ރާއްޖެއިން އިތުރު 139 މީހުން މިއަދު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 89 މީހުންނާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 31 މީހުންނާއި ހިންގަމުން އަންނަ ރިސޯޓުތަކުން ޕޮޒިޓިވްވި 19 މީހުން ކަމަށެވެ.

މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 22،929އަށް ވަނީ އަރާފަ އެވެ.

މިވަގުތު ބަލި ޖެހިފައި ތިބި 2،497 މީހުން ތިބިއިރު، އޭގެ ތެރެއިން 10 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްތަކުގަ އެވެ.

މިއަދު އެ ބަލިން 133 މީހުން ރަނގަޅުވެފައިވާއިރު، ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 20،359 އެވެ.

ބަލީގައި މިހާތަނަށް ރާއްޖެއިން 66 މީހުން މަރުވެފައިވެ އެވެ.