ޅ ހިންނަވަރުން ވެސް ކޮވިޑް19 ގެކޭސް އެއް ފެނި އެރަށް މޮނީޓަރިން އަށް ލައިފި އެވެ.

ހިންނަވަރުން ޕޮޒިތިވް ވެފައިވަނީ އެރަށު ފްލޫ ކްލިނިކަށް ދެއްކި މީހެކެވެ.

އެޗްޕީއޭ އިން ބުނީ ހިންނަވަރުން ޕޮޒިތިވް ވެފައިވަނީ ރޯގާގެ އަލާމާތްތަތއް ހުރެގެން އެރަށުން ޓެސްޓު ކުރި މީހެއް ކަމަށެވެ.

ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތަށް ހިންނަވަރު މިހާރު އޮތީ މޮނީޓަރިންގަ އެވެ.

ހިންނަވަރުން ކޮވިޑް ކޭސް އެއް ފެނި އެ ރަށ މޮނީޓަރިން އަށް ލާފައިވާއިރު އެ އަތޮޅު ނައިފަރައި ފެލިވަރުން ކޭސްތަކެއް ފެނި އެ ދެރަށް ވެސް އޮތޯ މޮނީޓަރިންގަ އެވެ.

ރެއާއި ހަމައަށް ފެލިވަރުން ކޮވިޑްގެ 66 ކޭސް ވަނީ ފެނިފަ އެވެ. ނައިފަރުން ތިން ކޭސް ފެނިފައިވާއިރު އެރަށުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ފެލިވަރުގައި މަސައްކަތްކުރާ ނައިފަރު މުވައްޒަފެއްވެސް ހިމެނެއެވެ.

މާލެ ސަރަހައްދު ފިޔަވަައިި އެހެން ރަށްރަށުން ކޮވިޑްގެ ކޭސްތައް ފެންނަ މިންވަރު ވަނީ އިތުރުވާން ފަށައިފައެވެ. އުތުރުގެ ރަށޤރަށުގެ ތެރެއިން ހދ. ރ. އަތޮޅާއި ބ އަދި ކ އަތޮޅުގެ ރަށްރަށުން މިދިޔަ ހަފްތާ ކޭސްތައް ފެނިފައިވާއިރު އެ ސަރަހައްދުގެ މައި ދެ ހޮސްޕިޓަލް ހުންނަ އުނގޫފާރާއި ކުޅުދުއްފުށިވެސް އޮތީ މޮނީޓަރިންގަ އެވެ. އެ ދެ ރަށަށް ފަހު ދެން އެންމެ ގިނަ މީހުން ހިދުމަތް ހޯދަން ދަތުރުކުރާ އަނެއް ރަށަކީ ނައިފަރެވެ.

ރަށްރަށުން ބަލި ފެނުން އިތުރުވެފައިވާއިރު ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ގައިޑްލައިންތަކަށް ސަމާލުކަންދީ ރަށްރަށުގައި މާސްކު އަޅައިގެން އުޅުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރެއެވެ.

އިއްޔެގެ ނިޔަލަށް ރާއްޖެއިން 23،237 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިިވް ވެފައެވެ. އޭގެ ތެރެއއިން 66 މީހަކު ބަލީގައި މަރުވެފައިވާއިރު ބަލިން ރަނގަލުވީ 20،529 މީހުންނެވެ. މިވަގުތު 2،635 މީހުން ކޮވިޑަށް ފަރުވާ ހޯދަމުން އެބަ ދެއެވެ.