ބޮލީވުޑްގެ ބަތަލާ ދިއާ މިރުޒާ ރާއްޖެ އައިސްފިއެވެ.

ފިރިމީހާ ވައިބަވް ރެކީއާއެކު ދިއާ ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަމުން އަންނަނީ ޖޭއޭ މަނަފަރު މޯލްޑިވްސްގައެވެ. އޭނާ ރާއްޖެ އައިސް ޗުއްޓީ ހޭދަކުުރާ ގޮތުގެ ވީޑިއޯތަކާ ފޮޓޯތައް އަންނަނީ އޭނާގެ އިންސްޓަގްރާމްގެ އެކައުންޓުގައި ހިއްސާކުރަމުންނެވެ. ދިއާ ބުނީ ރާއްޖޭގައި މި ހޭދަވާ ކޮންމެ ވަގުތުކޮޅަކީ އޭނާއަށް ވަރަށް އުފާވެރި ވަގުތުކޮޅެއް ކަމަށެވެ.

ދެހާސް ވަނަ އަހަރު އޭޝިޔާ ޕެސިފިކްގެ ރީތީގެ ރާނީކަން ހޯދި ބޮލީވުޑުގެ އެކްޓްރެސް ދިއާ އާ ވައިބަވް ކައިވެނި ކުރީ މިދިޔަ މަހުއެވެ. މިއީ ދިއާގެ ދެވަނަ ކައިވެންޏެވެ.

ބަތަލާ ދިއާ ވަނީ މީގެ ކުރިން ކައިވެންޏެއްކޮށްފަ އެވެ. ޕްރޮޑިއުސަރު ސާހިލް ސަންގާ އާ ދިއާ 2014 ވަނަ އަހަރު ކައިވެނިކުރިއިރު އެ ކައިވެނި ރޫޅުނީ 2019 ވަނަ އަހަރުގައެވެ. އެ ކައިވެންޏަށް ދަރިއަކު ލިބިފައެއްނުވެ އެވެ.

ދިއާ ބޮލީވުޑަށް ނުކުތީ 2001 ވަނަ އަހަރު ނުކުތް ފިލްމު "ރެހެނާ ހޭ ތޭރި ދިލް މޭ" އިން ނެވެ. ދިއާގެ ފާހަގަ ކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "ލަވް ބްރޭކްއަޕްސް ޒިންދަގީ،" "ލަގޭ ރަހޯ މުންނާ ބާއި" "ބްލެކްމެއިލް"، "ތައްޕަޅު" އަދި "ސަންޖޫ" ފަދަ ފިލްމުތައް ފާހަގަކޮށްލެވެ އެވެ.