ތެރެއިން ތިން މީހަކު ކޮވިޑަށް ޕޮޒިޓިވްވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"އޭގެ ތެރެއިން ތިން މީހުންނަކީ ބަލިވެގެން ފްލޫކްލިނިކަށް ޑޮކްޓަރަށް ދަައްކަން ދިޔަ މީހުން. އަނެއް ތިން މީހުންނަކީ ކަރަންޓީންގެ 10 ދުވަސް ފުރިހަމަ ކުރުމަށްފަހު، ސާމްޕަލް ނެގި ތިން މީހުން،" އަމްޖަދު ވިދާޅުވި އެވެ.
މިހާތަނަށް ރާއްޖެއިން 23،200އަށްވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރެއިން 20،529 މީހަކު ވަނީ ބަލިން ރަނގަޅުވެފަައެވެ. ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދަކީ. 2،635 އެވެ.