25 Mar 2021, 22:07
ރާއްޖެއިން އިތުރު 162 މީހުން މިއަދު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 99 މީހުންނާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 45 މީހުންނާއި ހިންގަމުން އަންނަ ރިސޯޓުތަކުން ޕޮޒިޓިވްވި 15 މީހުން ކަމަށެވެ.
މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 23،091އަށް ވަނީ އަރާފަ އެވެ.
މިވަގުތު ބަލި ޖެހިފައި ތިބި 2،579 މީހުން ތިބިއިރު، އޭގެ ތެރެއިން 103 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްތަކުގަ އެވެ.
މިއަދު އެ ބަލިން 80 މީހުން ރަނގަޅުވެފައިވާއިރު، ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 20،439 އެވެ.
ބަލީގައި މިހާތަނަށް ރާއްޖެއިން 66 މީހުން މަރުވެފައިވެ އެވެ.