ބޮލީވުޑްގައި މިވަގުތު އެންމެ ގަދަޔަށް ފިޔަޖަހަމުން އަންނަ ބަތަލު ކާތިކް އާރްޔަން ކޮވިޑަށް ޕޮޒިޓިވްވެއްޖެެއެވެ.

އެކްޓަރު ކާތިކް ކޮވިޑަށް ޕޮޒިޓިވްވިއިރު މިދިޔަ ހަފްތާގައި އޭނާ ވަނީ ފެޝަން ޑިޒައިނާ މަނީޝް މަލްހަތުރާ ގެ ފެޝަންވީކުގައި ޝޯ ވެސް ދީފައެވެ. އޭނާ އެ ޝޯ ގައި ބައިވެރިވީ ބޫލް ބުލައްޔާ 2 ގައި އޭނާ އާއެކު ހަރަކާތްތެރިާ ކޯ ސްޓާ ކިއާރާ އަދުވާނީ އާ އެކުގައެވެ.

އޭނާ ޕޮޒިޓިވްވިކަން ހިއްސާކުރަމުން ބުނީ ހުރިހާ އެންމެންވެސް އޭނާއަށް ދުޢާކުރުމަށެވެ. ކާތިކް ޕޮޒިޓިވް ވުމާއެކު ގިނަ ބަޔަކު އަންނަނީ އޭނާއަށް އަވަސް ޝިފާއަކަށް އެދި މެސެޖުކުރަމުންނެވެ.

ކާތިކް އަތުގައި މިވަގުތު ގިނަ ފިލްމުތަކެއް ހުރިިއިރު އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ދޯސްތާނާ 2"، "ބޫލް ބުލައްޔާ 2" އަދި "ދަމާކާ" ހިމެނެއެވެ.