ޑިޖިޓަލް ދުނިޔޭގައި ދޮގު މައުލޫމާތު ފެތުރުމާއި ދެކޮޅަށް މަސައްކަތްކުރާ އެސްޕެން އިންސްޓިޓިއުޓް ގެ އާ ކޮމިޝަންގެ ކޮމިޝަނާއެއްގެ މަގާމު ޕްރިންސް ހެރީއަށް ލިބިއްޖެއެވެ.

ހެރީ އާއި އެކުގައި އިތުރު 14 ކޮމިޝަނަރުންނާއި 3 ކޯ ޗެއާސް ތިބެއެވެ. އަދި މި މެންބަރުންގެ ތެރޭގައި ކުރީގެ ކޮންގްރެސްމަނުންނާއި، ކުރީގެ ނެޝެނަލް އިންޓެލިޖެންސްގެ އިސްވެރިންނާއި، ނޫސްވެރިންނާއި، އެމެރިކާގެ ސައިބާ ސެކިއުރިޓީގައި މަސައްކަތްކޮށްފައިވާ ފަރާތްތައްވެސް ހިމެނެއެވެ.

މި ކޮމިޝަނުގެ މައިގަނޑު މަސައްކަތަކަށްވާނީ ކުރިއަށް އޮތް ހަމަސް ދުވަހުގެ ތެރޭގައި އެމެރިކަން މިސްއިންފޮމޭޝަންއާއި ޑިސްއިންފޮމޭޝަންއާއި ގުޅޭ ދިރާސާއެއް ހެދުމެވެ.

މިކަމާއި ގުޅިގެން ހެރީ ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ދޮގު މައުލޫމާތު ފެތުރުމަކީ މުޖްތަމައަށާއި، ވަކިވަކި ފަރުދުންގެ އާންމު ދިރިއުޅުމަށްވެސް އެތަކެއް ނޭދެވޭ އަސަރުތަކެއް ކުރާ ކަމެއްކަމަށެވެ.

އަދި މިއީ މުޅި އިންސާނިއްޔަތަށް ކުރިމަތިވެފައިވާ މައްސަލައެއްގެ ގޮތުގައި ސިފަކުރައްވަމުން ހެރީ ވިދާޅުވީ މިކަމާއި ކުރިމަތިލުމަށްޓަކައި ސަަރުކާރުތަކުގެ އިސްވެރިންނާއި، މީޑިއާއާއި، އިލްމީގޮތުން ގާބިލް ފަރާތްތަކާއި އަދި ސިވިލް ސޮސައިޓީގެ ލީޑަރުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.

މުޅި ދުނިޔެ ސިއްސުވާލި ހެރީއާއި މޭގަންގެ އޯޕްރާ އިންޓަވިއުއަށްފަހު ދެމީހުންގެ އާޗްވެލް ފައުންޑޭޝަންއިން ވަނީ ގިނަ އަދަދެއްގެ ޑޮނޭޝަންތަކެެއް ކޮށްފައެވެ.

އަދި އަންގާރަ ދުވަހު ހެރީ ވަނީ "ބެޓާ އަޕް"ގެ ނަމުގައި ފެށުނު މުޅިން އާ ކުންފުންޏެއްގެ ޓެކް އެގްޒެކެޓިވްއެއްގެ ވަޒީފާ ފެށިކަންވެސް ހާމަކޮށްފައެވެ.

އެސްޕެންއަކީ އަމިއްލަ ޖަމިއްޔާއަކަށްވާއިރު، މި ޖަމިއްޔާގެ މަސައްކަތްތައް ފެށޭނީ އޭޕްރިލް މަހުގެ ތެރޭގައެވެ. މި ޖަމިއްޔާގައި އަދާކުރަންޖެހޭ ރޯލަކީ ޕާޓްޓައިމް ވަޒީފާއެކެވެ.