ތިލަފުށީ ސައިޓެއްގައި އޮތް ބޭއްޓެއްގައި އަލިފާން ރޯވެއްޖެ އެވެ.

އެމްއެންޑީއެފްއިން ބުނީ އަލިފާން ރޯވެފައި ވަނީ އެމްޓީސީސީ ސައިޓާއި ޖެހިގެން އޮތް ސައިޓުގައި ކަމަށެވެ.

އެ ހާދިސާގެ ރިޕޯޓު 2:07 ހާއިރު ލިބުމާއެކު އެމްއެންޑީއެފް ތިލަފުށި ފަޔާ ސްޓޭޝަނުން ވަނީ ހަރަކާތްތެރިވާން ފަށާފަ އެވެ.

އެމްއެންޑީއެފްއިން ބުނީ އެ ބޯޓަކީ ދަގަނޑު ބޯޓެއް ކަމަށާއި އަލިފާން ރޯވީ ބޯޓުގައި ވެލްޑިން ކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ.

ހާދިސާ ހިނގިއިރު ބޯޓު އޮތީ ތިލަފުށީ ފަޅުތެރޭގަ އެވެ.

މިހާރު އަލިފާން ކޮންޓްރޯލް ކުރެވިފައިވާއިރު، އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފްއިން ބުނެ އެވެ.