28 Mar 2021, 09:45
ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ރަންބީރު ކަޕޫރު ކޮވިޑް19 އިން ރަނގަޅުވެއްޖެ އެވެ.
މި މަހު 9 ވަނަ ދުވަހު ރަންބީރު ކޮވިޑަށް ޕޮޒިޓިވްވި އިރު އޭނާ ޕޮޒިޓިވްވީ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ފަރާތުން ކަމަށް ޚަބަރުތައް ބުނެ އެވެ. ރަންބީރު ބޮޑުބޭބެ ރަންދީރު ކަޕޫރު ބުނީ ރަންބީރު މިހާރު ކޮވިޑުން މުޅިން ރަނގަޅުވެއްޖެ ކަމަށާއި އޭނާ އާ ދާދިފަހުން ދިމާވި ކަމަށެވެ.
ރަންބީރުގެ ލޯބިވެރިޔާ އާލިއާ ބަޓްގެ 28 ވަނަ އުފަންދުވަސް ވެސް ފާހަގަކުރުން ވަނީ ރަންބީރު ޕޮޒިޓިވްވުމާ ގުޅިގެން ފަސްކޮށްފަ އެވެ.
މިދިޔަ އަހަރު ފަހުކޮޅު ރަންބީރުގެ މަންމަ ނީތޫ ސިންހް އަށް ވެސް ކޮވިޑް ޖެހުނެވެ. އޭރު އޭނާ ދިޔައީ ފިލްމު "ޖުޖް ޖުގް ޖިއޯ" ޝޫޓްކުރަމުންނެވެ.
މިދިޔަ އަހަރު ވެސް ގިނަ ތަރިންނަށް ވަނީ ކޮވިޑް ޖެހިފަ އެވެ. އޭގެ ތެރޭގައި އަމީތާބް ބައްޗަން، އަބީޝޭކް ބައްޗަން، އައިޝްވާރިޔާ ރާއީ، ކްރިތީ ސެނަން އަދި ވަރުން ދަވަން ހިމެނެ އެވެ.