އުރީދޫ އާޗާ ޕްރިޕެއިޑްގެ މުޅިން އައު ޕްލޭންއެއްގެ ގޮތުގައި، 'އާޗާ ޑެއިލީ 2ޖީބީ' ޕްލޭން ތައާރަފްކޮށްފި އެވެ.

އެ ޕްލޭންއާއެކު މުޅި މަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު ދެ ޖީބީ ޑޭޓާއާއި އަންލިމިޓަޑް އުރީދޫ ކޯލްސް އެންމެ 750 ރުފިޔާއަށް ލިބިގެންދާނެ އެވެ.

އުރީދޫ މޯލްޑިވްސްގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ، 'އާޗާ ޕްރިޕެއިޑް' ޕްލޭންސްއާއެކު ކޮންމެ ދުވަހެއްވެސް ފެށިގެންދާނީ އައު ޑޭޓާ ބެލެންސްއަކާއެކު ކަމަށެވެ.

"އާޗާ 2ޖީބީ ޕްލޭންސްއާއެކު ކަސްޓަމަރުންނަށް މުޅި މަހަށް ބަހާލައިގެން ބޮޑު ޑޭޓާ އެލަވަންސްއެއް މާކެޓްގައި އެންމެ ހެޔޮ އަގުގައި ލިބިގެންދާނެ." ނިޔާޒު ވިދާޅުވި އެވެ.

އާޗާ ޕްރިޕެއިޑް ޕްލޭންތައް އުރީދޫއެޕްލިކޭޝަން،1#929 އަށް ޑައިލްކޮށްގެން ނުވަތަ އެސްއެމްއެސް މެދުވެރިކޮށް ކީވޯޑް “UD750” 5555 އަށް ފޮނުވާލުމުން އެކްޓިވޭޓް ކުރެވޭނެ އެވެ.

މުޅިން އަލަށް އާޗާ ޕްރިޕެއިޑް ނަގާ ކަސްޓަމަރެއް ނަމަ، އުރީދޫ ޝޮޕް ނުވަތަ އުރީދޫ ޕާޓްނާ ޝޮޕެއް މެދުވެރިކޮށް ސްޓޭންޑަޑް ޕްރިޕެއިޑް ޕްލޭނެއް ނެގުމަށްފަހު އުރީދޫ އެޕް، އެސްއެމްއެސް ނުވަތަ 1#929 އަށް ޑައިލްކޮށްގެން އެކްޓިވޭޓް ކުރެވޭނެ އެވެ.