25 Mar 2021, 16:38
އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، މާލޭ ސަރަހައްދުގެ ސްކޫލުތަކުގެ އެލްކޭޖީ އިން ފެށިގެން މަތީގެ ހުރިހާ ދަރުވަރުން ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދޭން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިިފި އެވެ.
ކޮވިޑް19ގެ ކޭސްތައް ކޮންޓްރޯލް ނުވާތީ، ފެބުރުއަރީ 12 ވަނަ ދުވަހުން ފެށިގެން ދަށް ގްރޭޑުތަކުގެ ކުދިންނަށް ކިޔަވައިދެމުން އައީ އޮންލައިންކޮށެވެ.
އެގޮތުން މާލޭ ސަރަހައްދުގެ ސްކޫލުތަކުގެ އެލްކޭޖީ އިން ފެށިގެން ގްރޭޑް ހަޔަކާ ހަމައަށް ކިޔެވުން ކުރިއަށް ގެންދިޔައީ އޮންލައިކޮށެވެ. އަދި ގްރޭޑް ހަތަކުން ފެށިގެން ގްރޭޑް 12ގެ ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދިޔައީ ސްކޫލަށް ހާޒިރުކޮށްގެންނެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އޭޕްރީލް އެއްވަނަ ދުވަހުން ފެށިގެން އެލްކޭޖީ އިން ފެށިގެން މަތީގެ ހުރިހާ ދަރިވަރުން ވެސް ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދޭން ނިންމާފައިވާ ކަމަށެވެ.
ކުދިން ސްކޫލަށް ގެންދަން ނިންމިއިރު، ކޮވިޑް19 އާ ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް މިއަދު ވަނީ ލުއި ދީފަ އެވެ.
އެގޮތުން މާލެ ސަރަހައްދުގައި ހަވީރު 6:00 އިން ފެށިގެން ހެނދުނު 6:00 އަށް އެއްގަމު އުޅަނދު ދުއްވުން މަނާކޮށް އެންގި އެންގުން މިހާރު ވަނީ ބާތިލްކޮށްފަ އެވެ. އަދި މާލެ ސަރަހައްދުގެ ޕާކްތަކާއި މައިޒާންތައް ވެސް އަލުން ވަނީ ހުޅުވާލައިފަ އެވެ.