މާލެ ސަރަހައްދުގެ ޕާކްތަކާއި މައިޒާންތައް ބަންދު ކުރަން އެންގި އެންގުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބާތިލްކޮށްފި އެވެ.

އެ އެންގުން ބާތިލް ކުރީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި މިރޭ އެންގި އެންގުމެއްގަ އެވެ.

މާލެ ސަރަހައްދުގެ ޕާބްތަކާއި މައިޒާންތައް ބަންދުކުރަން އެންގީ މި މަހުގެ ހަތަރު ވަނަ ދުވަހު އެވެ. އެ ދުވަހު އަޅާފައިވާ އެހެނިހެން ފިޔަވަޅުތައް އިތުރު ހަތް ދުވަހުގެ މުއްދަތަށް ވަނީ ދަންމާލާފަ އެވެ.

މިހާރު އަޅާފައިވާ ފިޔަވަޅުތައް

  • ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރުން.

  • އެއްފަހަރާ ފަސް މީހުންނަށްވުރެ ގިނަމީހުން، މަގުމައްޗާއި އާންމު ތަންތަނަށް އެއްވެއުޅުން ހުއްޓައިލުން.
  • ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް ހިންގުން ހުއްޓައިލުން.
  • ދުވުމަށް ޚާއްޞަ ކޮށްފައިވާ ޓްރެކުތައް ބަންދުކުރުން.
  • ޔުނިވާސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިއަށް ގެންދިޔުން ހުއްޓައިލުން.
  • އެކަނި ކުރާ ކަސްރަތުތައް ފިޔަވައި، ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ގެ ހަރަކާތްތައް ހުއްޓައިލުން.