މ. ވޭވަށު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 80 ޕަސެންޓު ނިމިއްޖެ އެވެ.

ވޭވަށު ބަނދަރު މަސައްކަތް ކުރާ އެމްޓީސީސީ އިން ބުނީ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމެންޓް މި މަހުގެ 22ގައި ޕްރޮޖެކްޓު ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން، 66،831 ކިއުބިކް މީޓަރުގެ ސަރަހައްދުގެ ބަނދަރު ފުންކުރުމާއި 350 މީޓަރުގެ ސަރަހައްދުގެ ބޭރު ތޮށިލުމާއި 380 މީޓަރުގެ ސަރަހައްދުގެ އެއްގަމުތޮށި ލުމާއި 130 މީޓަރުގެ ސަރަހައްދުގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރާނެ އެވެ.

މަގު ބައްތި ހަރުކުރުމާއި 1،880 އަކަ މީޓަރު ސަރަހައްދުގައި ޕޭމަންޓް ހެދުމުގެ މަސައްކަތް ވެސް މަޝްރޫއުގެ ދަށުން ކުރިއަށް ގެންދާނެ އެވެ.

ވޭވަށު ބަނދަރު މަޝްރޫޢަކީ 48.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.