ބޮލީވުޑްގެ އެކްޓަރު، ސުޕަމޮޑެލް މިލިންދު ސޯމަން 55، ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

މިލިންދު ކޮވިޑަށް ޕޮޒިޓިވްވިކަން ހާމަކުރަމުން އޭނާގެ ޓްވިޓާގައި ކުރި ޓްވީޓެއްގައި ބުނީ އޭނާ ޕޮޒިޓިވްވެއްޖެ ކަމަށާއި ވަގުތުން ކަރަންޓީނުވެފައިވާ ކަމަށެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވްވުމާ އެކު ގިނަ ސެލެބްރިޓީންނާ އޭނާގެ ފޭނުން އަންނަނީ އޭނާ އަށް އަވަސް ޝިފާއަކަށް އެދެމުންނެވެ.

އެމެޒޯން ޕްރައިމްގެ މަގްބޫލު ސީރީޒް "ފޯ މޯ ޝޮޓްސް ޕްލީޒް"ގެ އެކްޓަރު މިލިންދު ކޮވިޑަށް ޕޮޒިޓިވްވިއިރު ދާދިފަހުން އާމިރު ޚާން، ސަންޖޭ ލީލާ ބަންސާލީ، ކާތިކް އާރްޔަން އަދި ރަންބީރު ކަޕޫރު ވެސް ވަނީ މި ބައްޔަށް ޕޮޒިޓިވްވެފަ އެވެ.

މިލިންދު އަކީ 2015 އިން 2018 އަށް ބޭއްވި "އިންޑިއާސް ނެކްސްޓް ޓޮޕް މޮޑެލްސް"ގެ ޖަޖެއް ވެސްމެ އެވެ.